A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގެ 8 ދަރިވަރަކު އޯލެވެލް ގަދަ 10 ގައި ހިމެނިއްޖެ

ޏ.އޭއީސީން 2018 ވަނަ އަހަރު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ގަދަ 10ގައި ހިމެނުނު 8 ދަރިވަރުން

ފާއިތުވި އަހަރު އޮކްޓޯބަރ/ނޮވެމްބަރު މަހު ބޭއްވުނު ކެމްބްރިޖް އޯޑިނަރީ ލެވެލް އިމްތިޙާނުގައި ރާއްޖޭގެ ގަދަ 10 ގައި ޏ.އޭއީސީގެ 8 ދަރިވަރަކު ހިމެނިއްޖެއެވެ.

ރޭ މާލޭ ދަރުބާރުގޭގައި ބޭއްވުނު ޓޮޕް އެޗީވަރސް އެވޯރޑް ޖަލްސާއިން އިނާމު ހާސިލުކުރި ޏ.އޭއީސީގެ 8 ދަރިވަރުން ވަނީ ޓޮޕް ޓެން ގެ 5 ވަނަ އާއި 10 ވަނައާއި ދެމެދުގެ ވަނަތައް ހާސިލުކޮށްފައެވެ.

މިއަހަރު އޯލެވެލް އިމްތިހާނުަގއި ގަދަ 10 ގައި ހިމެނުނު ޏ.އޭއީސީގެ 5 ދަރިވަރެއް

އެއީ ގަދަ ދިހައެއްގެ:

5 ވަނާގައި މުހައްމަދު އައްޒާމު އަފީފު – އަންސާމު / ފުވައްމުލައް؛

7 ވަނާގައި 2 ދަރިވަރުން، އާމިނަތު ރުވާއު / އީގަލް އާއި އާމިނަތު ޔުމްނު ހަސަން /ކަށިމާގ؛ެ

8 ވަނާގައި 1 ދަރިވަރު، އާއިޝަތު ޔޫޙާ އަބްދުﷲ ސައީދު / ނޫކޮކާގެ؛

9 ވަނާގައި 2 ދަރިވަރުން، އާމިނަތު އީޝާ އަހުމަދު / ވީރު އާއި މަރިޔަމް އިޝާކް ރާމް /ގެރަ؛

10 ވަނާގއި  2 ދަރިވަރުން، އަހުމަދު ޝުމައިސް އަބްދުﷲ ނައީމު /ހޭޅި، އާއި ރުވާ ހަސަން އަލީ /ނެރުޅު އެވެ.

ގަދަ 10 ގައި ހިމެނުނު ޏ.އޭއީސީގެ 3 ދަރިވަރަކާއި ޕްރިންސިޕަލް

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ ވިދާޅުވީ ޏ.އޭއީސީއިން މިފަހަރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ އައްޒާމު ކަމަށެވެ. އިނގިރޭސި މާއްދާގައި ދުނިޔޭގެ ގަދަ 10ގެ 9 ވަނަ އޭނާ ހާސިލުކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެއިން 404 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައި ވެއެވެ. މުޅި ރާއްޖެއިން 6 ދަރިވަރަކު ދުނިޔޭގެ 1 ވަނާގައި ހިމެނިފައި ވެއެވެ.

އަދި ވަކި މާއްދާތަކުން މުޅި ދުނިޔޭގެ ފެންވަރުގައި 53 ދަރިވަރަކު ހިމެނުނުއިރު ޏ.އޭއީސީގެ ދަރިވަރު އައްޒާމު ވަނީ އިނގިރޭސި މާއްދާގައި ދުނިޔޭގެ ގަދަ 10ގެ 9 ވަނަ ހާސިލުކޮށްފައެވެ.

ޏ.އޭއީސީގެ އާ ޕްރިންސިޕަލާއެކު މިހާސިލުކުރެވުނު ނަތީޖާއާއި އެކު އެސްކޫލާއި މެދު ފުވައްމުލަކުގެ ގިނަ ބައެއްގެ އުއްމީދު އާލާވަމުންދާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ބެލެނިވެރިއަކު ހާމަކުރިއެވެ.

ރޭގެ ޖަލްސާއަށް ފަހު ގަދަ 10ގައި ހިމެނުނު 2 ކުދިންނާއި ޕްރިންސިޕަލް އަދި ބެލެނިވެރިއެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޕީޕީ

    ޚަބަރު ލިޔުމުގައި މިއަށްވުރެ ޒިއްމާދާރު ވާން މިކަލްނިއުސްއިން ވެއްޖެ. މިނަތީޖާ އަކީ ޕްރިންސިޕަލް ސައުދުﷲ ހުންނަވައިގެން ހާޞިލްކުރެވުނު ނަތީޖާ އެއް ނޫން. މިއީ 2018 ގެ ނަތީޖާ، ޕްރިންސިޕަލްކަމާ ސައުދުﷲ ހަވާލުވީ 2019 ވަނަ އަހަރު މެދުތެރެއިން.