25 މެއި 2020 ( ހޯމަ )

banner

ޓައުންހޯލް ބައްދަލުވުން ފާސްކުރަން އެލްޖީއޭ ބޯޑުން ވަނީ ފާސްކޮށްފައި - އެލްޖީއޭ ބޯޑް ބައްދަލުވުން.

ރައްޔިތުން އެދިގެން ކައުންސިލާއި އެކު މަޝްވަރާގެ ބައްދަލުވުން ބާވަން ޖެހޭނެ

ރައްޔިތުންގެ ވަކި އަދަދެއްގެ މީހުން އެދިގެން ކައުންސިލް ބައްދަލުވުން ބާއްވަން ޖެހޭ ގޮތަށް އެލްޖީއޭއިން ކަނޑައަޅައިފިއެވެ. ‘ޓައުންހޯލް ބައްދަލުވުން’ ނަމުގައި ބޭއްވޭ ބައްދަލުވުމަކީ އާއްމުންނަށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލު ބައްދަލުވުން ތަކެކެވެ.

ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެކައުންސިލެއް ހިމެނޭ ދާއިރައެއްގައި ދިރިއުޅޭ މީހުންގެ 100 މީހުން ނުވަތަ %20 މީހުން އަށްވުރެ ގިނަ މީހުން އެދިއްޖެ ހާލަތެއްގައި ގިނަވެގެން 30 ދުވަހުގެ ތެރޭގައި އާއްމުކޮށް ހުޅުވާލައިގެން މަޝްވަރާގެ ބައްދަލުވުމެއް ބާއްވަން ޖެހޭ ގޮތަށް ކައުންސިލްތަކުން އަމަލު ކުރާނެ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

މިއުޞޫލުގެ ދަށުން ރައްޔިތުންނަށް ދާއިރާއިރާގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ.

މިއުސޫލު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ފާސްކޮށްފައި ވަނީ މިއަހަރު ބޭއްވި އެބޯޑުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

މިއީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވި ވައުދުގެ ތެރޭގައި ހިމެނިގެން ކުރި ކަމެއްކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އެލްޖީއޭ އިން ހާމަކުރެއެވެ.

ފުވައްމުލަކު ސްކޫލުގެ ބެލެނިވެރިންގެ ޖަމްއިއްޔާއާއެކު ސިޓީ ކައުންސިލުން ފާއިތުވި އަހަރު ޑިސެމްބަރު މަހު ބޭއްވި ބައްދަލުވުން

މި އުސޫލު ފާސްކުރުމުގެ ކުރިން ވެސް ފުވައްމުލައް ސިޓީ ކައުންސިލުން މި ސިޓީގެ އެކިފަރާތްތކާއެކު ބައްދަލުވުންތައް ބާއްވަމުން އައިސްިފައިވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފުވައްމުލަކު ގެ މަސްވެރިންނާއި ބައްދަލުކުރުމާއި، ފުވައްމުލަކުގައި ޓްވަރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސްކޫލްތަކުގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ އިސްފަރާތްތަކާއި މިނޫންވެސް ތަފާތު ފަރާތްތަކެގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އައިސްފައި ވެއެވެ.

ފާއިތުވި އަހަރު ޑިސެމްބަރު މަހު ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން

މިއުސޫލު ގާއިމުކުރެވުމުން މިފަދަ ބައްދަލުވުންތައް ބާއްވަން ކައުންސިލްތަކަށް މަޖުބޫރު ވެގެންދާނެއެވެ.ކިޔުންތެރިންގެ ޚިޔާލު