10 އޭޕްރީލް 2020 ( ހުކުރު )

banner

ކްރޯނާ ވައިރަސްގެ އަލާމާތާއި ފެތުރޭ ގޮތް

މާސް ކޮލަމް: ކްރޯނާވައިރަސް އަށް އޮތީ ރައްކާތެރިކަމުގެ ފިޔަވަޅު

އަލަށް ފެތުރެމުން ދާ ކްރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން މެޑިކަލް މާސްކް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ސިއްޙީ ދާއިރާގެ ހުރިހާ މީހުން ވެސް އެއްބަސްވެއެވެ. ކްރޯނާވައިރަހަކީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށް ވުމުން މިކަމުން ރައްކާތެރިވުމުގެ ގޮތުން ކުރެވެން އޮތް ކަމަކީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުުމެވެ.

ކްރޯނާ ވައިރަހަށް ވެކްސިން އެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކިގައުމުތަކުގައި ކުރެވެމުންދާއިރު އެކަމަށް 9 މަސް ދުވަސްވަރު ނަގާނެކަމަށް ކަމުގެ މާހިރުން ބުނެއެވެ. އެއީ ވައިރަސް އުފެއްދުމަށް 3 މަސް އަދި އެޓެސްޓް ކުރުމުގެ މަރުހަލާ ތަކަށް 6 މަސް ދުވަސް ކަމަށެވެ. ވުމާއެކު އެންމެބޮޑަށް އާއްމު ރައްޔިތުން މިހާރު ބޭނުންވެފައި ވަނީ ރައްކާތެރިކަމުގެ ގޮތުން މެޑިކަލް މާސްކް އަށޭ ބުނެވިދާނެއެވެ.

މެޑިކަލް މާސްކް ރާއްޖެއިން ހުސްނުވާކަމަށާއި އެސްޓީއޯއިން އާއްމު ރައްޔިތުންނަށް ވިއްކަން ފަށާނެ ކަަމށް ވަނީ އިއުލާން ކޮށްފައެވެ.

ކްރޯނާވައިރަސް ފެތުރޭ ކަމަށް ބެލެވެނީ 2 ގޮތަކުންނެވެ. އެއީ އަނގަޔާއި ނޭފަތުން ނިކުންނަ ވައިގެ ޒަރިއްޔާއިންނާއި ތަންތަނުގައި އުނގުޅިފައި ހުންނަ ވައިރަހުގައި އަތްލެވި މޫނާއި އަނގައިގެ އަދި ލޮލުގައި އަތްލެވިގެން ކަމަށްސިއްޙީ ފަރާތްތަކުން ހާމަކުރެއެވެ.

މިކަމަމާއި ދެކޮޅަށް ކުރެވޭނެ މަސައްކަތަކީ އަނގައާއި ނޭފަތުން ބޭރުވާ ވައި ޖައްވުތެރެއަށް އެއްކޮށް ދޫނުވާގޮތަކަށް އަމަލުކުރުމާއި އެހެން ތަންތާނގައި ނުއުގުޅޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް މާސްކް އެޅުމެވެ. މީގެ އިތުރުން ތަންތަނުގައި އެފަދަ ވައިސް އަދި ޖަރާސީނު ނުހުންނާނެ ގޮތަށް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ތަންތަނުގައި އަތްލާފައި އަތް ދޮވުމާއި މޫނުގައި އަތް ނުއުނގުޅުމެވެ.

ދުނިޔާގައި މިބައްޔަށް މިހާރު ކުރެވޭ ޓެސްޓަކީ ވަރަށް އަގު ބޮޑު ޓެސްޓެކެވެ. އެގޮތުން މިޓެސްޓަށް 200 އާއި 300 ޑޮލަރު ހޭދަވާކަމަށް ސިންގަޕޫރުގެ އިންފެކްޝަސް ޑިޒީސްގެ ޚާއްސަ ޑޮކްޓަރަކު ހާމަކުރިއެވެ. ވުމާއެކު ބައްޔަށް ކުޑަ ޝައްކެއްވާ އިރަށް އެ އެންމެން އެޓެސްޓްގެ ހެދުމަކީ އެކަށީގެންވާކަމެއް ނޫންކަމަށް އެ ސްޕެޝަލިސްޓް ހާމަކުރިއެވެ. ޓެސްޓުކުރަން ޖެހެނީ ވަކިވަރަކަށް އެޝައްކުގެ މިންވަރު އިތުރުވާ މީހުން ކަމަށެވެ.

ޗައިނާގެ ޒިއާމަން އިން ރާއްޖެ އައި މީހަކު މިބައްޔަށް ޝަކުވެގެން އެކަހެރި ކުރެވިފައިވީ ކަމުގައި ވިޔަސް އޭނާ ބެލި ރާއްޖޭގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އޭނާގެ ކިބައިން އަދި ފެނިފައި ވަނީ އާދައިގެ ހުމުގެ ރޯގާގެ އަސަރުކަމަށެވެ. ނަމަވެސް 14 ދުވަހަށް އޭނާ އެކަހެރި ކުރެވި ޓެސްޓް ހެދުމަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވިފައެވެ. އެއީ އަދި ރާއްޖެއިން ކްރޯނާވައިސް ފެނުމެއް ނޫނެވެ.

ކްރޯނާ ވައިރަސްގެ މައްސަލާގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން މެޑިކަލް އިމަރޖެންސީއެއް އިއްޔެ ވަނީ ނެރެފައެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް އޮތް ކަމަކީ އެއްބައިވަންތަކަމާއެކު އެކުގައި މަސައްކަތްކޮށް ބަލި ފެތުރުމުގެ ފުރުސަތުތައް ހަނިކުރުމެވެ. އަދި އެކަމަށް އާއްމުން ހޭލުންތެރިަކން އިތުރު ކުރުވުމެވެ. ސައްހަ މައުލޫމާތުކަން ޔަގީންކޮށް އެމައުލޫމާތު ފެތުރުމެވެ.

މިދަނޑިވަޅުގައި ވެސް ބައެއް މީހުން ސިޔާސީ ވިސްނުން ކުރިޔަށް ނެރެ ކަމާއި ގުޅޭ ގޮތުން ސަރުކާރަށް ފާޑުުކިޔަނީއެވެ. ސަރުކާރުން ހާމަކުރަނީ ރާއްޖެއަިން އަމަލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑާއި އެއްގޮތަށް ކަމަށެވެ.

ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވާން ވާނެއެވެ. ނަމަވެސް މިފަދަ ކަންކަމުގައި ހަގީތް އޮޅޭގޮތަށް މަސައްކަތް ކޮށްގެން ނުވާނެއެވެ. ރާއްޖެގައި ބަލި ޖެހިފައިވާ 3 މީހުން އެބަތިބި ކަމަށް ބުނެ އެފަތުރަނީ މުޅިންވެސް ހަގީގަތާއި ޚިލާފު ވާހަކަތަކެވެ.ކިޔުންތެރިންގެ ޚިޔާލު