A wide advertisement which will be shown on all devices. (700 x 100)

އާ ޕްރިންސިޕަލަކާއެކު ހާފިޒު އަހުމަދު ސްކޫލުގެ ހިންގަން ފެށިއްޖެ

ޕްރިންސިޕަލް އިސްމާއީލް ނަސީރު - ހޭޒް ހިންގުމާއި ހަވާލުވެގެން

ފުވައްމުލައް ސިޓީ، ހާފިޒު އަހުމަދު ސްކޫލް (ހޭޒް) ގެ ހިންގުން އާ ޕްރިންސިޕަލަކާއެކު ފާއިތުވި އަންގާރަ ދުވަހު ފަށައިފިއެވެ. އަލަށް އެސްކޫލާއި ހަވާލު ވީ ގިނަ ދުވަސްތަކެއް ވަންދެން ޕްރިންސިޕަލް ކަން ކުރައްވަމުން އަންނަ ފަރާތެއް ކަމަށްވާ ރ. ވާދޫ އިސްމާއީލް ނަސީރުއެވެ.

ހޭޒް ހިންގުމުގައި ޕްރިންސިޕަލަކު ނެތި ދުވަސްތަކެއް ވުމަށްފަހު މިނިސްޓރީ އޮފް އެޑިއުކޭޝަނުން އެސުކޫލަށް ފޮނުވީ ރ. ވާދޫ ސްކޫލް ހިންގަވަމުން އައި ޕްރިންސިޕަލް އިސްމާއީލް ނަސީރެވެ.  އިސްމާއީލް ނަސީރު ވަނީ ރ.އަތޮޅުގެ އެންމެ ބޮޑު އެއްސްކޫލް ކަމަށްވާ ރ. އަލިފުށީ ސްކޫލްގެ (އާބާދީ 500 އަށް ވުރެ މަތި) ޕްރިންސިޕަލް، ރ. ހުޅުދުއްފަހަރު ސްކޫލްގެ (އާބާދީ 300 އަށް ވުރެ މަތ)ި، ހެޑްމާސްޓަރ، އަދި ރ.ވާދޫ ސްކޫލް ގެ (200 އިން ދަށް)، ޕްރިންސިޕަލް ކަން ވެސް ކުރައްވާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ އަތޮޅު ތަކުގައި ހިމެނޭ 3 ސައިޒުގެ ސްކޫލްތަކެވެ. މި 3 ސައިޒުގެ ސްކޫލްތައް ހިންގުމުގެ ތަޖުރިބާ ވެސް އިސްމާޢީލް ވަނީ ކުރައްވާފައެވެ.

އިސްމާއީލް ނަސީރު ވަނީ ރާއްޖެއިން ބޭރުން ހެއްދެވި ފުރަތަމަ ޑިގްރާ ކޯޯހުން 2 ވަނަ އާއި ސްކޫލް ހިންގުމުގެ ދާއިރާއިން ހެއްދެވި މާސްޓަރސް ޑިގްރީ ކޯހުން 1 ވަނަ ހާސިލު ކުރައްވާފައެވެ. މާސްޓަރ އޮފް ސައިން އިން އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމެންޓް އިން އިސްމާއީލު މާސްޓަރ ހައްދަވާފައި ވަނީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން 2017 ވަނަ އަހަރުއެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރު – މާސްޓަރސް ޑިގްރީ ކޯހުން 1 ވަނަ ހޯއްދެވި

ތައުލީމީ ގާބިލުކަމުގެ އިތުރުން އިސްމާއީލް ނަސީރުއަކީ އަމަލީ މައިދާނުގައި ވެސް، ސްކޫލް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި އެވެ. އެގޮތުން އޭނާ މަސައްކަތް ކުރެއްވި ސްކޫލްތަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާ ދެއްވާފައިވާ ކަމަށް، ތައުލީމީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން އިސް ސަފުގައި މަސައްކަތް ކުރެއްވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖުލިސް މެންބަރު އާދަމް ޝަރީފު ވިދާޅުވެއެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރު – މުދައްރިސުންގެ ހުނަރު އިތުރު ކުރެއްވުމާއި އިލްމީ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ

ޕްރިންސިޕަލެއްގެ މަގާމުގައި ހުންނަވައިގެން ވެސް އިސްމާއީލު ވަނީ އެޑިއުކޭޝަން މިނިސްޓރީގެ ސްކޫލް ހިންގުމާއި ގުޅުންހުރި ގިނަ ކަންކަމުގައި މަަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވުނު 4 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ޕެނަލް ސްޕީކަރއެއްގެ ގޮތުގައި ވެސް އިސްމާއީލް ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި މަލްޓި-ގްރޭޑް ކިޔަވައިދިނުން ދިރާސާކުރައްވައި އެކަމުގައި ބަސްބުނާ އެންމެ އިސް އެއްފަރާތަކީ އިސްމާއިލު ނަސީރު ކަމުގައި ވެގން ދިޔައެވެ. މިއަހަރު ބޭއްވުނު ކަރިކިއުލަމް ސިމްޕޯސިއަމްގައި ކާމިޔާބު ނަމޫނާ ސްކޫލް މެނޭޖްމެންޓެއްގެ ގޮތުގައި ހުށަހެޅިގެން ދިޔައީ އިސްމާއީލުގެ ކާމިޔާބު ސްކޫލް މެނޭޖުމެންޓްކަން ފާހަގަކޮށްލެވެއެވެ.

