A wide advertisement which will be shown on all devices. (700 x 100)

ގައުމީ ދުވަސް ފާހަގަ ކުރުން 2022

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 2022، ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މި އަހަރުގެ ގައުމީ ދުވަސް (1 ރަބީއުލް އަވަލް 1444) ފާހަގަކުރުމުގެ ގޮތުން އާއްމުކޮށް ކުރިޔަށްގެންދާ ދިދަ ނެގުމުގެ ރަސްމިއްޔަތު މިއަދު ހެނދުނު ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހެނދުނު 6:00 ގައި ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު އާއްމުކޮށް އެންމެންނަށް ހުޅުވާލާފައި ވީނަމަވެސް ރަސްމިއްޔާތުގައި އާއްމުންގެ ފަރާތުން ބައިވެރިވެފައި ވަނީ ވަރަށް މަދު ބައެކެވެ.  ނަމަވެސް ސްކޫލް ދަރިވަރުންނާއި ބައެއް މުދައްރިސުން އަދި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފުވައްމުލައް ސިޓީ ސްކޫލަތަކުގައި އިއްޔެ ވަނީ ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު އުތީމުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް އުބުރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި ހޯމް މިނިސްޓަރު އިމްރާނު އަދި ތާރީޚާއި ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ ހިޖުރީ ކަލަންޑަރުން ރަބީއުލްއަވަލް މަހު ފުރަތަމަ ދުވަހުއެވެ. އެއީ ޕީޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރި ދުވަހެވެ. އެދުވަހުގެ ބަތަލަކީ އުތީމު މުހައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނެވެ. ބޮޑުތަކުރުފާނު އިސްވެހުންނަވައި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވީ 1 ރަބީއުލް އައްވަލް 981 ގައެވެ.

މިދުވަސް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު އަލްއައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށް ދިވެހި ތާރީޚުގައި އިތުރު ނަންނަމުން ވެސް ނިސްބަތްކޮށްފައި ވެއެވެ. އެގޮތުން ޣާޒީ ބަންޑާރައިން، އުތީމު ބަންޑާރައިން، އުތީމު މަހާރަދުން ގެނަމުންވެސް ނިސްބަތް ކޮށްފައި ވެއެވެ.

ޏ.އޭއީސީގައި ގައުމީދުވަސް ފާހަގަ ކުރުން 2022

ނަމަވެސް ރާއްޖެގައި ގައުމީ ދުވަސް ފާހަގަ ކުރަން ފެށުނީ 1365ހ. (4 ފެބުރުއަރީ 1946) ގައި މުހައްމަދު އަމީންގެ ވެރިކަމުގައެވެ. ދިވެހި ގައުމީ ސަލާމް އެންމެ ފުރަތަމަ ތައާރަފު ކުރެވުނީ އެދުވަހުގެ (1365ހ. 4 ފެބުރުއަރީ 1946) ރަސްމީ ޖަލްސާގައެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި މިއަދު ރާއްޖޭގެރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާ ބައްވާފައިވަނީ ހއ. އުތީމުގައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގައުމާ މުޚާތަބު ކުރައްވައި ވިދާޅުވެފައިވަނީ  އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީގެން ކަމަށާއި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެން ޤައުމާއިގެން ކުރިއަށް ދިޔުމަށެވެ.

ދިވެހި ގައުމަށް ހާހެއް ހާ އަހަރު ވެފައި ވިޔަސް އިސްލާމީ ދިވެހި ގައުމިއްޔަތަށް އަދި މިވީ 896 އަހަރު ކަމަށް ތާރީޚު ދިރާސާ ކުރައްވާ މުހައްމަދު ޝާތިރު ވިދާޅުވެފައި ވެއެވެ. އެއީ ހިޖުރީގޮތުން 548 އިން 1444 އަށެވެ އޭނާ އިތުރަށް ވިދާޅުވަނީ:

“ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި މީސްތަކުން އާބާދުވެ، ރާއްޖޭގެ ސަރަހައްދު ކަނޑައެޅި ރާއްޖޭގެ ވެރިކަމެއް ގާއިމުވެ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނުތާ ހާސް އަހަރު ވަނީ ވެފައި. މީގެ ސާސްކަފެއް ނުވަތަ ހާސްއަހަރު ކުރިން، ރާއްޖެ އިސްލާމްވުމުގެ ކުރީގަައި ރާއްޖޭގެ ރަސްކަން ކުރެއްވި މަހާ ބަރަަަނަ ރަދުންނަކީ މަލިކައްޑޫ (މަލިކުން އައްޑޫއަށް)، މުޅި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އެންމެ ފުރަތަމަ މަހާރަދުން ކަމަށް ބެލެވޭ” ކަމަށެވެ.

ދިވެހިން ރޯމަށް ހަދިޔާ ގެންދިއުން – ތާރީޚު

ދިވެހި ގައުމިއްޔަތަށް ބަލާލާއިރު ކުރީގައި މީހުންގެ ނަންތައް ތަރުތީބު ކުރެވިފައިވަނީ ދަރިކޮޅާއި އެމިހާގެ އިއްޒަތަށް ބަލއިގެން އެކި ފެންވަރުން ތަފާތު ކުރާ ގޮތަކަށެވެ.

އެގޮތުގެ މިސާލެއް

އެންމެ މަތީ ދަރަޖަ- ރަސްގެފާނު

އެއަށްވުރެ ދަށު ދަރަޖަ – ކިލެގެފާނު

ކިލެގެފާނަށް ވުރެ ދަށު ދަރަޖަ – މަނިކުފާނު

މަނިކުފާނަށް ވުރެ ދަށު ދަރަޖަ – ތަކުރުފާނު

ތަކުރުފާނަށް ވުރެ ދަށު ދަރަޖަ – ކަލޭފާނު – މުހައްމަދު ޝާތިރު(27 ސެޕްޓެމްބަރު 2022)

މި މިސާލަށް ބަލާއިރު ދޮންބަންޑާރައިންނަށް، މުހަމަދު ތަކުރުފާނު، ނުވަތަ ބޮދުތަކުރުފާނު ކިއުމަކީ ރާއްޖޭގެ ރަސްކަން ކުރެއްވި މީހެއްގެ ދަރަޖައަށް ކުރުވޭ ކުޑައިމީސް ބަހަކަށް ނުވާނެ ބާވައެވެ؟

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !