19 މެއި 2019 ( އާދީއްތަ )

banner

ފުވައްމުލައް ސިޓީގެ ސްޕޯރޓްސް ކައުންސިލަރ ކަމުގެ މަގާމަށް އައްޔަން ކުރެވުނު މުސްލިމާ އިބްރާހިމް މަގާމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ

ފުވައްމުލައް ސިޓީގެ ސްޕޯރޓްސް ކައުސިލަރ އަކަށް މުސްލިމާ

ފުވައްމުލައް ސިޓީގެ ސްޕޯރޓްސް ކައުންސިލަރ ކަމަށް ދޫނޑިމަގު ހީރާގެ މުސްލިމާ އިބްރާހިމް ހަމަޖައްސަވައިފިއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ކޮންމެ ރަށެއްގައި ތަމްރީނު ވެފައިވާ ސްޕޯރޓްސް ކައުންސިލަރުން ގާއިމުކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީ ގައި އުފެއްދި ސްޕޯރޓްސް ކައުންސލަރުގެ ސިވިލްސާރވިސް މަގާމެވެ.

ސްޕޯރޓްސް ކައުންސިލަރުންގެ ޒިންމާއަކީ ރަށުގައި ކަސްރަތަށް އަހުލުވެރި މުޖުމައެއް ބިނާކުރުމުގައި އެހީތެރިވުމާއި ރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމެވެ.

މިއަދު މުސްލިމާ މިމަގާމަށް އައްޔަން ކުރެވުމާއެކު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ހާމަކުރައްްވާފައި ވަނީ މިވަގުތު ކުރިޔަށް ގެންދެވޭ ކުޅިވަރުގެ ހަރަކާތަކީ ފުވައްމުލަކު ސްކޫލްގެ އަންހެން ވޮލީބޯޅަ ޓީމު އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތަށް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި ސަރުކާރުގެ ކުޅިވަރުގެ ވައުދު ތަކުގެ ތެރޭގައި ހިމެނިގެން މުޅި ރާއްޖެއިން 69 ސްޕޯރޓްސް ކައުންސިލަރުން ތަމްރީނު ކުރެވިފައިވާކަމަށް ކަމާބެހޭ ފަރާތުން ހާމަކޮށްފައި ވެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މުޅި ރާއްޖޭގެ ކުޅިވަރު ޚިދުމަތްތަކުގެ ހާލަތު ދެނެގަތުގެ އޯޑިޓެއް ވެސް ވަނީ ހަދާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ކުޅިވަރު އޯޑިޓު ރިޕޯރޓްގައި ފާހަގަކޮށްފައި ވަނީ އެ ސިޓީގައި އެންމެ އާމުކޮށް ކުޅޭ ކުޅިވަރުތަކަކީ ވޮލީ ބޯޅއާއި ބަށި އަދި ކްރިކެޓް ކަމަށެވެ.

ފުވައްމުލައް ސިޓީގައި އެންމެ އާމުކޮށް ކުޅޭ ކުޅިވަރުތައް:

ވޮލީ ބޯޅަ

ބަށި އަދި

ކްރިކެޓް – ކުޅިވަރު އޯޑިޓް ރިޕޯރޓް 

ފުވައްމުލައް ސިޓީ ކައުންސިލުން ދީފައިވާ މި މައުލޫމާތާއި މެދު ރަށުގައި ކުޅިވަރު ކުޅޭ ބައެއް މީހުން ސުވާލު އުފައްދައެވެ. ޚާއްސަކޮށް ބަށި އާއި ކްރިކެޓަކީ ފުވައްމުލައް ސިޓީގައި އެހާ އާއްމު ކުޅިވަރެއްގެ ގޮތުގައި ބެލެވުނީ ކޮންގޮތަކުން ތޯ ރަށުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ސުވާލު އުފައްދައެވެ. އަދި މިލިސްޓުން ފުޓުބޯޅަ އުނިވިއިރު ރަށުގައި އެންމެ ގިނައިން ބޭއްވެނީ ފުޓްބޯޅަ މުބާރާތް ނޫންތޯ އެމީހުން އަހައެވެ؟

ފުވައްމުލައް ސިޓީގައި ކުޅިވަރު ކުޅުމަށް ދަނޑާއި ކޯޓުގެ ގޮތުގައި 27 ތަނެއް އޮތްކަމަށާއި އެހުރިހާ ތަނެއް ެވސް މަރާމާތަށް ބޭނުންވެފައިވާ ކަމަށް ސިޓީ ކައުންސިލާއި ހަވާލާދީ އޯޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި ހުރި ކުލިވަރު ކުޅެ ތަންތަން:

4 ނެޓް ބޯޅަ ކޯޓު (އެއްކޮށް ވިނަހެދި ބޭނުންނުކެރެވޭ ހާލަތުގައި)

6 ފުޓްބޯޅަ ދަނޑު (މަރާމާތަށް ބޭނުންވެފައި)

7 ވޯލީބޯޅަ ކޯޓް

4 ފުޓްސަލް ކޯޓް

4 ބަށި ކޯޓް

0 ބާސްކެޓް ކޯޓް

0 ބެޑްމިންޓަން ކޯޓް

ފުވައްމުލައް ސިޓީގެގެ ކުޅިވަރު ޚިދުމަތްތައް – ކުޅިވަރު އޯޑިޓް ރިޕޯރޓް 26 މާރޗް 2019

ފުވައްމުލައް ސިޓީގައި 1 ޒުވާނުންގެ މަރުކަޒު ހުންނައިރު އެތަނުގައި 1 އިދާރީ މުވައްޒަފާއި 2 މަސައްކަތު މީހުން ތިބިކަމަށް އޯޑިޓް ރިޕޯރޓްގައި ވެއެވެ.

އަދި ފުވައްމުލއް ސިޓީގައި  އެއްވެސް ކުޅިވަރެއް އިތުރަށް ކުރިއަރުވަން ސިޓީ ކައުންސިލުން ހުށަހަޅާފައި ނުވާކަމަށް ވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު


  1. ހަމަތި 10 މެއި 2019 02:05

    ތި އޯތީ ސިޓީ ކައުންސިލްއެ ފެންވަރޮ އެގީފޭ، ރައްޔިތުންގެ އިހުސާސް ރަގަޅަާށަ ބެނެދެރެފެޭ