ނެޓްބޯޅަ ބޭސިކް ކޯޗިން އަދި އަމްޕަރޔަރިން ކޯސްތަކެއް ފުވައްމުލައްކުގައި ބޭއްވުމަށް ހަމަޖެހިއްޖެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މިކޯސްތައް ހިންގުމަށް ހަމޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު 14 -17 އަށެވެ.
މިއީ 2020 ގައި މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒޯން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތަށް މީހުން ތަމްރީނު ކުރުމަށްޓަކައި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.
މި ޕްރޮގްރާމުގައި ނެޓްބޯޅަ ކޯޗިން އަށް އަދި އަމްޕަޔަރިން އަށް ޝައުގުވެރިފާ ފާރާތްތަކުން 4ޑިސެމްބަރުގެ އޮފސް ބަންދުވުމުގެ ފުވައްމުލައް ސިޓީ ކައުންސިލްގައި ނަން ނޯޓުކުރުމަށް ހުޅުވާލާފައި ވެއެވެ. އަދި މީގެ އިތުރުން ސިޓީ ކައުނިސލްގެ ފޯން ނަމްބަރު 7437436 އަށް ނުވަތަ ކައުނސިލް ފޭސްބުކް އިން އައޑީޑާކުޑު ނަމަބާރާއި ނަމަާއި ގޫޅޭނެ ނަމަބަރު މެސެޖުކޮށްގެން ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ޚިޔާލުތައް