A wide advertisement which will be shown on all devices. (700 x 100)

ރޯޒްމީޑް އަހުމަދު އަލިދީދީގެ ހަނދާނުގައި ބާއްވާ ގުރުއާން މުބާރާތުގެ 2 ވަނަ ބުރުގެ ކިޔެވުން ކުރިޔަށް ދަނީ

ޜޯޒްމީޑް އަހުމަދު އަލިދީދީޑގެ ހަނދާނުގައި ބާއްވާ 3 ވަނަ ގުރުއާން މުބާރާތުގެ 2 ވަނަ ބުރުގެ ކިުެވުން

ރޯޒްމީޑް އަހުމަދު އަލިދީދީ (ވާރޮގޭ އަހުމަދު ބެބޭ) ގެ ހަނދާނުގައި ބާއްވާ 3 ވަނަ ގުރުއާން މުބާރާތުގެ 2 ވަނަ ބުރުގެ ކިޔެވުން އިއްޔެ ފަށައިގެން ކުރިޔަށް އެބަ ދެއެވެ.

ވާރުގޭ އަހުމަދު ބޭބެ އަކީ ގިނަ ދުވަސް ތަކެއް ވަންދެން ހިލޭސާބަހަށް ފުވައްމުލަކުގެ ދަރިންނަށް ގުރުއާން ކިޔަވައިދެއްވި ބޭކަލެކެވެ. އަހުމަދު ބޭބެ ފަހުން ދިރިއުޅުއްވި މާދަޑު ވާރުގޭގައި ފުވައްމުލަކުގެ ރަށްވެރިކަން ވެސް ކޮށްފައި ވެއެވެ.

ގުރުއާން މުބާރާތުގެ ފަނޑިޔާރުން

މި މުބާރާތުގެ ދެވަނަ ބުރުގެ ކިޔެވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ސެޕްޓެމްބަރު މަހު 12-14 އަށެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނާއި މެންދުރު ފަހު އަދި ރޭގަނޑު ކިޔެވުން ކުރިޔަށް ގެންދިއުމަށް ވަނީ ތާވަލް ކުރެވިފައެވެ.

ދެވަނަ ބުރުގެ ކިޔަވާ ގަޑިތައް

މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބުރު ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި ޖުލައިމަހު 11-13 އަށެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ޒިކުރާ ލާރނިން ސެންތަރުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއަހަރު މި މުބާރާތުގައި 7 އުމުރުފުރާ އެއްގައި އާއި ޚާއްސަ ކުދިންގެ ގޮތުގައި ޖުމްލަ 220 ކުދިން ބައިވެރިވެފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ އުމުރުފުރާތަކަކީ 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް، 19 އަހަރުންމަތި، ޚާއްސަ ގޮފި އަދި ޚާއްސަ ދަރިވަރުންގެ ގޮފީގައި ބަލައިގެން އަދި ނުބަލައި ކިޔެވުމެވެ.

މުބާރާތުގެ ބައެއް ބައިވެރިންނާއި ބެލެނިވެރިން

މި ގުރުއާން މުބާރާތުގެ އިތުރުން ފުވައްމުލައް ސިޓީގައި ބޭއްވޭ ގުރުއާން މުބާރާތްތަކަކީ ސިޓީ ކައުންސިލްގެ ގުރުއާން މުބާރާތާއި، ކެލާގެ މުހައްމަދު ބޭގެ ހަނދާނުގައި ބޭއްވޭ ގުރުއާން މުބާރާތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !