ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިޔަ ނެޓްބޯޅަ އަމްޕަޔަރިން އާއި ކޯޗިން ކޯސް 25 ބައިވެރިން ފުރިހަމަކޮށް އަމްޕަޔަރިން އާއި ކޯޗިން ސެތްފިކެތް ހާސިލުކޮށްފިއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި ޑިސެމްބަރ 14 އިން 17 ގެ ނިޔަލަށެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އާއި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ މިކޯސް ފުރިހަމަ ކުރި ބައިވެރިންގެ ތެރޭގައި 2 ފިރިހެނުން ހިމެނެއެވެ. ދެން މިޅުންވެސް ހިމެނެނީ އަންހެނުންނެވެ.

ނެޓްބޯޅަ އަމްޕަޔަރިން އަދި ކޯޗިން ކޯހުގެ އިންސްޓަރަކްޓަރ ފަޒްނާ އަދި ފުވައމްުަލއް ސިޓީގެ ކުޅިވަރު ކައުންސިލަރ މުސްލިމާއިާއި ޔޫތުމިނިސްޓރީގެ އޮފިޝަލް ތޮލާލު. ޚޮސް ނިންމުމުގެ ރަސްމިއްޔާރުގައި 2019
މިއީ އަލަށް ބާއްވަން ތައްޔާރުވަމުން އަންނަ ޒޯން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ޓެކްނިކަލް މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ބައެކެވެ. އެގޮތުން ރާއްޖެ 5 ޒޯނަކަށް ބަހައިގެން ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ ފަށާފައެވެ.
ފުވައްމުލައް ސިޓީގެ އިތުރުން މިކޯހުގެ ބުރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ، ހދ. ކުޅުދުއްފުށި، ނ. ހޮޅުދޫ، އދ. މަހިބަދޫ ގައެވެ.
ފުވައްމުލައް ސިޓީގައި ނެޓްބޯޅަ ކުޅެނީ މުޅިންވެސް އަންހެނުންނެވެ.
ޚިޔާލުތައް