އައު ޕްރިންސިޕަލާއެކު ހޭޒްގެ ސްޓާފުން

ގައުމީ ފެންވަރުގެ އިތުރުން އުތުރުގެ ސަރަހައްދީ ފެންވަރުގައި ވެސް އިސްމާއީލު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބު ދައްކުވައި ދީފައެވެ. އެގޮތުން ރާއްޖޭގެ އުތުރު ށ. ނ. ރ. ބ. އަތޮޅުގެ ގިނަ ސްކޫލްތަކެއްގެ ޕޮރޮފެޝަނަލް ޑިވެލޮޕްމެންޓްތައް އިސްމާއީލް ކުރިޔަށް ގެންދަވާފައި ވެއެވެ. އަދި އާ ކަރިކުލަމަށް ޓީޗަރުން އަހުލުވެރިކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް އިސްމާއީލް އިސްވެ ހިންގަވާފައި ވެއެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރު – އިލްމީ ގިނަކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވާ

އިސްމާލު ވަނީ ރާއްޖޭގެ މަތީ ތައުލީމު ދޭ ގިނަ ކޮލެޖު ޔުނިވަރސިޓީތަކުގެ ޕާރޓް-ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ގައުމީ ޔުނިވަރިސޓީީ އާއި، ވިލާ ކޮލެޖާއި، ސިވިލް ސާރވިސް ޓްރެއިނިން ސެންޓަރާއި، މައި ކޮލެޖް ހިމެނެއެވެ.

އިސްމާއީލް ނަސީރަށް ކުރިޔަށް އޮތީ ފުވައްމުލަކުގެ ސިޔާސީ މަސްރަހުގެ ތެރެއިން މިވަގުތު ފުވައްމުލައް ސިޓީގައި ހުރި އެންމެ ބޮޑު ސްކޫލް ކަމަށްވާ ހޭޒްގައި އޭނާގެ މަސައްކަތާއި ކުރިމަތިލުމެވެ. މިހާފުތާގައި ސްކޫލާއި ހަވާލުވީ ވަރަށް ކުއްލި ގޮތަކަށް އެޑިއުކޭޝަން މިނިސްޓރީގެ އިސްފަރާތްތަކުގެ އެދިލެއްވުމުގެ މަތިން، ކެރިގެން ކުރިމަތި ލުމަށް ކަމަށް އިސްމާއީލް ހާމަކުރެއްވިއެވެ.

އިސްމާއީލް ހޭޒް އާއި ހަވާލުވުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔާފައެވެ. މިކަލްނޫހާއި ވާހަކަ ދެއްކި ހޭޒްގެ ބެލެނިވެރިއަކު ބުނީ އޭނާ އިސްމާއީލަށް އިތުބާރު ކުރާ ކަމަށާއި އިސްމާއީލަށް (ރަށު މީހަކަށް ނުވުމުން) ސްކޫލުގެ އެތެރޭގައި މިހާރު ހުރި ގިނަ މައްސަލަތައް ވަކި ފަރާތަކަށް ނުޖެހި އިންސާފުން ނިންމުމަކަށް ގެނެސް، ސްކޫލުގެ ހިންގުން ހަރުދާނާ ކުރެވިގެން ދަނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ރަށުން ބޭރު މީހަކު ތަނުގެ އިސްމަގާމަށް އައުމުން ރަށުތެރޭގެ ސިޔާސީ ކަންކަމުގެ ނުފޫޒުން ސްކޫލް އެއްކިބާކުރަން ފަސޭހަވާނެ ކަމަށް ދެކޭކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރު – ހޭޒް ދަރިވަރުންނާއި ބައްދަލުކޮށް ސަލާމް ކުރައްވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޏ ނިޒާމް

    ޟ. މައުލޫމާތު ރަނގަޅުކޮށްލާ…އަލިފުށީ ސްކޫލްގެ އާބާދީގަ 500 ހަމައެއްނުވޭ އިސްމާއިލްހެދި މާސްޓަރ ޚޯހުން ވަނައެއް ނުހޮވާ އަދި އެންމެ މަތީނަތީޖާހޯދީ އިސްމާލް އެއްނޫން ވާަދޫސްކޫލަކީހަމައެކަނި ޕްރިންސިޕަލް މަަގާމް އިސްމާލު އަދާކުރި ހަމައެކަނި ސްކޫލް އާބާދީގައި ސަތޭކަ ހަމަވީ މިއަހަރު އޯލެވެލް ރިޒަލްޓް ހަމަ ސުމެއް އެހެންވީމަ ކުރަންވާނީ ހައްގު ތައުރީފް..