25 މެއި 2020 ( ހޯމަ )

banner

ކެމްބރިޖު އިމްތިހާނަށް 2019 ޖޫންގައި އައިޕީކިއު މާއްދާ އިތުރު ކުރަނީ

ކެމްބްރިޖު އިންޑިޕެންޑެންޓް ޕްރޮޖެކްޓް މާއްދާ – ޔުނިވަރިސިޓީ ތައުލީމަށް ތައްޔާރުކޮށްދޭ

އަންނަ އަހަރު (2019) ޖޫންމަހުން ފެށިގެން މަތީ ސާނަވީ ދަރިވަރުންނަށް އާ މާއްދާއެއް ކެމްބްރިޖު ޔުނިވަރސިޓީން ތައާރަފު ކުރަން ނިންމައިފިއެވެ. އިންޓަރނޭޝަނަލް ޕްރޮޖެކްޓް ކޮލިފިކޭޝަން (އައިޕީކިއު) މާއްދާއިން ދަރިވަރުން ޔުނިވަރސިޓީ ތައުލީމަށް ބޭނުންވާ ހުނަރުތައް އަށަގަނުވުމަށް އަމާޒު ކުރެވިފައިވާ ކަމަށް ކެމްބްރިޖު ޔުނިވަރސިޓީން ހާމަކުރެއެވެ. އެއާއިއެކު އަމާޒު ކުރެވެނީ އައިޕީކިއު ފުރިހަމަ ކުރާ ދަރިވަރުންނަށް ކާމިޔާބުކަމާއެކު ޔުނިވަރސިޓީ ތައުލީމު ފުރިހަމަ ކުރެވޭނެ ކަމަށެވެ.

މި މާއްދާ އަމާޒުކުރެވިފައި ވަނީ 16- 19 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މަތީ ސާނަވީގައި ދަރިވަރުން އޭއެސްލެވެލް އަދި އޭލެވެލް ހަދަމުންދާއިރު މި މާއްދާގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި މާއްދާގެ އުނގެނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނ ދަރިވަރުން އެދަރިވަރަކު ޝައުގުވެރިވާ ދާއިރާއަކުން ސުރުޚީއެއް ފާހަގަކޮށް، އަމިއްލައަށް ދިރާސާއެއް ހަދައި، އެކަމާއި ގުޅޭ 5000 ބަހުގެ ރިޕޯރޓެއް ހުށަހަޅާ ގޮތަށެވެ.

މިގޮތަށް އެކުލަވާލާ ޕްރޮޖެކްޓް މަސައްކަތުން ދަރިވަރުން، ފުން ވިސްނުމަށް ބާރުއެޅުވުމާއި، މަސައްކަތައްތައް އަމަލީގޮތުން ކުރަން ބޭނުންވާ ހުނަރުތައް ދަސްވުމާއި، ކަންކަން ދިރާސާކޮށް، އެނަލައިޒް ކުރަން ތައްޔާރުކޮށް ދޭނެކަމަށް އެ ޔުނިވަރސިޓީން ހެދި ދިރާސާއިން ހާމަވާކަމަށް ބުނެފައި ވެއެވެ.  އެވެ. މި ޕްރޮޖެކްޓް މަސައްކަތް ފެށުމަށް ކެމްބްރިޖުން އެދެނީ އޭލެވެލްގެ ދެވަނަ އަހަރު އެވެ.

މި މާއްދާގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 2019 ޖޫންގައި ކިޔެވުން ފެށިދާނެ ކަމަށާއި އަދި އެކަމާއި ގުޅޭ ޓީޗަރުން ކެމްބަރިޖުން ތަމްރީނުކޮށް ދޭނެކަމަށް ހާމަކޮށްފައި ވެއެވެ.ކިޔުންތެރިންގެ ޚިޔާލު