A wide advertisement which will be shown on all devices. (700 x 100)

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވަރުގަދަ ޓީމުތައް ވާދަކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވަރުގަދަ ޓީމުތައް ވާދަކުރަން ޖެހިއްޖެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ކުރި ހޯދި 16 ޓީމު ދެވަނަ ބުރުގައި ވާދަކުރާނެ ޓީމުތައް ވާދަކުރާނެ ގޮތުގެ ގުރުއަތުލުން އިއްޔެ ވަނީ ބާއްވާފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުނެނެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅެވުނު 96 މެޗުގައި 308 ގޯލު ޖަހާފައި ވެއެވެ. މިހަތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބެޔާމިޔުނިކްގެ ފޯވަރޑް ރޮބަރޓް ލެވެންޑޯސްކީއެވެ. އޭނާ ވަނީ 10 ގޯލު ޖަހާފައެވެ. ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް ބެޔާން މިއޔުނިކުންނެވެ. އެޓީމުން 24 ގޯލު ޖެހިއިރު 151 ހަމަލާ އިދިކޮޅު ގޯލަށް ދީގެން 64 ގޯލަށް އަމާޒުވެފައި ވެއެވެ.

މުބާރާތުގެ ގަދަ 16ގައި ވާދަކުރަން ޖެހޭ ޓީމުތައް:

ޕީއެސްޖީ (ފްރާންސް) އާއި  ބްރޯޝިއާ ޑޯރމުންދް (ޖަރުމަން)

މެންޗެސްޓަރ ސިޓީ (އިނގިރޭސި) އާއި ރިއަލް މެޑްރިޑް (ސްޕެއިން)

ވެލެން ސިއާ (ސްޕެއިން) އާއި އެޓްލާންޓާ (އިޓާލީ)

ލިވަރޕޫލް (އިނގިރޭސި) އާއި އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)

ބެޔާން މިޔުނިކް (ޖަރުމަން) އާއި ޗެލްސީ (އިނގިރޭސި)

ޔުވެންޓަސް (އިޓާލީ) އާއި އޮލިމްޕިކް ލިއޯން (ފްރާންސް)

ލެޕޭޒް (ޖަރުމަން) އާއި ޓްޓްނަމް ހޮޓްސްޕާރސް (އިނގިރޭސި)

ބާސެލޯނާ (ސްޕެއިން) އާއި ނަޕޯލީ (އިޓާލީ)

ރީއަލް މެޑްރިޑް އާއި މެޗެސްޓަރ ސިޓީ ވާދަކުރަން ޖެހުމާއިބެޔާން މިޔުނިކާއި ޗެލްސީ، ލިވަރޕޫލާއި އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީއާއި ޖަރުމަނުގެ ބްރޯޝިއާ ޑޯރމުންޑް ކުޅެންޖެހޭ މެޗުތައް ފާހަގަ ކުރެވެއެވެ.

ޔޫރަޕުގެ ފަޚުރުވެރި ކްލަބު މުބާރާތުގެ ފާހަގަކުރެވޭ މޮޅު ކުޅުންތެރިން

މިފަހަރުގ ގްރޫޕް ސްޓޭޖް ފަހަނަޅައި ގަދަ 16 އާއި ހަމަޔަށް އާދެވިފައި ވަނީ އިނގިރޭސި 4 ޓީމަށާއި ސްޕޭންގެ 4 ޓީމަށާއި ޖަރުމަން 3 ޓީމަށާއި އިޓާލީގެ 3 ޓީމާއި ފްރާންސްގެ 2 ޓީމަށެވެ.

މިއަދަދުތަކަށް ބަލާލުމުން ޔޫރަޕުގެ ފުޓުބޯޅައިގައި ބާރުގަދަ ގައުމުތައް ފާހަގަވެއެވެ. ފާއިތުވި އަހަރުގެ މުބާރާތުގެ ސެމީފައިނަލުގަިއ އިނގިރޭސި 4 ކްލަބަކުން ކުޅެ ފައިނަލުގައި ވާދަކުރީ އިންގިރޭސި 2 ޓީމެވެ. އަދި ޗެމްޕިއަނަކަން ހޯދީ ލިވަރޕޫލެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !