A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލަށް %43 ކަނބަލުން އިންތިޚާބުކުރަން ޖެހޭ

ފުވައްމުލައް ސިޓީ ކައުންސިލަށް ކުރިން ވާދަކުރި އަންހެން ކަނބަލުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖުލީހުން ފާސްކޮށްފައިވާ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލް އަލުން އިންތިޚާބު ކުރާއިރު އެކައުންސިލްގެ %43 އަންހެން ކަނބަލުންނަށް ޚާއްސަކުރަން ޖެހޭނެއެވެ. އެއީ އެގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން %33 އަންހެން ކަނބަލުން ހިމެނަން ޖެހިފައި އޮތުމުން އިންތިޚާބުރަން ޖެހޭ ގޮތެވެ.

އެގޮތުން ބަލާއިރު ފުވައްމުލައް ސިޓީ ކައުންސިލަށް އާބާދީގެ ނިސްބަތުން ބަލާއިރު އިންތިޚާބު ކުރަން ޖެހެނީ ޖުމްލަ 7 މެމްބަރުންނެވެ. އޭގެ ތެރެއިން 2 މެންބަރުންނަކީ އަންހެން މެމްބަރުން ކަމުގައި ކަނޑައަޅާއިފިނަމަ އެ ހިމެނެނީ %28.57 އެވެ. ދެން އޮތީ 3 އަންހެން މެމަބަރުން ހިމެނުމެވެ. އެގޮތުން ބަލާއިރު އެހިމެނެނީ %42.86 އެވެ.

ކައުންސިލްތަކަށް އަލުން އިންތިޚާބުކުރަން ޖެހޭ މިންވަރާއި އަންހެން ކަނބަލުންގެ ނިސްބަތް.

ފުވައްމުލައް ސިޓީ ކައުންސިލަށް – ޖުމްލަ އަދަދު 7 އަންހެން 3 މެމްބަރުން

އަންހެން މެމްބަރުންގެ އިންސައްތަ %42.86 އެވެ.

އައްޑޫ ސިޓީ ކައުންސިލަށް – ޖުމްލަ އަދަދު 13 އަންހެން 5 މެމްބަރުން

އަންހެން މެމްބަރުންގެ އިންސައްތަ %38.45 އެވެ.

މާލެ ސިޓީ ކައުންސިލަށް – ޖުމްލަ އަދަދު 18 އަންހެން 6 މެމްބަރުން

އަންހެން މެމްބަރުންގެ އިންސައްތަ %33.33 އެވެ.

އެހެން ކައުންސިލްތައް

ކުޑަ ކައުންސިލްތަކަށް – ޖުމްލަ އަދަދު 5 އަންހެން 2 މެމްބަރުން

އަންހެން މެމްބަރުންގެ އިންސައްތަ %40 އެވެ.

ބޮޑު ކައުންސިލްތަކަށް – ޖުމްލަ އަދަދު 7 އަންހެން 3 މެމްބަރުން

އަންހެން މެމްބަރުންގެ އިންސައްތަ %42.86 އެވެ.

ރާއްޖޭގެ ގިނަ ކައުންސިލްތަކަށް އަލުން އިންތިޚާބު ކުރާނީ %40 ނުވަތަ އެއަށްވުރެ އަންހެން މެންބަރުން އިތުރުވާ ގޮތަށް ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !