5 ޑިސެމްބަރ 2019 ( ބުރާސްފަތި )

ފުލުހުން ހޯދަން ނޯޓިސް ނެރފައިވާ ހަސަން ޒަރީރު /ހޯދަޑު ނައިސް ވޭ އާއި މިސްކިތްމަގު ޖަވާހިރުމާގެ، ޙަސަން ޢަބްދުﷲދީދީ

ހޯދަޑުގެ މިހާކާއި މިސްކިތްމަގުގެ މީހަކު ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަނީ

ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ހޯދަޑު އަވަށާއި މިސްކިތްމަގު އަވަށުގެ ދެމީހަކު އެކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަން ނޯޓިސް ނެރެފިއެވެ.

މި ދެ މީހުން ހޯދަން ފުލުހުން ނޯޓިސް ނެރުނީ އެ ދެމީހުން  ކޯޓަށް ހާޒިރުކުރެވިފައި ނުވާތީއެވެ. ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން އެ ދެމީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުނެރެފައެވެ. އެއާއި ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރާއި ގުޅިގެން ހޯދަމުން ދަނީ ޏ.ފުވައްމުލައް / ހޯދަޑު ނައިސްވޭ، ޙަސަން ޒަރީރު (46އ) އާއި ޏ.ފުވައްމުލައް / މިސްކިތްމަގު ޖަވާހިރުމާގެ، ޙަސަން ޢަބްދުﷲ ދީދީ (37އ) އެވެ.

މި ދެމީހުން ހޯދަމުން ދަނީ، ފުވައްމުލަައް ސިޓީ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ކޯޓަށް ހާޒިރުވެފައި ނުވާތީ އެވެ. އެގޮތުން މި ދެމީހުން ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 25 ވަނަ ދުވަހު 21:30 އަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް  އަމުރުކޮށްފައިވާ  ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ވީމާ މި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހން އެދިފައި ވެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ޚިޔާލު