އެމްޑީޕީގެ ފޯރިގަދަވި އެތެރޭގެ އިންތިޚާބު ބާރުގަދަ މިނިސްޓަރު ފައްޔާޒު އިސްމާއީލު ކާމިޔާބުކުރެއްވި ނަމަވެސް ފުވައްމުލަކު ސިޓީއިން ގިނަ ވޯޓު ހޯއްދެވީ އިމްތިޔާޒު ފަހުމީއެވެ. ކުރިންވެސް ގަބޫލުކުރެވުނު ގޮތަށް ފުވައްމުލަކު އުތުރާއި ދެކުނު އިންތި ކާމިޔާބު ކުރެއްވިއިރު ފުވައްމުލަކު މެދު ދާއިރާ ކާމިޔާބު ކުރެއްވީ ފައްޔާޒެވެ.
ފުވައްމުލަކު ތިން މެންބަރުންވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ފައްޔާޒުއާއިއެކުގައެވެ. ނަމަވެސް، ފުވައްމުލަކު އުތުރު ދާއިރާއާއި ދެކުނު ދާއިރާގެ ނަތީޖާތައް ބުރަވީ މެންބަރުންނާއި ދެކޮޅަށެވެ. މުޅި ފުވައްމުލަކު ގެ ނަތީޖާއަށް ބަލާއިރު 51 އިންސައްތަ ވޯޓު ހޯއްދެވީ އިމްތިޔާޒު ފަހުމީއެވެ.
ބާތިލު | ފައްޔާޒު | އިންތި | |
2 | 211 | 216 | ފުވައްމުލަކު – މާލެ |
8 | 809 | 853 | ފުވައްމުލަކު – ފުވައްމުލައް |
10 | 1020 | 1069 | ޖުމްލަ |
49% | 51% |
ވަކި ވަކި ދާއިރާތަކަށް ބަލާލާއިރު އިންތިގެ އެންމެ ސަޕޯޓަރުން ގިނައީ ފުވައްމުލަކު އުތުރު ދާއިރާގައެވެ. އެދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދާއި އެދާއިރާގެ ރައީސް އިބްރާހިމް ސައީދު ފައްޔާޒު އިސްމާއީލަށް ތާއީދުކޮށް ކެންޕޭނު ކުރައްވާފައިވާއިރު އެދާއިރާއިން އިމްތިޔާޒު ފަހުމީ ވަނީ 63 އިންސައްތަ ވޯތު ހޯއްދަވާފައެވެ.
ބާތިލު | ފައްޔާޒު | އިންތި | |
2 | 36 | 107 | ފުވައްމުލަކު އުތުރު – މާލެ |
8 | 178 | 262 | ފުވައްމުލަކު އުތުރު – ފުވައްމުލައް |
10 | 214 | 369 | |
37% | 63% |
ފުވައްމުލަކުގެ ތިންދާއިރާގެ ތެރެއިން ފައްޔާޒު އިސްމާއީލަށް ކާމިޔާބު ކުރެއްވުނީ ފުވައްމުލަކު މެދު ދާއިރާއެވެ. އެދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން ސަރުކާރުގެ އެކިއެކި ވަޒީފާތަކާއި ކުންފުނިތަކުގެ ވަޒީފާގައި ތިބި އެދާއިރާގެ ގިނަ މެންބަރުންތަކެއް ގެންދެވީ ފައްޔާޒު އިސްމާއީލަށް ކެންޕޭނު ކުރައްވަމުންނެވެ. އެދާއިރާއިން ފައްޔާޒު ވަނީ 60 އިންސައްތަ ކާމިޔާބުކުރައްވާފައެވެ.
ބާތިލު | ފައްޔާޒު | އިންތި | |
2 | 63 | 58 | ފުވައްމުލަކު ދެކުނު – މާލެ |
8 | 250 | 307 | ފުވައްމުލަކު ދެކުނު – ފުވައްމުލައް |
10 | 313 | 365 | |
46% | 54% |
ފުވައްމުލަކު ދެކުނު ދާއިރާގައި ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އިމްތިޔާޒު ފަހުމީއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުގެ އިތުރުން އެދާއިރާގެ ރައީސްވެސް ކެންޕޭނު ކުރައްވަމުން ގެންދެވީ ފައްޔާޒު އިސްމާއީލަށް ކަމަށްވި ނަމަވެސް އެދާއިރާގެ 54 އިންސައްތަ މެންބަރުން ވޯޓުދިނީ އިމްތިޔާޒަށެވެ.
ޚިޔާލުތައް