15 ޑިސެމްބަރ 2019 ( އާދީއްތަ )

ގައުމީ 16 އަހަރުން ދަށުގެ ކްރިކެޓް ސްކޮޑަށް އިތުރުކުރެވުނު ފުވައްމުލަކުގެ 4 ކުދިން

16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ސްކޮޑުގައި ފުވައްމުލައް ސިޓީގެ 6 ކުދިން

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ސްކޮޑުގައި ފުވައްމުލައް ސިޓީގެ 6 ކުއްޖަކު ހިމެނިއްޖެއެވެ. މިއަހަރު ކުރީ ކޮޅު އެ ސްކޮޑުގައި 2 ކުއްޖަކު ހިމެނިފައިވާ އިރު، މިހާރު އިތުރު 4 ކުދިން ސްކޮޑަށް ނައިގައިފިއެވެ.

މިއީ ކުރިޔަށް އޮތް އޮކްޓޯބަރު މަހު މެދެއް ހާތާގައި މެދު އިރުމަތީގެ ގައުމެއް ކަމަށްވާ އޮމާނުގައި ބާއްވާ އޭޝިއަން ކްރިކެޓް ކައުންސިލްގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ 16 ގައުމީ ޓީމެއް ނެގުމަށް މާލޭގައި ޕްރެކްޓިސް ކުރުމަށް ނެގި ސްކޮޑެކެވެ.

އަލަށް ގައުމީ 16 އހަރުން ދަށުގެ ކްރިކެޓް ސްކޮޑަށް ނެގި ފުވައްމުލައް ސިޓީގެ 4 ކުދިންނަކީ:

  1. މުހައްމަދު ޖައުޝަން
  2. މުހައްމަދު ނޫޙު
  3. އަލީ ޔާނިއު، އަދި
  4. އިބްރާހިމް މުބްސަރު އެވެ.

މި ކުދިން ވަނީ މި މަހު 11 ވަނަ ދުވަހު ސްކޮޑުގެ ޕްރެކްޓިސް އަށް މާލެ ފުރާފައެވެ.

މި 4 ކުދިން ވެސް ގައުމީ 16 އަހަރުން ދަށުގެ ކްރިކެޓް ޓީމު ސްކޮޑަށް ނަގާފައި ވަނީ އެކުދިން ގެ ހުނަރާއި އެ ކުދިން ކްރިކެޓަށް ބަހައްޓާ އަހައްމިއްޔަތު ކަމެއްގެ ސަބަބުން ކަމަށް ކްރިކެޓް-ފުވައްމުލައް އިން ހާމަކުރެއެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް އެކުދިން ޕްރެކްޓިސް ކުރަމުން އަންނަކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މިއަހަރު ކުރީ ކޮޅު މިސްކޮޑަށް ނަގާފައި ވާ ފުވައްމުލައް ސިޓގެ ދެ ކުދިންނަކީ އައިކަލް އާއި އައިމަން އެވެ.

ފުވައްމުލަކުގައި ކްރިކެޓް ޕިޗެއް އެޅި ފަހުން ކޯޗުންގެ އިރުޝާދާއެކު ފުވައްމުލަކުގައި ކްރިކެޓް ފަރިތަކުރުންތަކާއި މުބާރާތްތައް ބާއްވަމުންގެންދެއެވެ. އެއާއެކު މިފެންނަނީ އެ މަސައްކަތްތަކުގެ ނަތީޖާކަމަށާއި އެކަމުގައި އެންމެހާ ބެލެނިވެރިންނާއި ސްކޫލް މުދައރިސުން ކުރައްވާ މަސައްކަތާއި ދެއްވާ އެއްއްބާރުލުމަށް ކްރިކެޓް-ފުވައްމުލަކުން ޝުކުރުވެރި ވެއެވެ.

މީގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ފުވައްމުލަކުަގއި ކްރިކެޓަށް ކުރައްވާ ހޭދައާއި މަސައްކަތް ވެސް ކްރިކެޓް ފުވައްމުލައް އިން ފާހަގަ ކުރެެއެވެ.

ކްރިކެޓް-ފުވައްމުލައް ގެ ޓާރގެޓަކީ 2020 ވަނަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ސްކޮޑަށް ފުވައްމުލަކުގެ 12 ކުދިން ހިމެނުން ކަމަށް އެފަރާތުން ހާމަކުރެއެވެ.

16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ސްކޮޑުގެ ޕްރެކްޓިސް މާލޭގައި



ކިޔުންތެރިންގެ ޚިޔާލު