ފުވައްމުލައް ސިޓީގެ ބޮޑު ބަޔަކުން ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.
އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލެވެނީ މިއަދު ހަވީރު 5:00 އާއި ހަމަޔަށް މިސްކިތްމަގު – ޣާޒީމަގުން ފެށިގެން، ފުނާޑު ދޫނޑިގަން އަދި މާލެކަން ހިމެނޭ ސަރަހައްދުތަކުން ކަމަށް ފެނަކައިން ހާމަކުރެއެވެ.
މިއީ އެކުންފުނިން ދެމުންގެންދާ ފެނުޚިދުމަތާއި ގުޅިގެން ފެންހޮޅި މަރާމާތުކުރުމުގެ ގޮތުން ޚިދުމަތް މެދުކަނޑާލަނީކަމަށާއި ޚިދުމަތް މެދުކަނޑަލުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަަމަށް ހާމަކޮށްފައިވެއެވެ.
+1
+1
ޚިޔާލުތައް