19 އޮކްޓޯބަރ 2019 ( ހޮނިހިރު )

banner

ޖޭޕީއަށް ރޭ އަލަށް ގުޅުނު ޕީޕީއެމްގެ އިސް ބައެއް މީހުން

ސަރުކާރާއި އިދިކޮޅު ލީޑަރުންތަކެއް ޖޭޕީގެ ތެރެއަށް

މިހާރު އެކުލަވާލާފައިވާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ދެ ވަނައަށް އެންމެ ހިއްސާ ބޮޑު ޖުމްހޫރީ ޕާޓީގެ އަށް ސަރުކާރާއި އިދިކޮޅު ޕީޕީއެމެގެ އިސް ލީޑަރުންތަކެއް ރޭ ގުޅިއްޖެއެވެ.

އެމްޑީޕީ އިސްވެ އޮތް މިހާރުގެ ކޯލިޝަން ސަރުކާރުގައި ޖޭޕީގެ ނިސްބަތަކީ %25، އެމްއާރުއެމް %20، އަދާލަތު ޕާތީ %15 އަދި އެމްޑީޕީ %40 އެވެ. މިސަރުކާރުގެ ސިޔާސީ އެންމެހާ މަގާމުތަކެއް ދެމުން ގެންދަނީ މި ނިސްބަތުންނެވެ.

ޖޭޕީއަށް މިއަދު ގުޅިފައިވާ ކުރީގެ ޕީޕީއެމްގެ އިސް މީހުން:

ޕީއެންސީގެ ނާއިބުލީޑަރު، މަޖުލީހުގެ ކުރީގެ ވިލިމާލޭ ދާއިރާގެ މެންބަރު ނިހާނު – މަޖުލީސް އިންތިޚާބުގައި ރައްޔިތުން ބަލައިގެންފައެއް ނުވޭ.

ރައީސް ޔާމީނުގެ ނާއިބު ރައީސް ޖިހާދު – ސަރުކާރަށް ކަނޑައަޅާފައިވާ ރެހެންދި ފްލެޓްގެ 2 އެޕާރޓްމެންޓް އަމިއްލަ ކުރުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގެ ތެރޭގައި.

ކުރީގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު ފަލާހު – ޕީޕީއެމްގެ ނާއިބު ލީޑަރުކަމުގައި އޭރުގެ އިދިކޮޅު ފަރާތަކަށް ގިނަގުނަ ބަހުގެ ހަމަލާތަކެއް ދެއްވި.

ކުރީގެ ކެލާ ދާއިރާގެ ޕީޕީއެމް މެންބަރު އަލީ އާރިފު – ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޝްވަރު ނެންގެވިކަމަށް ވިދާޅުވެ އޭސީސީ ތަހުގީގުގައި އެއީ ދޮގުކަމަށް އެއްބަސްވާން ޖެހުނު.

ރައީސް ޔާމީނުގެ ހޯމް މިނިސްޓަރ އަޒުލީނު – ގާސިމު ޖަލު ބަންދަށް ގެންދިއުމުގައި ރޯލެއް އޮތްކަަމަށް ބުނެވޭ، ހުޅުމާލޭ ދާއިރާގެ މަޖުލިސް އިންތިޚާބުގައި ރައްޔިތުން ބަލައިނުގަތް.

ކުރީގެ ދާންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އައްސަދު އަލީ – ފާޅުގައި އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ކުރި ލާއިންސާނީ ކަންކަމުގައި އިސްކޮށް ނުކުމެހުރި ކަމަށް ބުނެ ތުހަމަތު ކޮށްފައިވޭ.

އަދި ޕީޕީއެމް ރެލީއެއްގައި ކުރީގެ ރައީސް އަދި މަޖުލިސް ރައީސް ނަޝީދުގެ ކަރު ކުރިކޮށްލަން ގޮވާލި އަންހެން ކަނބަލު ވެސް ރޭގައި ޖޭޕީއަށް ސޮއިކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރޭޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ތެރެއިން- ކުރިން ރައީސް ނަޝީދު ކަރުކުރިކޮށްލަން ގޮވާލާފައިވޭ.

މިއީ މުޅިންވެސް ރައީސް ޔާމީނާއި ވަރަށް އަރިސްކޮށް އުޅުއްވި މެމްބަރުންތަކެކެވެ. އަދި ޖޭޕީއަށާއި މިސަރުކާރަށް ގިނަގުނަ ފާޑުކިޔުންތަކެއް އަމާޒުކޮށް ޖޭޕީގެ އިސްފަރަތާތްތަކާއި މިސަރުކާރުގެ އިސް ފަރާތްތަކަށް ނުހައްގުން އަނިޔާކުރުމާއި މުދާ ފޭރިގަތުމުގައި މި މީސްމީހުންގެ އިސްދައުރެއް ވާކަން މީޑީއާގެ ވަސީލަތްތަކުން ހާމަވެއެވެ. ފާޅުގައި ގާސިމު އިބްރާހިމް ޖަލަށް ގެންދިއުމަށް ގޮވާލުމާއި މުދާ ނެގުމަށް ގޮވާލާ އަޑުއުފުލާފައި ވެއެވެ. އަދި އޭނާގެ ދަރި ސިޔާދު ހައްގަކާއި ނުލައި ޖަލަށްލުމުގައި ވެސް މި މީހުންގެ ބައިވެރިވުން އޮތްކަމަށް ބެލެވެއެވެ.

މިސަރުކާރު ގެނައުމާއި ދެކޮޅަށް ގާނޫނާއި އުސޫލުތަކުގެ ބޭރުން މަސައްކަތް ކުރި ކުރީގެ ސަރުކާރުގެ މިފަދަ އިސް ފަރާތްތައް ސަރުކާރުގެ ދެވަނަ ބައިވެރިޔާއާއި ގުޅުމަކީ ސަރުކާރުގެ ދެންތިބި ބައިވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވާނެއެވެ.

ރޭގައި ކުރީގެ ނާއިބު ރައީސް ޖިހާދު ޖޭޕީއަށް ސޮއިކުރުމާއެކު 3 ނާއިބު ރައީސުން ޖޭޕީގައި އެބަތިއްބެވިއެވެ. އެއީ ޖިހާދުގެ އިތުރުން ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ރައީސް ޔާމީނުގެ ނައިބު ރައީސް ޑރ. ޖަމީލު އާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާއިބު ރައީސް ފައިސަލް ނަސީމު އެވެ.

ރޭ ޖޭޕީއާއި ގުޅުނު ފަރާތްތަކުން ބުނެފައިވަނީ އެމީހުން ބޭނުން ވަނީ 2023ގައި ވެރިކަން ޖޭޕީއަށް ހޯދާދިނުން ކަމަށެވެ. އެކަމަކު މިއީ ފާއިތުވި މަޖުލިސް އިންތިޚާބުގައި ބޮޑުތަނުން ފެއިލްވެފައިވާ ފަރާތްތަކެކެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކަމުނުދާކަން ހާމަކުރުމުގެ ގޮތުން އަޒުލީން ރޭ ބުނެފައި ވަނީ އެމީހުންގެ އަމާޒަކަށް ވަނީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ ވެރިއަކު ރާއްޖެ އަށް ގެނައުން ކަމަށެެވެ. އެކަމަކު ޖޭޕީން ވަނީ އިބްރާހިމް މުހައްމަދުގެ ސަރުކާރަށް ތާއިދުކުރުމަށް އެއްބަސްވެފައެވެ. އެއާއި ޚިލާފަށް ޖޭޕީގެ އަމާޒު ބަދަލުވެދާނެ ކަމަށް އިޝާރާތްކޮށް އެޕާޓީގެ ނާއިބު ރައީސް ފައިސަލް ނަސީމަށް ޖޭޕީ ދޫކޮށް ނިކުތުމަށް ސޯޝަލް މީޑީއާގައި ބައެއް މީހުން އަންނަނީ ޝުޢޫރު ފާޅު ކުރުަމުންނެވެ.

“މީ ސީދާ ބަޔަކު އަޑީގަ ތިބެގެން ސަރުކާރުގަ ކަތުރުފަނި އަޅުވަން ކުރާކަމެއް. ރައީސްއާ ނައިބް ރައީސް ސަމާލްވެލަށްވާ! ޚާސަކޮށް ނައިބް ރައީސް. ރައްޔިތުން ދިން ވޯޓް ހަނދުމަފުޅުގައި ބަހަށްޓަވާ!” އޮންލައިން ކޮމެޓަރަކު ބުނެފައިވެއެވެ.

ފާއިތުވި 2018 ވަނަ އަހަރު މާރޗު މަހު ނިހާނު ބުނެފައި ވަނީ “ޤާސިމް ރިސޯޓު ހިންގަނީ ވެސް ނުހައްގުން ހޯދާފައިވާ ރަށްތަކުގައި” ކަމަށެވެ. އަދި ގާސިމްގެ ކިބައިގައި ހުރި މިފަދަ އަމިއްލަ އެދުން ބޮޑު ކަންކަމާ ހެދި ދިވެހި ރައްޔިތުންނަށް ބޮޑު މުސީބާތަކަށްވެފައިވާ ކަމަށެވެ.

ގާސިމުގެ އަމިއްލަ އެދުމަށް މުދާހޯދުމުގެ ގޮތުން ކޮންމފަހަރަކު ވެރިކަން ވެއްޓުމަށް ތެދުވެ އުޅޭ ކަމަށާއި، ބަޣާވާތް ކުރަން އުޅޭ ކަމަށާއި ރައްޔިތުންނަށް އޭނާޔާއި ހެދި ނޭވާ ނުލެވޭ ވަރަށް އުނދަގޫ ބޮޑު ކަމަށް ޕީޕީއެމް ޖަލްސާއެއްގައި ނިހާނު ބުނެފައި ވެއެވެ.

“ހަމަ ކޮންމެ ފަހަރަކު މިދޮލަނގަށް އެއޗެހި އަޅަން ހަދައިގެން ވެރިކަން ވައްޓަން އެބަޖެހޭ. ބަޣާވާތް ކުރަން އެބަ ޖެހޭ. ނޭވާ ރައްޔިތުންނަށް ލެވޭކަށް ނެތް” ނިހާނު ބުނެފައި ވެއެވެ. އެކަމަކު މިއަދު ގާސިމު ނިހާނަށް ޕާޓީއަށް ވަންނަން ގުޅުމުން ޖޭޕީއަށް ވަނީ ކަމަށް ނިހާނު ބުނެފައި ވެއެވެ.

“ކަލޭމެން ވިސްނާލަބަލަ ޤާސިމްގެ މޮޔަކަން. އިހަކަށް ދުވަހު ތިމީހުންތައް އޭނަގެ ދަރިޔާ މުދަލާ ނުވިތާކަށް ހުދު ޤާސިމް ވެސް ޖަލަށްލާ މުދާނަގަން ގޮވާ އެކަމަށް ހިތްވަރުދީ އުޅުނީ..’ އޮންލައިން ނޫހަކަށް ކޮމެންޓް ކުރަމުން މީހަކު ބުނެފައި ވެއެވެ.

ޕީޕީއެމްގައި އިސްކޮށް އުޅުނު ގިނަ ބަޔަކު ކުއްލިއަކާ ޖޭޕީއާއި ގުޅުމުން ބައެއް މިހުން ލިފާކުރަނީ މާގިނަ ދުވަސް ތަކެއްނުވެ މިސަރުކާރަށް ގާސިމުގެ ފަރާތުން ވަރުގަދަ މަޖުބޫރުކަމެއް ކުރިމަތި ކުރުވާނެ ކަމަށެވެ. އެކަމުގައި ރައީސް އިބޫއަށް އޮންނާނީ ދެގޮތުން ކުރެއެއްގޮތަކީ ކުރީގެ ރައީސް ޔާމީނުގެ ޝަރީއަތް އިތުރު މަރުހަލާއަކަށް ނުގެންގޮސް މަދުޖައްސާލުން ކަމަށެވެ. ނޫނީ ޖޭޕީސަރުކާރު ކޯލިޝަނުން ވަކިކުރުން ކަމަށެވެ. ޖޭޕީން މިހާރު އެތިބީ އެ މިސްރާބަށް އޮޑި އެއްވަލަށް ހަދާލައިގެން ތައްޔާރަށް ކަމަށެވެ.

ޕީޕީއެމުން ޖޭޕީއަށް ގުޅުނު މީހުންގެ އަމާޒަކީ ޔާމީނު ސަލާމަތް ކުރުން ކަމަށާއި އަދި ސަރުކާރު ކޯލިޝަން ބައިބައި ކޮށްލުން ކަމަށް އެމީހުން ތުހުމަތު ކުރެއެވެ.

އެހެން ބައެއް މިހުން ތުހުމަތު ކުރަނީ މިއީ ގާސިމުއަތުން ފައިސާގެ މަންފާ ހޯދުމަށް ޖޭޕީއާއި ގުޅުނު ބައެއްކަމަށެވެ.

މިބަދަލާއެކު ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަނީ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިކުރުމަށެވެ. އެއީ އެމީހުން ވަނީ ކޯލިޝަން ސަރުކާރާއި ދެކޮޅަށް ގިނަ ކަންތައްތަކެއް ކުަރަން ފަށާފައި ކަމަށެވެ. އެގޮތުން މަޖުލީހުގައި ކުރިޔަށް ގެންދާ އެޖެންޑާ 19 ގެ ސިޔާސަތުތަކާއި ދެކޮޅު ހެދުން ހިމެނޭ ކަމަށް ބުނަމުންދެއެވެ. އެގޮތުން މިނިމަމް ވޭޖް ބިލާއި ރިޒޯރޓް މުވައްޒަފުންނަށް ސަރވިސްޗާރޖު ހަމަޔަށް ނުދޭ މައްސަލަ ވެސް ހިމެނޭކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ފިޔޯރީ ސައީދު 27 އޯގަސްޓް 2019 09:08

    ގާސިމް ވަރަށް ވިސްނަވާ ތިޔަ ގުޅުނީ ހެޔޮ އެދޭ ބައެއްނުން،