A wide advertisement which will be shown on all devices. (700 x 100)

ސިބުކޯގެ 2020 ގެ ޕްލޭން އިފުތިތާހުކޮށްފި

ސިބުކޯ

ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ބާވްތަތަކުގެ މުދާ ރާއްޖެ އެތެރެކޮށް މާކެޓުކުރާ ސިބުކޯއިން އެކުންފުނީގެ 2020 ގެ ޕްލޭން ތައާރަފުކޮށްފިއެވެ. އެކުންފުނީގެ 4 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޗަމްޕާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ 2020 ގެ ޕްލޭން އިފުތިތާޙުކޮށް ދެއްވީ އެކުންފުނީގެ ޗެއާމަންއެވެ. މި ރަސްމިއްޔާތުގައި އެކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.

“ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކެއް ހިމެނޭ ގްރޭޕްގެ ޗެއަމަންކަން 20 އަހަރުވަންދެން ފުރުމަށްފަހު މީގެ ހަތަރު އަހަރު ކުރިން އެންމެ އެސިސްޓެންޓަކާއިއެކު ފެށި މިވިޔަފާރީގައި މިއަދު 50 އަށްވުރެ ގިނަ މުވައްޒަފުން ހިމެނުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް” އެކުންފުނީގެ މުވައްޒަފުންނާއި މުޚާތަބު ކުރައްވަމުން ސިބްކޯ އާއި ވީބީ އާއި ޕްލެޓިނަމްފަދަ ނަން މަޝްހޫރު ކުންފުނިތައް ހިމެނޭ ގްރޫޕްގެެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވާހަކަފުޅުގައި އެކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިންނަށް ޝުކުރުއަދާކުރިއެވެ. އަދި އެކުންފުނީގެ ކުރިއެރުމަށް ސީދާގޮތުންނާއި ނުސީދާ ގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ އިތުރުން އެކުންފުނީގެ މެނޭޖުމަންޓާއި އެކުންފުނީގެ ވިޔަފާރި އިތުރަށްފުޅާކޮށް ރާވާހިންގުމުގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރެއްވިއެވެ.

ޗެއާމަން އިތުރަށް ވިދާޅުވީ ސިބުކޯއަކީ އަދިވެސް ކުދި އަދި މެދުފަންތީގެ ކެޓަގަރީގައި ހިމެނޭ ކުންފުންޏެއްކަމަށާއި ނަމަވެސް ﷲގެ އިޒުނަފުޅާއިއެކު އެކުންފުނި ކުރިއަރަމުންދަނީ، ނުހުއްޓުވޭނެ ބާރުމިނުގައެވެ.

ހަލުވި ސްޕީޑުގައި ކުރިއަރަމުން އަންނަ ސިބްކޯ ކުންފުނީގެ 3 ފިހާރަ ފާއިތުވީ 4 އަހަރުތެރެ ވަނީ ގާއިމުކުރެވިފައެވެ. އެގޮތުން، މާލޭގެ ހޯލްސޭލް ބާޒާރުގައި ގާއިމުކުރެވިފައިވާ ހޯލްސޭލް ފިހާރައިގެ އިތުރުން އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީގައި ހޯލްކޮށް އަދި ރީޓެއިލްކޮށް މުދާވިއްކުމަށް ޚާއްސަ ދެފިހާރަވަނީ ހުޅުވިފައެވެ.

ފުވައްމުލަކުގައި މިހުޅުވުނު ފިހާރައިގެ ސަބަބުން ފަސޭހަކަމާއިއެކު ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ މުދާ ފަސޭހައިން ފުވައްމުލަކު ރައްޔިތުންނަށް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މަދު އަދަދެއްގެ ޕްރިމިއަން ބްރޭންޑް ތަކަކާއިއެކު ވިޔަފާރީގެ ދާއިރާއަށްވަން ސިބުކޯއިން މިއަދު ބައިނަލްއަގްވާމީ މަގުބޫލުކަން ހޯދާފައިވާ ގިނަ ބްރޭންޑްތަކެއްގެ މުދާ އެތެރެ ކުރަމުންދެއެވެ. އޭގެތެރޭގައި އޮމާން ފުޑްސްގެ އަލް މުދިޝްއާއި ޖަޕާނުގެ ބްރޭންޑެއްކަމަށްވާ މަމީޕޮކޯ އާއި ޕާކިސްތާނުގެ މެޓްކޯގެ ފަލަކު ބާސްމަތީ ހަޑުލާއި ޑުރަސެލް ބެޓްރީ ހިމެނެއެވެ. މީގެ އިތުރުން، ގުޑުޑޭ ކިރާއި ޑެއިރީ ޗެމްޕް ބްރޭންޑުގެ ގެރިކިރާއި (ސްވީޓްންޑް ކޮންޑެންސްޑް މިލްކް) އާރްޓީޑީ ވޮންޑާ ކޮފީ އާއި ތުރުކީގެ ސެލްޕަކުގެ ޓިޝޫ އާއި ނެޕީ ފަދަ ޕްރިމިއަން ބްރޭންޑްތަކުގެ މުދާ އަގުހެޔޮކޮށް ސިބްކޯއިން ބާޒާރަށް ނެރެފައިވެއެވެ.

ސިބުކޯ ކުންފުނިން ދެމުންދާ ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން މިދިޔަ އަހަރު ސެޕްޓެންބަރު މަހުތެރޭ ރިސޯޓު ސަޕްލައި ދާއިރާއަށް ވަދެ ގިނަ ރިސޯޓް އޮޕަރޭޓަރުންތަކެއްގެ މަގުބޫލުކަންވެސް ވަނީ ހޯދާފައެވެ.

ރާއްޖޭގެ ތިން ސިޓީއަށް ވިޔަފާރި ފުޅާކޮށްފައިވާ ސިބްކޯގެ ފަސްވަނަ އަހަރުގެ އަމާޒަކީ އެކުންފުނީގެ ވިޔަފާރި ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމެވެ. އެކުންފުނީގެ 2020 ގެ ޕްލޭނާއިއެކު ޕާފޯމަންސާއި ގުޅުންހުރި އިނާޔަތްތަކެއް އެކުންފުނީގެ ޗެއާމަން ތައާރަފުކޮށް ދެއްވިއެވެ. މީގެ އިތުރުން، އެކުންފުނި އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ ޕްލޭނުގެ ދަށުން ސޭލްސް ދާއިރާއާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތަކެއް އިތުރުވެގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް އެކުންފުނީގެ ޗެއާމަން ދެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !