29 މާރިޗު 2020 ( އާދީއްތަ )

banner

ޕީޕީއެމް ޕްރަމަރީގައި ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރާ 2 ކެންޑިޑޭޓުން

ލޯކަލް ކައުންސިލް2020 ޕީޕީއެމް ޕްރަމަރީ އަންނަ ހުކުރު ދުވަހު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް މި ފެބުރުއަރީ މަހު 7 ވާ ހުކުރު ދުވަހުގައި ބާއްވަން ތައްޔާރުވަމުން އެބަދެއެވެ. ފުވައްމުަލއް ސިޓީގައި ވެސް މިޕްރަމަރީ ކުރިޔަށް ގެންދާނެކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚބުގެ ޕީޕީއެމްގެ ޕްރަމަރީގައި ވޯޓުލެވޭނީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ފާއިތުވި ޖެނުއަރީ މަހު 17 އާއި ހަަޔަށް ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށެއެވެ. ޕީޕީއެމް ޓިކެޓްގައި އިންތިޚާބުތަކުގައި ވާދަކުރުމަށް ޓިކެޓް ދިނުމުގައި ކުރިން އެޕާޓީން އިސްކަމެއް ދީފައިވަނީ އެޕާޓީން ކަނޑައަޅާ ޕޮއިންޓް ސިސްޓަމަކުންނެވެ. ނަމަވެސް މިފަހަރު އިންތިޚާބުގެ ޕްރަައިމަރީ ބާއްވާނެކަން ވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލްގެ ޕީޕީއެމް ޕްރަމަރީގައި ބާއްވާނެކަމަށް ވަނީ ފުވައްމުލައް ސިޓީ ދާއިރާ 2 (ހޯދަޑު/ ދަޑިމަގު) އާއި އަންހެންނުންނަށް ޚާއްސަ ކުރެވުނު ފުވައްމުލައް ސިޓީ 4 (ފުނާޑު/މިސްކިތްމަގު) ދާއިރާ އާއި، ފުވައްމުލައް ސިޓީ ދާއިރާ 6 (ދޫނޑިިގަން) އާއި ފުވައްމުލައް ސިޓީ މޭޔަރު ކަމަށެވެ.

ފުވައްމުލައް ސިޓީ މޭޔަރުކަމަށް ވާދަކުރުމަށް ޕީޕީއެމް ޕްރަމަރީގައި ވާދަކުރުމަށް ރަށުގެ ދެއަރިން ދެމީހުން ކެމްޕއެއިން ކުރަން ވަނީ ފަށާފައެވެ. އެއީ ރަށުގެ އުތުރު ސަރަހައްދު، ދަޑިމަގަށް ނިސްބަތްވާ ތޯރިގް (ޗެޓޫ) އާއި ކުރިން މެދު ދާއިރާގެ މަޖުލިސް ގޮނޑި ފުރުއްވި މިސްކިތްމަގު އަވަށް ނިސްބަތްވާ އަލީ ފަޒާދު (އަލިބެ) އެވެ.

ދެން ޕްރަމަރީ ބާއްވާނެކަމަށް ވަނީ ފުވައްމުލައް ސިޓ ދާއިރާ 2 އާއި ފުވައްމުލައް ސިޓީ ދާއިރާ 4 އާއި ފުވައްމުލައް ސިޓީ ދާއިރާ 6 ގައެވެ. އެއީ މި 3 ދާއިރާއަށް ވެސް 1 ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލާފައި ވެއެވެ. ޕީޕީއެމް ޕްރަމަރީގައި ވާދަކުރާ ފުވައްމުލައް ސިޓީގެ ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފައެވެ.

ޕީޕީއެމް ޓިކެޓަށް ވާދަކުރާ ފަރާތްތައް

ފުވައްމުލައް ސިޓީ ދާއިރާ 1، ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ – ދަޑިމަގު އާއިޝަތު އަބްދުލް ގާދިރު (އަންހެނުންނަށް ޚާއްސަ ދާއިރާ).

ފުވައްމުލައް ސިޓީ ދާއިރާ 2، ފުވައްމުލަކު އިރު އުތުރު ދާއިރާ – ހޯދަޑުން އަބްދުﷲ ހަބީބު، ބެސްޓް އާއި، މުހައްމަދު ޝުޖާއު، ކުވޭތު އަދި ހަސަން އަބްދުﷲ، ކާމިނީގެ.

ފުވައްމުލައް ސިޓީ ދާއިރާ 3، ފުވައްމުލަކު މެދު އުތުރު ދާއިރާ – އަހުމަދު އަސްލަމު، ބޮޑުރާގެ.

ފުވައްމުލައް ސިޓީ ދާއިރާ 4، ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ- ޚަދީޖާ ނާފިއާ، އާއި އާމިނަތު ޖީޒާ އަލި ދީދީ (އަންހެނުންނަށް ޚާއްސަ ދާއިރާ)

ފުވައްމުލައް ސިޓީ ދާއިރާ 5، ފުވައްމުލަކު އިރު އުތުރު ދާއިރާ – މުހައްމަދު އިސްމާއީލް (ކުރިން ސިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި)

ފުވައްމުލައް ސިޓީ ދާއިރާ 6، އިރު ދެކުނު ދާއިރާ – އަބްދުﷲ އިބްރާހިމް (ކަޅުފެހި)، އާއި އަޙުމަދު ޝަރީފް، ބްލޫކޮރަލް އެވެ.

ޕީޕީއެމް ޕްރަމަރީގައި ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރާ 2 ކެންޑިޑޭޓުން ނާއި އުތުރު ދާއިރާތަކުގެ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ އަކީ ނިސްބަތުން ޕީޕީއެމްގެ ސަޕޯރޓަރުން ގިނަ ރަށެކެވެ. އެގޮތުން ސިޔާސި ޕާޓީތައް އުފެދުނު ފަހުން މިހާތަނަށް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމް އިންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑިއެއް އެޕާޓީއަށް ލިބިފައެއް ނުވެއެވެ. އަދި ފާއިތުވި ކައުންސިލް އިންތިޚާބުތަކުގައި ވެސް ޕީޕީއެމަށްވުރެ ވާދަވެރި އެމްޑީޕީން ފުވައްމުލަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައި ވެއެވެ.

ފާއިތުވި 2 ސިޓީ ކައުންސިލް އިންތިޚާބާއި އަތޮޅު ކައުންސިލް އިންތިޚާބުގައި ވެސް ޕީޕީއެމްގެ މެމްބަރުން ކައުންސިލަށް ހޮވިފައި ވެއެވެ. ނަމަވެސް ޕީޕީއެމަށް މެޖޯރިޓީ ލިބިފައިވަނީ މަދު ކައުސިލެއްގައެވެ.



ކިޔުންތެރިންގެ ޚިޔާލު