A wide advertisement which will be shown on all devices. (700 x 100)

އައިލެންޑް ސަފާރީ މިހާރު ދަތުރުކުރަމުން ދަނީ ލ. އަތޮޅާއި ދިމާލަށް، ފުވައްމުލަކުގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދަނީ

ފުވައްމުލަކަށް ކައިރިކުރި އައިލަންޑް ސަފާރީ ބޯޓުން ދަތުރުކުރި 2 ފަތުރުވެރިއަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވިއިރު އެ ސަފާރީއިން ދަތުރުކުރި ދެ މުވައްޒަފަކު ފުވައްމުލަކަށް ފޭބުމާއި ގުޅިގެން ފުވައްމުލަކުގައި އަދިވެސް ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެދެފަރާއި ބައްދަލުވި ފަރާތްތައް ހޯދުން ކަމަށް ސްޕޯކްސް ޕާސަން މަބްރޫކު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުން ފުރައިގެން އެ ސަފާރީ އުޅަނދު މިހާރު ދަތުރުކުރަމުންދަނީ ލ އަތޮޅާއި ދިމާލަށެވެ. އަދި ލ. އަތޮޅުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވުވި 2 ފަރާތް ވަކިކުރުމަށްފަހު އެ ސަފާރީ ދަތުރުކުރަމުންދާނީ ބަދަރުކުރުމަށް ކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ. މިހާރުވެސް އެސަފާރީ ވާނީ ކަރަންޓީނުގެ ހާލަތުގައިކަން ވެސް މަބުރޫކު ފާހަގަކުރެއްވިއެވެ. މިސަފާރީގައި މިވަގުތު ތިބީ 16 ފަތުރުވެރިންނާއި 16 މުވައްޒަފުންނެވެ.

އައިލެންޑް ސަފާރީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ފުވައްމުލަކު ބަދަރުގައި އޮތް ނަމަވެސް އެ ސަފާރީއިން އެއްވެސް ޓޫރިސްޓަކު ފައިބާފައެއްނުވެއެވެ.

މިދެމީހުންނާއި އެކު މިވަގުތު ކޮރޯނާ އަށް ޕޮޒިޓިވުވެފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނީ 4 ފަރާތެއް ކަމަށާއި ހުރިހާ ފަރާތްތައްވެސް ހާލު ސީރިއަށް ނޫންކަންވެސް ފާހަގަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !