A wide advertisement which will be shown on all devices. (700 x 100)

ދޫޑިގަލާނޯ ބަލިކޮށް ހޯދަޑު ސްޕޯޓްސް އިން ތަށި އުފުލާލައިފި

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފުވައްމުލަކު ސިޓީ ކައުންސިލް ފުޓުބޯލް ޓޯނަމަންޓް 2019 ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ހޯދައިފިއެވެ. ހޯދަޑު ސްޕޯޓްސް އިން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުވުނު މިމުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ދޫޑިގަލާނޯ އާއި ވާދަކޮށް 3-1 ލަޑުން މޮޅުވެގެނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސްގެ ޖާޒީ ނަމްބަރު 9 އަލީ ހާފިޒެވެ. އިއްޔެގ މެޗަށްފަހު މުބާރާތުގެ މޮޅުކުޅުންތެރިން ހޮވުނެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ  ހޯދަޑު ސްޕޯޓްސްގެ އަލީ އަންޝާދެވެ. އަދި  މިމުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔަކަށް ހޮވިފައިވަނީ 11 ގޯލް ކާމިޔާބުކޮށްގެން އެފްސީ ދޫޑިގަލާނޯގެ އަލީ ލިރުއާމެވެ.

މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:

އަލީ ހާފިޒު –  ހޯދަޑޫ ސްޕޯޓްސް

އަލީ ސިނާހު – އެފްސީ ދަޑިމަގު

އިބްރާހިމް ނާމީ – މިސްކިތްމަގު

އިބްރާހިމް އަސްވާދު – އެފްސި ދޫޑިގަލާނޯ

އަޝްރަފު އަބްދުﷲ – ހޯދަޑު ސްޕޯޓްސް

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !