A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ މަގުތަކާއި ޕާކްތައް އަދި ބަނދަރު ސަރަހައްދު ޑިސްއިންފެކްޓް ކުރަނީ

ކްރޯނާވައިރަސް ރާއްޖޭގައި އުޅެތީ ފުވައްމުލައް ސިޓީ ވެސް ޑިސްއިންފެކްޓް ކުރަނީ

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް އަދި ބަނދަރު ސަރަހައްދު ޑިސްއިންފެކްޓް ކުރަން މިއަދު ފަށައިފިއެވެ.

ބަލިފެތުރޭ ޖަރާސީމުތައް ނައްތާލުން ނުވަތަ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފެނަކަ-ފުވައްމުލައް ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މީގެ އިތުރުން ރަށުތެރެ ކުނިކަހާ ސާފުކޮސް ބޭއްވުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މަސައްކަތު މީހުން ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ކޮރޯނާވައިރަސް ރާއްޖެ އައިސްފައިވާތީ މާލޭގެ މަގުތައްވެސް ކްލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ސިފައިން ގުޅިގެން މާލޭގައި ވެސް ކުރިޔަށްގެންދަން މިއަދު ވަނީ ފަށާފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !