22 ނޮވެމްބަރ 2019 ( ހުކުރު )

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 2019

މިއަހަރުގެ ގައުމީ ދުވަހުގެ ދިދަނެގުން – ފުވައްމުލައް ސިޓީ

މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގެއި މިހާރު ފާހަގަ ކުރަނީ ރަބީއުލް އަވަލް މަހު 1 ވަނަ ދުވަހެވެ. އެއީ ބޮޑު ތަކުރުފާނު ރާއްޖެ ސަލާމަތް ކުރެވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. ގައުމީ ދިދަ ނަގަވާ ދެއްވީ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރެވެ. ކައުންސިލް ދިދަ ނަންގަވާ ދެއްވީ ޑިރެކްޓަރ ޖެނެރަލް އަދި ޒިންމާދާރު ވެރިޔާ އަހުމަދު ނިޖާހުއެވެ. މިރަސްމިއްޔާތުގައި ސްކޫލް ކުދިންނާއި ފުލުހުން ވެސް ބައިވެރިވެފައި ވެއެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ ހިޖުރައިން 1365 ވަނަ އަހަރުން ފެށިގެންނެވެ. އަދި އޭގެ ފަހު އެކިއެކި ނަންނަމުގައި މިދުވަސް ފާހަގަކުރަމުން އައިސްފައި ވެއެވެ. މިއީ 77 ވަނަ ގައުމީ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމެވެ.

ގައުމީ ދުވަސް ފާހަގަ ކުރުން – ފުވައްމުލައް ސިޓީ

ގައުމީ ދުވަސް ގުޅެނީ ފުށެތިކާލުންގެ (ޕޯޗުގީޒުން) ދިވެހިރާއްޖޭގެ އަޅުވެތި ކޮށްގެންތިބި ތިބުން ނިންމުމަކަށް ގެނައުމާއެވެ. އުތީމު 3 ބެއިން (މުހައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނު) ނާއި އެމީހުންގެ އެހީތެރިން ކަމުގައިވި 2 ހާޖީންނާއި ދަންޑަހެލު ގޮވައިގެން އިސްލާމް ދީނާއި ދިވެހިންގެ މިނިވަން ކަމަށްޓަކައި ހަނގުރާމަކޮށް ދިވެހިރާއްޖެ މިނިވަން ކުރި ކުރުމާއެވެ.

މިހާރު މިއީ އެހާދިސާއަށް 460 އަހަރު ފުރޭ އަހަރެވެ. ނަމަވެސް މިދުވަސް ފާހަގަ ކުރަން ފެށި ފަހުން އަދި މިވީ 76 އަހަރެވެ. ވުމާއެކު ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ އެހާދިސާ ހިގާ ދިޔަތާ 384 އަހަރު ފަހުންނެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ގާތްޑަކަށް 5 ޖީލު ފަހުންނެވެ.

ގައުމީ މަލާއި ގައުމީ ގަހުގެ އިތުރުން ގައުމީ އުޅަނދަކަށް – ދޯނި ކިހިނެތްވާނެ ބާ؟

ރާއްޖޭގެ ވެރިކަމާއި ރާއްޖޭގެ އެތެރެއިން ތޮޅެން ހަދައިގެން ރާއްޖޭގެ މިނިވަންކަމަށް އެތައް ފަހަރަކު ބުރޫ އަރާ، ދެ ތިން ފަހަރަކު މިނިވަންކަން ގެއްލިފައި ވެއެވެ.

ރާއްޖޭގެ ތާރީޚު އެދުވަސްވަރު ލިޔެފައި ވަނީ ކަމުގެ ހިނގާދިޔަ ގޮތް ހާމަކުރުމަށްވުރެ ބޮޑަށް އެކަމެއްގައި ކާމިޔާބު ހޯދާ ފަރާތަކަށް ތައުރީފުކުރާ ގޮތަށާއި އެކަމެއްގައި ނާކާމިޔާބު ވާ ބަޔަކީ ޣައްދާރުަން ކަމުގައި ދެއްކުމުގެ މޭރުމަކުން ކަން ހާމަވެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުން – ފުވައްމުލައް ސިޓީ

އެގޮތުން ބޮޑު ތަކުރުފާނުގެ (މުހައްމަދު ތަކުރުފާނު) ވާހަކަ ކިޔާ ފޮތެއް ލިޔެފައި ވަނީ ވެސް މުހައްމަދު ތަކުރުފާނަކީ ވަލީވެރިއްކަމަށް ދޭހަކޮށްދޭ ފަދަ އިބާރާތަކުންނެވެ. ވަލީވެރިންގެ ގޮތުގައި ބެލެވިފައި ވަނީ ކަލާނގެ ހަޒުރަތާއި ކުއްތަން ވެގެންވާ މީހާ ނުވަތަ އެހެން މީހުނަށް ވުރެ ހެއްދެވިފަރާތާއި ގާތް މީހުންނެވެ. ނުވަތަ ކަރާމާތް ތެރިންނެވެ. އެމަނިކުފާނުގެ ކުރެއްވި ހިތްވަރުގަދަ 5 އަހަރުގެ ބުރަ މަސައްކަތް އެހެން ގޮތަކަށް ދައްކުވާދޭ ފަދަ ގޮތަކަށެވެ. ބޮޑުތަކުރުފާނުގެ ނަން ބެނުންކޮށް ޝިރުކަށް މަގު ހުޅުވޭފަދަ ގޮތަކަށެވެ.

ގައުމީ ދުވަސް ގައުމީ ދިދައާއެކު ފާހަގަ ކުރުން – ފުވައްމުލައް ސިޓީ



ކިޔުންތެރިންގެ ޚިޔާލު