31 މެއި 2020 ( އާދީއްތަ )

banner

ސިބުކޯ އިން އަގުހެޔޮ ބާސްމަތީ ހަޑުލެއް ބާޒާރަށް ނެރެފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ސިބުކޯއިން އަގުހެޔޮ ބާސްމަތީ ހަޑުލެއް ބާޒާރަށް ނެރެފިއެވެ. ސިބުކޯއިން ބާޒާރަށް ނެރެފައިވަނީ ޕާކިސްތާނުގެ އަލްމަޝާލް ބާސްމަތީ ހަޑުލެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިބުކޯގެ މެނޭޖާ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހާނީ ނައީމު ވިދާޅުވީ މި ވަގުތު ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ސަބަބުން ހިތްތަކަށް ކޮންމެސްވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށް އުންމީދުކުރާކަމަށާއި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފަހަށް ރައްކާކުރުމު ގެ ވިސްނުން ގެންގުޅޭނެކަމަށް. އަދި ހަނޑުލަކީ ދިވެހިންގެ ބޭނުންކުރާ މައިގަނޑު ކާޑުގެ ބާވަތެއްކަމަށްވެފައި، ކޮލިޓީ ހިފެހެއްޓިފައިވާ އަގުހެޔޮ ހަނޑުލެއްގެ ގޮތުގައި އަލް މަޝާލް ލިބިގެން ދިއުމަކީ އެންމެންވެސް އުފަލާއެކު ބަލައިގަންނާނެކަމަށް” އެވެ.

ޕާކިސްތާނުގެ މި ހަޑުލުގެ 5 ކިލޯގެ ބަސްތާ އާއި 1 ކިލޯގެ ޕެކެޓު ބާޒާރުން ލިބެން ހުންނާނެކަމަށް ސިބުކޯއިން ބުނެއެވެ. އަލްމަޝާލް ބުރޭންޑުގެ ހަޑޫ ހޯލްސޭލްކޮށް އަދި ރީޓެއިންކޮށް ސިބުކޯ ބާޒާރު ފިހާރައިގެ އިތުރުން ރީޓެއިލްކޮށް ސުޕަރމާކެޓް، މިނީ މާޓު އަދި އެހެން ފިހާރަތަކުންވެސް މިވަގުތު ލިބެންހުންނާނެ ކަމަށް ސިބުކޯއިން ހާމަކުރެއެވެ.

ކުރިއަށްއޮތް ހަފުތާތެރޭ ފުވައްމުލަކާއި އައްޑޫ ބްރާންޗުންވެސް މާލެއެކޭ އެއްއަގެއްގައި ލިބެން ހުންނާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ސިބުކޯއިން ހާމަކުރެއެވެ. ސިބުކޯގެ ފުވައްމުލަކު ފިހާރަ ހުންނަނީ ހުސްނުހީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެންނެވެ.

ރަމަޟާން މަހަކީ ޚާއްޞަ މައްސަރެއްކަމަށްވެފައި، ސިބްކޯ އިން އަންނަނަނީ ރޯދަ ހަދިޔާގެ ނަމުގައި އަލްމަޝާލް ބާސްމަތީ، ޑެއިރީ ޗޭމްޕް ގެރިކިރު އަލްމުދިޝް ޓޮމާޓޯ ޕޭސްޓް ގެ އިތުރުން މަހު ބަދިގޭގައި ބޭނުންކުރެވޭ ބޭނުންތެރި މުދާ ހިމެނޭގޮތަށް ވަރަށް ޚާއްޞަ އަގަގެއްގައި އާއިލާތަކަށް ބޭނުންތެރި އަގުވަޒަންކުރެވޭ ގިފްޓް ޕެކެއް ނެރުމަށް މަސައްކަތްކުރަމުން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.



ކިޔުންތެރިންގެ ޚިޔާލު