A wide advertisement which will be shown on all devices. (700 x 100)

ކުރިޔަށް އޮތް 3 ދުވަހު ވެސް ފުވައްމުލައް ސިޓީއަށް ވެސް މޫސުން ގޯސްވާނެ

މިއަދު މެންދުރު ފުވައްމުލައް ސިޓީއަށނެރުނު ހުދު ސަމާލު

ކުރިއަށްއޮތް 3 ދުވަހު ފުވައްމުލައް ސިޓީ ހިމެނޭގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖެގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. އެގޮތުން މިއަދު ވަނީ ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުމީ ހުދު ސަމާލު ނެރެފައެވެ.

ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެންދުނު 11:00 އިން މެހަވީރު 4:00 އަށެވެ. ނަމަވެސް އެއިގެ ފަހން ހުދު ސަމާލު ނެރެފައިވަނީ އުތުރުގެ ސަރަހައްދަށް އެކަންނެވެ.

ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު-އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

ކުރިޔަށް އޮތް 3 ދުވަހުވެސް މުސުން ގޯސްވާނެ ކަމަށް ލާފާކުރޭ.

މޫސުމާ ބެހޭ އިދާރާއިން އިއްޔެ އާމުކުރި ގޮތުގައި މިދުވަސްވަރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ އިއްޔެ (ޖުލައި 7) އިން ފެށިގެން ކުރިޔަށް އޮތް 4 ދުވަހު ވެސް ރާއްޖެގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެއެވެ. އަދި އާއްމު ވައިގެ ްބާރުމިން 15-25 މޭލާ އި ދެމެދުގައި ހުންނައިރު ކޮޅިގަނދުގައި 50-60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެއެވެ. ކަނަދުތައް ގަދަވެ ރާޅުތައ ްބޯޑުވުމުގެ ސަބަބުން ބައެއްރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށް ހާމަކުރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަށް ވިއްސާކުރާނެ ކަމަށާއި އަދި އުތުރުގެ ރަށްތަކަށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމަށް ހަމަކުރެއެވެ.

ވުމާއެކު ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !