A wide advertisement which will be shown on all devices. (700 x 100)

ޔޫތު ފުޓްސަލް މުބާރާތް: ޒީ-ކޮލެޖް އާއި އެފްސީ ދޫނޑިގަލޯނާ އަށް މޮޅެއް

ޔޫތު ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުން ދޫނޑިގަލޯނާ ޔޫތު ޓީމުގެ މައްޗަށް 0-4 ގެ ފަސޭހަ މޮޅެއް ޒީ-ކޮލެޖުން ހޯދި

މިއަދު ފެށި ފުވައްމުލައް ޔޫތު ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން ޒިިކްރާ އިންޓަނޭޝަނަލް ކޮލެޖ(ޒީ-ކޮލެޖް) ޓީމާއި އެފްސީ ދޫނޑިގަލޯނާގެ ޓީމު މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 3:30 ގައި ޒީ-ކޮލެޖާއި ދޫނޑިގަލޯނާ ޔޫތު ޓީމު ބައްދަލުކުރި މެޗު ނިމުނީ 4-0 ޒީ-ކޮލެޖް މެޗުން މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޒި-ކޮލެޖް ޓީމުގެ ޖާރޒީ ނަމްބަރު 4 ހުސައިން ފާރިސް އަބްދުﷲ އެވެ. މިއީ ގްރޫޕް 1 ގެ މެޗެކެވެ.

ޔޫތު ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުން ޒީ ކޮލެޖް މޮޅުވީ 4-0 ން.

މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު 4:20ގައި މިސްކިތްމަގު އެނެމްނެގެ ގުޅުން (އެންމެން) ޓީމު އާއި ހޯދަޑު ހަވިއްތަ ފުޓްސަލް ޓީމު ބައްދަލުކުރި މެޗު ނިމުނީ 3 ލަނޑު 3 ލަންޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ހަވިއްތަ ފުޓްސަލް ޓީމުގެ ޖާރޒީ ނަމްބަރު 9 ޝުއާއު އަހުމަދެވެ. މިއީ ގްރޫޕް 2 ގެ މެޗެކެވެ.

ޔޫތު ފުޓްސަލް މުބާރާތް: 2 ވަނަ މެޗު ހަވިައްތ ފުޓްސަލް ޓީމާއި އެންމެނެ ޓީމު 3-3 ވީ އެއްވަރު

މުބާރާތުގެ 3 ވަނަ މެޗުގައި އެފްސީ ދޫނޑިގަލޯނާ ޓީމުން ވަނީ އެފްސީ ދަންޑަހެލު ޓީމު 3-2 ން ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ޖާރޒީ ނަމްބަރު 12 މުހައްމަދު ޝުޖާއު އެވެ. މިއީ ގްރޫޕް 3 ގެ މެޗެކެވެ.

ޔޫތު ފުޓްސަލް މުބާރާތް: 3 ވަނަ މެޗު 3-2 ން އެފްސީ ދޫނޑިގަލޯނާ މޮޅުވީ އެފްސީ ދަންޑަހެލު ޓީމުގެ މައްޗަށް

ކޮންމެ ދުވަހަކުވެސް މުބާރާތުގެ 3 މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެޓީމެއް ކުއަރޓަރ ފައިނަލަށް ދާނެއެވެ.

މާދަމަ ފުރަމަ މެޗުގައި ވާދަކުރާނީ ގްރޫޕް 4 ގެ ދެ ޓީމު ކަމަށްވާ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި އެފްސީ ދަޑިމަގު ޖޫނިއަރސް ގެ ޓީމެވެ. މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ ދެޓީމުކަމަށްވާ ދޫނޑިގަލޯނާ ޔޫތު ޓީމު ދަޑިމަގު ބީޓީމެވެ. މާދަމާގެ ފަހު މެޗުގައި ގްރޫޕް 2 ގެ މިސްކިތްމަގު އެންމެންގެ ގުޅުން (އެންމެން) ޓީމު ބައްދަލުކުރާނީ ދޫނޑިގަލޯނާރ ޖޫނިއަރ ޓީމާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !