A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ ޚިދުމަތްތަކަށް އޮންލައިކޮށް ހުށަހެޅޭނެ

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޚިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅުމުން ލިބިގެންދާ ގޮތަށް ހަމަޖައްސައި މީގެ ކުޑައިރުކޮޅެއް ކުރިން އެކަން އާއްމުކޮށް އިއުލާންކޮށްފިއެވެ.

ކައުންސިލްގެ އާއްމު އެންގުމުގައިވާ ގޮތުން މިއީ މިހާރު ދުނުިޔޭގައި ފެތުރެމުންދާ ކޯވިޑް19 ރޯގާއިން ސަލާމަތްވުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ދެމުންގެންދާ ގިނަ ޚިދުމަތްތަކަށް އެކައުންސިލް އިދާރާއަށް ހާޒިރުނުވެ އޮންލައިންކޮށް ހުށަހެޅުމުން ލިބިގެންދާނެ ކަމަށް ހާމަކޮށްފައި ވެއެވެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުން

މީގެ ކުރިން، މި މަހު 16ގައި ވަނީ އެކައުންސިލަށް ދައްކަން ޖެހޭ ފައިސާ އޮންލައިން ޓްރާންސަފާގެ ގޮތުގައި ބަލައިގަންނަ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިިވްސް އެކައުންޓް ނަމްބަރު 7711700267001 (1476 ފުވައްމުލައް ސިޓީ ކައުންސިލް ރެވެނިއު 1) އަށް ފައިސާ ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ރަސީދު (ސްލިޕް) އެކައުންސިލަގެ ނަމްބަރު 982161 އަށް ވައިބަރ ކުރުުމަށް ވަނީ އެދިފައެވެ. އަދި އެކައުންޓަށް ފައިސާ ޓްރާންފާ ކުރައްވާއިރު އެކަމެއްގެ ތަފުސީލް ލިޔުއްވުމަށް ސަމާލުކަން ދިނުމަށް އެދިފައި ވެއެވެ.

ފައިސާ އޮންލައިން ޓްރާންސަފާގެ ގޮތުގައި ބަލައިގަންނަ ގޮތަށް ހަމަޖެއްސުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !