15 ޑިސެމްބަރ 2019 ( އާދީއްތަ )

ހޯދަދު ދަނޑުގައި ޓާރފް އެޅުމަށް ބިންގަނޑު ތައްޔާރުކުރުމުގެ އެއްބަސް ވުން

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނީ

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ އަސާސީ ބައިތައް ފުރިހަމަކުރުމަށް އެމްޓީސީސީއާއެކު ޔޫތު މިނިސްޓްރީން މިއަދު ސޮއިކޮށްފިއެވެ.

މި އެއްއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މާލޭ، ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ފުވައްމުުލައް ސިޓީގެ މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު އާއި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ބައިވެރިވެ ވަޑައިގަތެވެ. އުތުރު ދާއިރާގެ މެމްބަރު މިވަގުތު އުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސަބް-ބޭސް ލޭޔަރ ޕްރެޕަރޭޝަން އެއްބަސްވުމުގެ ދަށުން ދަނޑުގެ ފަސްގަނޑު ފަށަލަތައް ތަރުތީބުކޮށް، އެއްވަރުކޮށް ޓާރފް އަޅަން ބިންގަނޑު ތައްޔާރުކުރާނެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައެވެ.

މިޕްރޮޖެކްޓްގެ ދަށުން ފުވައްމުލައް ސިޓީގެ ދަނޑުގެ އިތުރުން ރާއްޖޭގެ 6 ދަނޑެއް ޓާރފް އެޅުމަށް ތައްޔާރުކުރުމަށް އެމްޓީސީސީއާއެކު ވަނީ އެއްބަސްވުން ގާއިމުކޮށްފައެވެ.

އެއީ ސ.ފޭދޫ ފުޓުބޯޅަ ދަނޑާއި، ގދ. ތިނަދޫ، ލ.ގަން، ތ. ތިމަރަފުށި، ވ.ކެޔޮދޫ އަދި ހއ. ހޯރަފުށި ދަނޑެވެ. މިއި ދައުލަތުގެ ބަޖެޓް ޚަރަދުކޮށްގެން ހިންގާ 2.4 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެެވެ.

މީގެ އެތައް އަހަރެއް ކުރިންވެސް ފުވައްމުލަކުގައި ޓާފްދަނޑެއް އެޅުމަށް އޭރު އެފްއޭއެމް އިން ނިންމިއެވެ. ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން އަޅަން ނިންމި ދަނޑު ޕީޕީއެމް ސަރުކާރުގައި ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައެވެ.

މި ރަސްމިއްޔާތަށް ފަހު މެދުދާއިރާގެ މެމްބަރު ހުސޭން ހާމަކުރައްވާފައި ވަނީ، “އިރާދަ ކުރެއްވީ ފަހެނާ މިއޭ އަހަރޮ އިތިރި ދަޑޮތެއްކާ ސްވިމިން ޕޫލްގެ މަސައްކަތަސް ކުރިހާ އެންނެން” ކަމަށެވެ.

އެމްޕީ ހުސޭން ގެ މިބަސްކޮޅު ތަކުން އިތުރަށް އެނގިގެން ދިޔައީ ކުރިޔަށް އޮތް އަހަރު ފުވައްމުލަކުގެ އިތުރު ދަނޑުތަކެއްގައި ޓާރފް އެޅުމަށް ރޭވިފައިވާކަމެވެ. އަދި މީގެ އިތުރުން ރަށުގައި ފަތާ ފެންގަނޑެއް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށް އޮތް ކަމެވެ.

ޓާރފް އެޅުމަށް ހަމަޖެހުނު ހޯދަޑު ފުޓްބޯލަ ދަނޑު



ކިޔުންތެރިންގެ ޚިޔާލު