A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރަައިމަރީއަށް ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން އެދޭ ފަރާތްތަކަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައފިއެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ އަންނަ އަހަރު (2020) ޖެނުއަރީ 10 ވަނަ ދުވަހު ކަމަށް އެޕާޓީން ހާމަކުރެއެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލެވޭނީ މާދަމާ، 31 ޑިސެމްބަރުގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕް ކޮމެޓީން މެމްބަރެއްކަމުގައި ބަލައިގެންފާއިވާ ފަރާތްތަކަށް އެކަންޏެވެ. އެޕާޓީގެ ވޯޓާރސް ލިސްޓް 7 ޖެނުއަރީ 2020 ވަނަ ދުވަހު އާއްމުކުރުމަށް ހަމަޖެހިފައިވާއިރު، ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުމަށް ހަމަޖެހިފައި ވަނީ 13 ޖެނުއަރީގައެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ 31 ޖެނުއަރީ 2020 ދުވަހުކަމަށް އެޕާޓީން ހާމަކުރެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު ފާއިތުވި 5 އަހަރު އެމީހަކު އެޕާޓީއަށް ކުރި ޚިދުމަތް ބަޔާން ކުރުމާއި ތައުލީމީ ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ. އަދި ހުށަހަޅަނީ ސިޓީ ކައުންސިލް މެމްބަރު ކަމަށް ނަމަ 200 މީހުންގެ ތާއިދު އޮތްކަން ހާމަކޮށްދޭ ސޮޔާއި، މޭޔަރެއް ނަމަ 400 މީހުންގެ ތާއިދު އޮތްކަން ހާމަކޮށްދޭ ސޮއި ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން ޕްރައިމަރީއަށް ކުރިމަތިލަނީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވެގެން ކަމަށާއި، ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރުމަށާއި ޕްރައިމަރީން ނޮހޮވިއްޖެ ނަމަ ޕާޓީގެ ނިންމުމަށް އިޙުތިރާމްކޮށް ހޮވުނު މެމްބަރަށް ތާއިދުކޮށް އަދި ތާއިދު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އިގުރާރުވެ ސޮއިކުރަން ޖެހެއެވެ. އަދި އެގޮތުން ވާ އިގުރާރާއި ޚިލާފުވެއްޖެ ނަމަ ޕާޓީން އޭނާއާއި މެދު ހަރުކަށިފިޔަވަޅު އެޅުމަށް އިއުތިރާޒު ނުކުރުމަށް ވެސް އިގުރާރުވާން ޖެހެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އޭޕްރީލް މަހު 4 ވނަ ދުވަހުއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !