19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

ފުވައްމުލަކުހައި ހުރި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި

ގިރާއަތު ކޯސް ފުވައްމުލަކުގައި ފަށަނީ

މި ސެޕްޓެމްބަރު މަހުތެރޭ ގިރާއަތު ކޯހެއް ފުވައްމުލަކު ގުރުއާނާއި ބެހޭ މަރުކަޒުގައި ހިންގުމަށް އިއުލާން ކޮށްފިއެވެ. މިއީ 8 ހަފުތާގެ މުއްދަތަށް ހިންގޭ ގިރާއަތު ސެޓްފިކެޓް ލެވެލް 1 ގެ ކޯހެކެވެ.

މިކޯހުގެ ބައުވެރިވުމައެއް އެދޭ ފޯމު މިހާރު ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފިން ނާއި އެމަރުކަޒުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެއެވެ. މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ސެޕްޓެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފުރިހަމަކޮށްފައިވާ ބައިވެރިވާންއެދޭ ފޯމާއެކު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުމަށް އިއުލާންކޯށްފައި ވެއެވެ.

މިކޯހުގަިއ ބަިއވެރިވުމުގެ ޝަރުތަކީ ފަށާތައުލީމު (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި އުމުރުން 16 އަހަރު ފުރިފައިވުމާއި އަދި އެމަރުކަޒު ކުރާ އިންޓަވިއުއަކުން ފާސްވުމެވެ.

މީގެ އިތުރުން ވެސް ގުރުއާން މުދައްރިސްކަމާއި ޤާރީކަމުގެ އެތައް ކޯހެއް ްުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފީގައި ހިންގާފައެ ވެއެވެ. އަތޮޅުތަކުގައި އެންމެފުރަތަމަ ގާއިމުކުރެވުނު ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕަކީ ފުވައްމުލަކުގައި ހުޅުވުނު ގޮތްޕެވެ.



ކިޔުންތެރިންގެ ޚިޔާލު