16 އޮކްޓޯބަރ 2019 ( ބުދަ )

banner

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުން

ކޯލިޝަން ބައިވެރިންނާއި ރައީސް މާދަމާ މަޝްވަރާ ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ބައިވެރިންނާއެކު މާދަމާ މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުު ދެއްވަމުން އެމަނިކުފާނުު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލިސް ކުރިޔަށްް ގެންދާނެ ގޮތަކާއި އަދި އެނޫންވެސް ކަންތައްތަކާއި ގުޅޭ ގޮތުން ކޯލިޝަން ލީޑަރުންނާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅު ވިއިރު ކޯލިޝަނުން މަޖުލީސް އިންތިޚާބުގައި ވާދަކުރާނެ ގޮތާއި މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިކަމާ ތަފާތު މަޝްވަރާތަކެއް އެކި ޕާޓީތަކާއއެކުި ކުރެއްވުމަށްފަހު ވެސް މުޅި އެއްބަސްވުމަކަށް ނާދެވިފައެވެ. އެންމެ ފަހުން އެޕާޓީން ނިންމީ ރައްޔިތުންގެ މަޖުލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށެވެ. އެމްޑީޕީން އެދެނީ ކޯލިޝަން ހުރިހާ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ކެޕޭސިޓީގައި މަޖުލިސް އިންތިޚާބުގައިވާދަކޮށް،  އެބަޔަކު ވާދަކުރަން އެދޭ ހުރިހާ ގޮނޑިއަކަށް ވާދަކޮށްގެން ލިބޭ ގޮނޑިތަކާއެކު ރައްޔިތުންގެ މަޖުލީހުގައި ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށެވެ.

ނަމަވެސް މިކަން ބަލައިގަންނަށް ކޯލިޝަން އެހެން ޕާޓީތަކުން ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް އަދާލަތު ޕާޓީއާއި އެމްއާރުއެމަށެވެ. އެ ދެ ފަރާތުން ވެސް ބުނަނީ ކުރިންވެސް އެއްބަސް ވެފައިވާ ގޮތަށް މަޖުލީހުގެ ދާއިރާތައް ބަހައިގެން ހުރިހާ އެންމެ އެކުގައި ކެމްޕޭން ކޮށް ގޮނޑިތައް ހޯދުމަށެވެ. ކޯލިޝަންގެ އެއްބަޔަކު އަނެއްބަޔާކާއި ވާދަ ނުކުރުމަށެވެ. ނަމަވެސް އެމްޑީޕީން ގަބޫލުކުރާ 4 ލީޑަރުންގެ އެއްބަސްވުމެއް ނެތެވެ.

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން ވަކިން ވާހަކަ ދައްކައި އެއްބަސްވުމަކާއި ހަމަޔަށް އާދެވުނު ކަމަށް ވެއެވެ. އެގޮތުން އެމްޑީޕީން މަޖުލީހުގެ 61 ގޮނޑިިއަށް ވާދަކުރުމަށާއި ދެންހުރި ގޮނޑިތައް ޖޭޕީއަށް ނުވަތަ ކޯލިޝަން ޕާޓްނަރުންނަށް ދޫކޮށްލުމާއި ހަމަޔަށް އާދެވުނެވެ.

ނަމަވެސް މިކަމުގައި އަދާލަތާއި އެމްއާރުއެމްގެ އެއްބަސްވުން ނެތުމުން އެމްޑީޕީގެ ގައުމީ މަޖުލީހުން ނިންމީ އެއުސޫލުު ނުހިނގާނެ ކަމަށާއި މަޖުލީހުގެ ހުރިހާ ގޮނޑިއަކަށް އެޕާޓީން ވާދަކުރާ ގޮތަށެވެ.

އެމްޑީޕީން މަޖުލީހުގެ 87 ދާއިރާއަށް ކުރިމަތިލާތީ ޖޭޕީން ހިތްހަމަ ނުޖެހިގެން އިހައްދުވަހު ވަނީ ވާހަކަ ދައްކާފައެވެ. އަދި ޖޭޕީން ވެސް މަޖުލީހުގެ 87 ދާއިރާއަށް ކުރިމަތިލާނެ ކަމަށް ލީޑަރު ގާސިމު ވިދާޅުވިއެވެ.

ނަމަވެސް އަނެއް ދެބައި މީހުން މީޑީއާގައި އަދި އެއްޗެއް ބުނެފައިވާކަން އެނގޭކަށް ނެތެއެވެ.  އަދާލަތާއި އެމްއާރު އެމުން ވެސް އެގޮތަށް ވާކަށް ނޭދެއެވެ. އެމީހުން ބޭނުންވަނީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގެ ރޭޝިއޯއިން ކޮންމެ ޕާޓީއަކުން ވެސް ވާދަކުރުމަށެވެ.

މިއާއެކު ކޯލިޝަން ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުޅޭތީ ރައީސް މަސައްކަތް ކުރައްވަނީ އެކަން ހަމަޔަކަށް އެޅޭތޯ ކަމަށް ބެލެވެއެވެ. ނުވަތަ މިކަމުގައި އެއްބަސްވެވޭ އުސޫލަކީ ކޮބައިތޯ ބެލައި މަޖުލިސް އިންތިޚާބުގައި ސަރުކާރަށް ފައިދާހުރި ގޮތަކަށް ދިއުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކޯލިޝަން ކޯލިޝަނާއި މެދު ޔަގީންކަން އެބަ އޮތް ކަމަށާއި ކޯލިޝަންގެ އެއްބާލުން އެމަނިކުފާނު ސަރުކާރަށް ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލު