A wide advertisement which will be shown on all devices. (700 x 100)

އިގުތިސާދީ އަނދަވަޅަކަށް ދުނިޔެ ވެއްޓޭނެކަމަށް މާލީ އިދާރާތަކުން ބުނެފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް ބައިނަލް އަގްވާމީ މާލީ އިދާރާ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކާއި އައިއެމްއެފުން ބުނެފިއެވެ. އެއްމިލިއަނަށްވުރެ ގިނަ މީހުންނަށް މިރޯގާ ޖެހިފައިވާއިރު މިރޯގާގެ ސަބަބުން އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް މަރުވަމުންދާ މިރޯގާ އާއި ގުޅިގެން މުޅި ދުނިޔެއަށް ބިޔަ ރިސެޝަނެއް އަންނާނެކަމަށް ބައިނަލް އަގްވާމީ މާލީ އިދާރާ ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވެއެވެ. މި ރިސެޝަން ސިފަ ކުރައްވަމުން ބައިނަލް އަގްވާމީ މާލީ އިދާރާ އައިއެމްއެފުން ސިފަކުރަނީ މިއީ މީގެކުރިން ދެކެފައިނުވާފަދަ އިގްތިސާދީ ކާރިސާއެއްކަމަށެވެ.

މި ރޯގާ އާއި ގުޅިގެން ރާއްޖޭއަށް މިހާރުވެސް ވަނީ އިގުތިސާދީ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ. އެހެންކަމުން އިގްތިސާދީ މާހިރުން ލަފާދެނީ މިދުވަސްވަރު ވީހާވެސް ޚަރަދުކުޑަކުރުމަށާއި ފަހަށް ރައްކާކުރުމަށް އިސްކަންދިނުމަށެވެ.

މިރޯގާ މިހާތަނަށް 1 މިލިއަން 98 ހާސް  މީހުންނަށް ޖެހިފައިވާއިރު މިރޯގާގެ ސަބަބުން 59 ހާސް މީހުން ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް އެމެރިކާއިން 1300 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވާއިރު ފްރާންސްއިން 1100 އަށް ވުރެ ގިނަ މީހުން އިއްޔެ މަރުވެފައިވެއެވެ.

މިރޯގާގައި ރާއްޖޭގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް 19 މީހުންނަށް މިރޯގާ ޖެހިފައިވެއެވެ. އަދި 13 މީހަކު މިބަލިން ފަސޭހަވެފައިވާއިރު 2 މީހަކު ވަނީ ބަލީގެ ނަތީޖާ ނުލިބެނީސް ރާއްޖެދޫކޮށް ދަތުރުކޮށްފައެވެ. މިވަގުތު މިރޯގާ އަށް ފަރުވާ ދެމުންދަނީ 4 މީހުންނަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !