ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު 6

ސާކް ގައުމުތަކުގައި ކޯވިޑް-19 ގެ ފެތުރިގެންދާ މިންވަރު. 25 އޭޕްރީލް 2020
Share on facebook
Share on twitter
Share on google

މިހާރު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެގެން އުޅޭ ކޮވިޑް-19 ވަބާގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ހާލަތު ބަލައިލުމަށް ކުރިޔަށް ގެންދެވޭ މި ރިޕޯޓުގެ 6 ވަނަ ބައި ފަށަމެވެ. ފާއިތުވި ހަފުތާ އަކީ ދިވެހިރާއްޖޭގައި ނިސްބަތުން ގިނަ ބަޔަކު މިބައްޔަށް ފައްސިވި ހަފުތާއެވެ. އިންޑިއާގައި ބަައްޔަށް ފައްސިވި މީހުން އެންމެ ގިނައިރު އަދިވެސް އެންމެ މަދު މީހުންނަށް މިބަލި ޖެހިފައި ވަނީ ބޫޓާނުންނެވެ.

ފައިތުވި ހަފުތާ ނިމުނުއިރު ދުނިޔޭގެ ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުފަތުރު ކުރުން ގިނަ ގައުމުތަކުގައި މަނާކުރެވިފައިވާ އިރު ބައެއް ގައުމުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

މިއަދު 25 އޭޕްރީލް، ހޮނިހިރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން 2.833 މިލިޔަން މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އެއިގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ މީހުން (807,462) ބަލިން ރަނގަޅުވެފައި ވެއެވެ. އެއީ %29 މީހުންނެވެ. އަދި ބަލީގައި ދެލައްކަ އެއްހާ މީހުން (197,353) މީހުން މަރުވެފައި ވާއިރު އެއީ %7 މީހުންނެވެ. ބާކީ ތިބި %64 މީހުން އަދި ތިބީ ބަލިހާލުގައެވެ.

މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބި 1.828 މިލިޔަން މީހުންގެ ތެރެއިން %97 މީހުންނަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަނެއް %3 މީހުން ނުވަތަ ބައިލައްކަ (58,576) އަށްވުރެ ގިނަ މީހުންނަކީ ނާޒުކު ހާލަތުގައި ތިބި ބަލި މީހުންނެވެ. 

ބަލީގައި ގޮތްކަނޑައެޅި ނިމިވައިވާ މިލިޔަނެއް ހާ މީހުން (1,004,815) ގެތެރެއިން  %80 މީހުން ރަނގަޅުވެފައި ވާއިރު  އަނެއް %20 މީހުން (197,353) ވަނީ ބަލީގައި މަރުވެފައެވެ.

އެމެރިކާއިން މިބަލި ޖެހިފައިވާ މީހުންގެ ޖުމްލަ މިހަފުތާ ފެށުނުއިރު މިލިޔަނަކާއި ކައިރިކޮށްފައިވާ އިރު  އެގައުމުން  110432 މީހުން ބަލީގައި މަރުވެފައި ވެއެވެ. އެއްލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ސްޕޭން، އިޓަލީ، ފްރާންސް، ޖަރުމަން، އިނގިރޭސިވިލާތް އަދި ތުރުކީއެވެ. ދެން ހިމެނެނީ އޭޝިއާގެ އިރާނާއި ބަލި ފުރަތަމަ ފެނުނު ޗައިނާ އެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވަނީ އެމެރިކާ (35,371)، އިޓަލީ (22,170) އާއި ސްޕޭން (19,478) އަދި ފްރާންސް އާއި އިނގިރޭސިވިލާތުން ނެވެ. 

ސާކް ގައުމުތަކުން މިބަލި ޖެހިފައިވާ މީހުންގެ އަދަދު ބައިލައްކައާއި ކައިރިވެފައި ވެއެވެ. މިހާރުގެ ޖުމްލަ އަދަދަކީ 43,028 އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ  8,690 މީހުންނެވެ. މީގެ އިތުރުން 33,126 މީހުން މިހާރުވެސް ބަލީގައި އެބަތިއްބެވެ. ބަލީގައި މަރުވެފައި ވަނީ %3 (1,214) މީހުންނެވެ. 

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 25 އޭޕްރީލް 2020

ސާކް ގައުމުތަކުގެ ނަމްބަރުތަކަށް ބަލާއިރު އިންޑިއާ އަދި ޕާކިސްތާނުން ބަލިމީހުން ތިބި އަދަދުތައް އެހެން ގައުމުތަކަށް ވުރެމާ ބޮޑުތަނުން މައްޗެވެ. އެއާއެކު ބަންގްލާދޭޝް ގެ އަދަދުތައް ވެސް މައްޗަށް ގޮސްފައި ވެއެވެ. އެއާއެކު މިތީ ގްރޫޕުގައި މި 3 ގައުމު ހިމެނެއިރު މެދުން އަފްޣާނިސްނާއި ސްރީލަންކާ އެވެ. އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖޭގެ ގްރޫޕެވެ. ފާއިތުވި ހަފުތާގައި ދިވެހިރާއްޖެ އާއި ނޭޕަލުގައި ވެސް ނިސްބަތުން ބަލި ޖެހިފައިވާ މީހުން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ނަމަވެސް ބޫޓާނުގެ އަދަދުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. މި 3 ގައުމުން ވެސް އަދި  މިބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

އިންޑިއާގައި 24 ހާހަށް ވުރެ މަތީގައި އުޅޭ އިރު ޕާކިސްތާން އުޅެނީ 12 ހާހާއި ކައިރީގައެވެ. ބަންގްލާދޭޝް 5 ހާހަށް ދާއިރު އަފުޣާނިސްތާނުގެ އަދަދު ހާހަކާއި ކައިރިކޮށްފިއެވެ. ސްރީލަންކާ 250 ހާއި ކައިރި ވިއިރު ރާއްޖެއިން ވަނީ 129 އަށް މަތިވެފައެވެ. ނޭޕާލް 50 އާއި ހަމަވާއިރު ބޫޓާން  ބައްޔަށް ފައްސިވެފައި ވަނީ 7 މީހުންނެވެ.

ފާއިތުވި ހަފުތާގައި ސްރީލަންކާ އާއި ބޫޓާނުގައި ވެސް ބަލިފެތުރޭ މިންވަރު ހިފެހެއްޓިފައިވާއިރު ދިވެހިރައްޖެއާއި އަފުޣާނިސްތާން އަދި އިންޑިއާގައި ބަލި ފެތުރޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.

ދިވެހިރާއްޖޭގައި މިބަލީގެ މީހުންގެ އަދަދު ފާއިތުވި ދެހަފުތާގައި ވެސް މިވަނީ ނިސްބަތުން ބޮޑުތަން އިތުރުވެފައެވެ. އެއީ ކުރީ ފައިތުވި  ތިން ހަފުތާގައި 28 އިން  83ން  129 އަށް އިތުރު ވެފައި ވުމުންނެވެ. ފާއިތުވި ހަފުތާގައި ރާއްޖެއިން އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ. ފާއިތުވި ދެހަފުތާގައި 55 އަދި 46 މީހުން  ކޮންމެެ ހަފުތާއަކު ވަނީ އިތުރުވެފައެވެ. މިހާތަނަށް ރާއްޖޭއިން ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.  މިހާރު ރާއްޖޭގައި ތިބީ ބަލީގެ 60 ދިވެހީންނާއި 45 ބަންގްލާދެޝް މީހުންނާއި 8 އިން އަދި 15 ބިދޭސީންނަށްް ބަދަލުވެފައެވެ.  މާލޭގައި ވަނީ ގެއިްނ ބޭރަށް ނިކުމެ އުޅުން 2 ހަފުތާއަށް ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވާ އެކި ގައުމުތަކުގެ މީހުން

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments