14 ޑިސެމްބަރ 2019 ( ހޮނިހިރު )

ފުވައްމުލައް ސިޓީ ކައުންސިލުގައި ހިމެނޭ 3 މެންބަރުން

ސިޓީ ކައުންސިލްގެ މިއަހަރުގެ ދެ ވަނަ އާއްމު ބައްދަލުވުން އަންނަ ހޯމަދުވަހުގެ ރޭ

އަންނަ ހޯމަ (29 ޖުލައި) ދުވަހުގެ ރޭ ފުވައްމުލައް ސިޓީ ކައުންސިލްގެ އާއްމު މިއަހަރުގެ 2 ވަނަ އާއްމު ބައްދަލުވުން ބޭއްވުމަށް ނޯޓިސް ނެރެފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ އިއްޔެ (25 ޖުލައި) ނެރެފައިވާ ނޯޓިސް ގައި ވާގޮތުން މި މައްދަލުވުން ބާއްވަނީ އަންނަ ހޯމަ ދުވަހުގެ 8:30 ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މިބައްދަލުވުމުގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލެވިގެން ދައުވަތު ދީފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާ މި ބައްދަލުވުން ބޭއްވުމުގެ 7 ދުވަސް ކުރިން ބައްދަލުވުމުގެ ނޯޓިސް ނެރެން ޖެހެއެވެ. އަދި މިބައްދަލުވުން އަމާޒުކުރެވޭ ކަންތައްތަކުގެ މައުލޫމާތު ވެސް ކުރިން އާންމު ކުރަން ޖެހެއެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާ ގައި ވާގޮތުން ޖުލައި މަހުގެ ބައްދަލުވުން އަމާޒު ކުރަން ޖެހެނީ ކުރިޔަށް އޮތް އަހަރަށް ސިޓީ ކައުންސިލްގެ ބަޖެޓް ހެދިފައިވާ ގޮތާއި މަސައްކަތުގެ ތާވަލު ރައްޔިތުންނާއި ހިއްސާކޮށްް ޚިިޔާލު ހޯދުމަށް ކުރުމަށެވެ.

މިމާއްދާގައި ބުނެފައިވަނީ “މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަން ވާނެއެވެ”.

ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ ޔައުމިއްޔާ އަދި އާއްމު ކުރެވިފައެއް ނުވެއެވެ. އަދި ކުރާނެ ވަކި ދުވަހެއް ވެސް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ ފެބުރުއަރީ އަދި ޖުލައި މަހުގެ ބައްދަލުވުމުގެ ނޯޓިސް އާއި އެ ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ ފާއިތުވި އަހަރު ސިޓީ ކައުންސިލް ހިންގި ގޮތުގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް އަދި އޯޑިޓް ރިޕޯރޓް ބައްދަލުވުމުގެ 7 ދުވަސް ކުރިން އާއްމު ކުރަން ޖެހެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިއަަރު ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުގެ މައުލޫމާތުވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ޖަލްސާގެ ނޯޓިސް ވެސް ނެރެފައި ވަނީ ޖަލްސާ ބޭއްވުމުގެ 3 ދުވަސް ކުރިންނެވެ.

2019 ވަނަ އަހަރުގެ 2 ވަނަ އާއްމު ބައްދަލުވުމުގެ ނޯޓިސްކިޔުންތެރިންގެ ޚިޔާލު