A wide advertisement which will be shown on all devices. (700 x 100)

ފޯރިގަދަ ބޮޑު އީދު ޝޯ ބަލަން ގިނަ ބަޔަކު ދިޔަ

ރޭ ގެ ޝޯގައި ޝަލަބީ ލަވަކިޔަނީ. ފޮޓޯ. ޝަހީދު

“ތިމާ އީދު 1440” ނަމުގައި ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިޔަ ބޮޑު އީދު މިއުޒިކު ޝޯ ގިނަބަޔަކާއެކު ފޯރީގައި ރޭ ނިންމާލައިފިއެވެ. ސޭންޑް ރިޕަބްލިކް އިން އިންތިޒާމު ކުރި މި ޝޯ ބޭއްވާފައި ވަނީ ރޭ ފުވައްމުލައް ސިޓީ ސްޓޭޑިއަމުގައެވެ.

މި ޝޯގައި އިންޑިއާގެ މަޝްހޫރު ފަންނާނުން ކަމަށްވާ އަދިތުރާޔަ ނަރަޔާން އާއި ޕްރިޔާންކް އާއި ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުން ލަވަ އާއި ޑާންސް އައިޓަމް ތައް ހުށަހަޅާދިނެވެ.

ރޭގެ ޝޯގެ ޝަރަފުވެރި މެހުމާނަކީ މިހާރު ފުވައްމުލައް ސިޓީއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ސަފީރު މިސްޓަަރ  ޝްރީ ސަންޖޭ ސުދިރު އެވެ. ސުދިރު ވަނީ މިދަތުރުފުޅުގައި ފުވައްމުލައްް ސިޓީ ކައުންސިލާއި ހޮސްޕިޓަލުގެ އިސްފަރާތްތަކާއެކު ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.

ރޭގެ ޝޯ ގައި ސިމްބޯލިކް ރެޕް ލަވަ ގުރޫޕުން ހުށަހަޅައި ދެނީ

ރޭގެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އާއި، ކުޑައިއްބެ އަދި ސައިނާގެ ލަވަތަކުގެ އިތުރުން ސަފޫރާ އާއި ސިމްބޯލިކް ރެކޯޑްސް މިއުޒިކް ގްރޫޕުގެ ރެޕް ލަވަކިޔުންތެރިންގެ ލަވަތައް ވެސް ގެނެސްދީފައި ވެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުވި އެއްފަންނާނު ކަމަށްވާ ޒަކިއްޓޭގެ ބޮޑުބެރު ގުރޫޕުން ވެސް އައިޓަމް ތައް ހުށަހަޅާދީފައި ވެއެވެ.

ރޭގެ ޝޯ ބަލަން ގިނަ ބަޔަކު ދިޔަ. ފޮޓޯ: މިއުސަމް

ރޭގެ ޝޯ ހުޝަހަޅާދިނީ ފުވައްމުލަކު ކަނބަލެއްކަމަށްވާ ފަތިމަތު މުސްތަފާ އާއި ލަމްހާ އެވެ.

އިއްޔެ އަކީ މޫސުން ގޯސްވެ ފުވައްމުލަކަށް ގަދަ ވިއްސާރައާކު ވާރޭ ވެހި ވައިގަދަވި ދުވަހެއް ކަމުގައި ވިޔަސް ޝޯ ގެ ގަޑިއަށް މޫސުން ތަންދިނެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު ޝޯ ބަލަން ގޮސް ފޯރިނަގާ މަޖާކުރި އެވެ.

ރޭގެ މިއުޒިކް ޝޯ ބަލަން ގިނަ އަދަދެއްގެ ބަޔަކު ދިޔަ

ކުރިން އިޝްތިހާރު ކުރެވިފައިވާ ގޮތަށް ފުވައްމުލަކުގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ޑަންޑަނާ ހުސޭން އާއި ޝަފީގު (އަފަގޭ) ގެ އައިޓަމެއް ރޭގެ ޝޯއިން ނުފެނުމުން ކުޅިބަލަން ދިޔަ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް ސޭންޑް ރިޕަބްލިކުން ޝޯގެ ބައިވެރިން ހިމަނައިގެން އެންމެ ފަހުން އާއްމު ކުރި ޕޯސްޓަރުގައި ޑަންޑަނާ ހުސޭން އާއި އަފަގޭ ގެ ފޮޓޯ ހިމަނާފަިއ ނުވަނީ ޝޯއިން އެމީހުން ވަކިވުމުން ކަމަށް ވެދާނެއެވެ.

ރޭގެ ޝޯއަށް ފާޑުކިޔުން އަމާޒުވި އަނެއް ކަމަކީ ސައުންޑުގެ އަދު މަޑުކަމުގެ ޝަކުވާއެވެ. ނަމަވެސް ރޭގެ ޝޯގެ އަޑު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް، އެހިސާބުގަނޑުގެ މީހުންނަށް އުނދަގޫވުން ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލުން އެދިގެން ކަމަށް ވެއެވެ. ނަމަވެސް ޝޯ ބަލަން ދިޔަ ގިނަ މީހުންނަށް މިކަން ވީ ބޮޑު ޖޯކަކަށެވެ.

މީހަކު ސޯޝަަލް މީޑިއާގައި މީހަކު ލިޔެފައި ވަނީ ރޭގެ ޝޯ ބަލަން ދާން ކޮންމެ ކުއްޖަކުވެސް ހެދްސެޓުން އަޅައިގެން ޝޯ އަޑު އެހުމަށެވެ. އަދި ބޭރުގައި ބާއްވާ ޝޯތަކުގެ އަދު އެހާ މަޑުކުރަން ޖެހެންޏާ މިފަދަ ކަންކަން އިންތިޒާމު ނުކުރަން ވީ ކަމަށް ބުނެ ފާޑުު ކިޔާފައި ވެއެވެ.

ރޭގެ މިއުޒިކް ޝޯގެ ފޯއިން ބެލުންތެރިން ނަގަނީ. ފޮޓޯ: މިއުސަމް

ފުވައްމުލަކުގައި މިފަދަ ޝޯތައް ބޭއްވުމާއި މުޅިން ދެކޮޅު ހަދާ ބަޔަކުވެސް ތިބެއެވެ. އެމީހުން ގަބޫލުކުރާ ގޮތުން މިއީ ހަރާމް ކަމެކެވެ. މިފަދަ ކަންކަން ނުކޮށް ވެސް އީދު ފާހަގަ ކުރެވިދާނެއެވެ.

ރޭގެ ޝޯ ގައި ޒަކިއްޓޭގެ ބޮޑުބެރު ގުރޫޕުގެ ހުށަހެޅުންތައ ގެނެސްދެނީ. ފޮޓޯ: މިއުސަމް

މިޝޯއަށް ނާއިބު ރައީސް ފައިސަލް ނަސީމު އާއި ފުވައްމުުލަކުގެ 3 ދާއިރާގެ މަޖުލިސް މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށް ޝޯ އިންތިޒާމުކުރާ ސޭންޑް ރިޕަބްލިކުން ވަނީ ހާމަކޮށްފައެވެ. މިޝޯ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވީ ފުނާޑު އަވަށު ވިޔަފާރިވެރިއެއްކަމަށްވާ މުހައްމަދު އަހުމަދު (މޯޑު) އެވެ. އޭނާގެ ވިޔަފާރި ނަންތައް ސްޓޭޖްގެ ބެކްގްރައުންޑްގައި ހުއްޓެވެ.

ރޭ ގެ ބޮޑު އީދު ޝޯގެ ޑާންސް އައިޓަމެއް ފޮޓޯ: މިއުސަމް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !