A wide advertisement which will be shown on all devices. (700 x 100)

ލާމަރުކަޒީ ނިޒާމަށް ފވމ ސިޓީ ކައުންސިލްގެ މުވައްޒަފުން އަހުލުވެރި ކުރުވަނީ

ލާމަރުކަޒީ ނިޒާމަށް އަހުލުވުރި ކުރުވުމުގެ ބައްދަލުވުން 2019. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ލާމަރުކަޒީ ނިޒާމަށް  މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ބައްދަލުވުމެއްގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ. މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައެވެ.

މިއީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ ފަރާތުން އެއް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ސިވިލް ސާވަންޓުން މަސައްކަތްކުރާނެ ގޮތުްގެ މައުލޫމާތު ދީފައިެވއެވެ. އެގޮތުން އާއްމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ތަފާތު ގޮތްތަކާއި ލޯކަލް މީޑިއާ އާއިއެކު މަސައްކަތް ކުރާނެ ގޮތްތަކުގެ އިތުރުން އިގުތިސާދީ ތަރައްގީއާއި ބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ފާއިތުވި އޯގަސްޓް މަހު އައްޑޫ ސިޓީގައި ބޭއްވުނު ލާމަރުކަޒީ ނިޒާމާ ބެހޭ މަސައްކަތު ބައްދަލުވުމެއްގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައިވާ  ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !