22 ޖެނުއަރީ 2020 ( ބުދަ )

ފުވައްމުލަކު ކުރީގެ ކައުންސިލަރުން

އެންމެ ފަހުން ލާމަރުކަޒީ ގާނޫނުގެ ބިލް ފާސްކުރީ ފަހުވަގުތުގެ އިސްލާހުތަކާއެކު

އިދާރީ ދާއިރާތައް ލާމާރުކާޒީ އުސުލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް އެކި މަރުހަލާތަކުގައި އެކިގޮތްގޮތަށް އެނބުރުމަށްފަހު އިއްޔެ ފާސްކުރީ އެންމެ ފަހު ވަގުތު މަޖުލީހުގެ ތަޅުމުން ހުށަހެޅި އިސްލާހުތަކާއެކު އެވެ. ބައެއްފަހަރު މަޖުލީހުގެ ރިޔާސަތާއި އިސްލާޙު ހުށަހެޅި މެންބަރުންނަށް ވެސް ފަހުވަގުތުގެ ބަދަލުތަކުގައި އޮޅުންތަކެއް އަރައި ހުއްޓްން އެރުމާއި ކުރިމަތިވިތަން ފެނިގެން ދިޔައެވެ.

އެންމެ ކުއްލި ބަދަލެއް ފެނިގެން ދިޔަ އެއް އިސްލާހަކީ ކޮމެޓީ ލެވެލްގައި ލޯކަލް ގަވަރމެނޓް އޮތޯރިޓިން ފިޔަވަޅު އެޅުމުން މަޖުލީހުން ކައުންސިލަރުން ވަކިކުރާގޮތަށް އޮތުން ބަދަލުކުރުމެވެ. ފަހުވަގުތު ކައުންސިލަރުން ވަކިނުކުރެވޭގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. މިހާރު ބިލް ފާސްވެފައިވާ ގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓިއަށް ވެސް ކައުންސިލަރުން ކުރެވޭނީ ގިނަވެގެން 3 މަސް ދުވަހަށް ސަސްޕެންޑެވެ. އެއީ ވެސް މައްސަލައާއި ގުޅެ އިންކުއަރީއެއް ހިންގުމަށްފަހު އެވެ. އަދި އެއިންކުއަރީ ރިޕޯރޓް އާއްމުކޮށް ހާމަކުރުމުގެ ގޮތުން ދައުލަތުގެ ގެޒެތްގައި ޝާއިއު ކުރަން ވެސް ޖެހެއެވެ.

ލާމަރުކަޒީ ގާނޫނަނަށް އަދި އެގާނޫނާއި ގުޅޭ ގާނޫނު އަސާސިގެ މާއްދާއަށް ވެސް ބަދަލުގެނެސް ކައުންސިލްރުންގެ ދައުދުގެ މުއްދަތު 3 އަހަރުން 5 އަހަރަށް ވަނީ އިތުރުކޮށްފައެވެ. އަދި ގާނޫނީގޮތުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ގާނޫނު ވަނީ ފާސްކޮށްފައެވެ.

ކައުންސިލްރުންގެ އަދަދު ކަނޑައެޅުމަށް ވެސް ތަފާތު ގޮތްގޮތަށް ހުށަހަޅައި ފާސްކުރަމުން ދިޔަކުމުގައި ވިޔަސް މަޖުލީހުގެ ތަޅުމުން އެންމެ ފަހުން ފާސްކުރީ ކައުންސިލްރުން ގެ އަދަދު ކަނޑައެޅުމަށް ދެ ބޭންޑަކުން އާބާދީ އަށް ބެލުމަށެވެ.

ކައުންސިލްގެ އާބާދީ 3000 އަށްވުރެ ދަށާއި 3000 އަށް ވުރެ މަތީގެ އާބާދީން ކައުންސިލަރުންގެ އަދަދު ކަނޑައަޅާ ގޮތަށެވެ. އަދި ސިޓީ ކައުންސިލްތައް 3 ގިންތިއަކުން ބަލާ ގޮތަށްވެ. އަދި މިދެބައިގައި ވެސް އަންހެނުންގެ ނިސްބަޔް %33 އަށް ވުރެ ދަށް ނުވާގޮތަށެވެ.

ރަށު ކައުންސިލްތައް:

3000 އަށްވުރެ އާބާދީ ކުޑަނަމަ 5 ކައުންސިލަރުން އަދި އަންހެން 2 ކައުންސިލްރުން

3000 އަށްވުރެ އާބާދީ އިތުރު ނަމަ 7 ކައުންސިލަރުން އަދި އަންހެން 3 ކައުންސިލްރުން

ސިޓީ ކައުނސިލްތައް:

10000 – 30000 ދެމެދުގެ އާބާދީގެ ސިޓީތައް 7 ކައުންސިލަރުން އަދި އަންހެން 2 ކައުންސިލްރުން

30000 – 60000 ދެމެދުގެ އާބާދީ ސިޓީތައް 13 ކައުންސިލަރުން އަދި އަންހެން 5 ކައުންސިލްރުން

60000  އިން މަތީގެ އާބާދީ ސިޓީތައް 18 ކައުންސިލަރުން އަދި އަންހެން 6 ކައުންސިލްރުން

އަންނަ އަހަރު އޭޕްރީލް މަހު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި މި ނިސްބަތުން މީހުން އައްޔަން ކުރަން ޖެހޭގޮތަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ ޒިންމާދާރު ފަރާތް ކަމުގައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެންވާ ގޮތް ވެސް ވަނީ އަލުން ބަދަލުކޮށް އެންމެކުރީގައި އޮތް ގޮތަށް ކައުންސިލްތަކުން ހޮވާ މެމްބަރުން ވެސް ތިބޭ ގޮތަށް ބޯޑުބަދަލުކުރުމަށް ވެސް ފާސްކޮށްފައި ވެއެވެ.

މިއިސްލާޙުތައް ގާނުނަކަށް ވެގެން ދާނީ ރައީސުލް ޖުމްހޫރިއްޔާ ބިލް ތަޝްދީގު ކުރެއްވުނުންނެވެ.



ކިޔުންތެރިންގެ ޚިޔާލު