ދިވެހި ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއަވަލް މަހު 1 ވަނަ ދުވަހެވެ. ބޮޑު ތަކުރުފާނު، ނުވަތަ އުތީމު މުހައްމަދު ތަކުރުފަނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ރާއްޖެ ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްތު 2021
ދިވެހި ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ ހިޖުރައިން 1365 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މީލާދީން 1946 ގައި މުހައްމަދު އަމީނުގެ ދުވަސްވަރުއެވެ. އަދި އޭގެ ފަހުން އެކިއެކި ނަންނަމުގައި މިދުވަސް ފާހަގަކުރަމުން އައިސްފައި ވެއެވެ. މިހާރު މިއީ ބޮޑުތަކުރުފަނުގެ ހާދިސާއަށް 462 އަހަރު ފުރޭ އަހަރެވެ. ނަމަވެސް މިދުވަސް ފާހަގަ ކުރަން ފެށި ފަހުން އަދި މިވީ ހިޖުރީ ގޮތުން 79 އަހަރެވެ. ވުމާއެކު އެނގިގެން ދަނީ ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި މިވަނީ އެހާދިސާ ހިގާ ދިޔަތާ 384 އަހަރު ފަހުންނެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އެހާދިސާ ހިނގިތާ ގާތްޑަކަށް 5 ޖީލު ފަހުންނެވެ.
ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުން 1 ރަބީއުލްއައްވަލް 981 ހ.
ވީމާ 1443-981ހ. = 78+1=79 ވަނަ ގައުމީ ދުވަސް.
1 ރަބީއުލް އައްވަލް 1365 (4 ފެބްރުއަރީ 1946މ)ގައި ފުރަތަމަ ގައުމީ ދުވަސް ފާހަގަ ކުރުން – ހަމަ އެދުވަހު ފުރަތަމަ ގައުމީ ސަލާމް ތައާރަފުކުރުން.
ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމިއްޔަތު ދިރުވާ އާލާކުރުމެވެ. ގައުމިއްޔަތަކީ އެގައުމިއްގެ ބަޔަކު ރައްކާކޮށް ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ބޭނުންވާ ދިރުއުޅުމުގެ އަގުތަކާއި އުސޫލުތަކެވެ. އެގޮތުން މި އުސޫލުތަކަކީ ކޮންމެވެސް ވަރަކަށް ބަދަލުވަމުން ވެސް އަންނަ ކަންކަމެވެ. ނަމަވެސް ގައުމީ ލޯބި އުފެއްދުމަކީ އަބަދުވެސް ބަދަލުވުމެއް ނެތި ކުރިއަރުވަން ޖެހޭ މުހިންމު އެއްބަހާއެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްތު 2021
ހަމައެފަދައިން ދިވެހިވަންތަކަން ނުވަތަ ދިވެހިން ރަމްޒުކޮށް ދިނުމަކިވެސް މުހިންމު ބަހާއެކެވެ. ނަމަވެސް، ދިވެހިން ތަސައްވުރު ކުރަން ޖެހެނީ ކޮން ގޮތަކަށްތޯ މީއީ ބަހުސުގެ ކޮޅުނުފެންނަ ފަދަ ކަމެކޭ ވެސް ބުނެވިދާނެއެވެ.
ގައުމިއްޔަތަކީ ކޮބައި ބާ؟
ދިވެހި ގައުމިައްޔަތުގެ ބަހާތަކެއް ކަމުގައި ގަދީމި ގޮތުން ބެލެމުން އައީ އިސްލާމް ދީނާއި ދިވެހި ބަސް، ދިވެހި ސަގާފަތާއި ދިވެހި ނަސްލު އަދި ފަހުން ޖުމްހޫރީ ވެރިކަމެވެ. ދިވެހި އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފަިއވާ ބަދަލުތަކާއެކު ދިވެހި ގާނޫނޫ އަސާސީއިން ދިވެހި ގައުމިއްޔަތުގެ ބަހާތައް ކަމުގައި ތިރީގައިވާ ކަންކަން ހިމެނޭ ކަމަށް ޑރ.އަލީ ޝަމީމު ދެކިވަޑައިގަންނަވައެވެ.
- މިނިވަންކަމާއި އިސްތިގުލާލު
- ޖުމްހޫރީ ވެކިމުގެ ނިޒާމު
- އިންސާނީ ހައްގު
- ދިވެހިރާއްޖޭގެ ތިމާވެށި
- އަދުލު އިންސާފު
- ހެޔޮލަފާ ފިކުރު
- މިންތީންގެ ހަމަހަމަކަން
- ނަޒާހަތްތެރިކަން
- އަދަބު އަޚުލާގު

ގައުމީ ދުވަސް 2021
މަތީގައި އެވާ ކަންކަމަށް ބުރޫއަރާނަމަ، ނުވަތަ އެކަންކަން ދައުލަތުން، ރައްކާތެރިކޮށް، ދިފާއުކޮށް ނުދެވޭނަމަ ނުވަތަ އެކަންކަމުގެ މައްޗަށް އިހުމާލު ވެއްޖެނަމަ އެވާނީ ދިވެހި ގައުމިއްޔަތަށް ލިބިދެވޭ ވަރަށް ބޮޑު ގެއްލުމަކަށެވެ. ވުމާއެކު މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް އިސްކަން ދޭން ޖެހެނީ ގައުމިއްޔަތު ބިނާކުުރުމަށް ވިސްނުން ސީދާކުރުމުގެ މައްޗަށެވެ.
ދިވެހިންގެ ތެރޭގައި ވެސް މިފަދަކަންކަމުގައި ވިސްނުން ކަފިކަފިވެފައިވާ ދާއިރާތައް ވެސް ހިމެނެކަން ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ދިވެހިން އަޅާ ހެދުމާއި ދިވެހިންގެ ދިނީ ގަބޫލުކުރުން (އިސްލާމް ދީނުގެ އެކިއެކި ކަންކަމުގައި މަޒުހަބުތަކުގެ ތަފާތުތައް) ތަކާއި އަދި އެއިގެ ތެރެއިން ކުރިޔަށް އިސްކުރަން ވީ ކޮންކަމެއް ތޯ މިއީ ދާއިރާތަކުގެ މީހުންގެ މެދުގައި އަބަދުވެސް ހޫނު ބަހުސުތައް ކުރެވޭ ކަންކަމެވެ. ނަމަވެސް ކަންކަމުގައި ކުރިޔަށްދާނެ ގޮތަކީ ގާނޫނީ ގޮތުންނާއި ސަރުކާރުން ކަނޑައަޅާ އުސޫލުކަން އެނެމްވެސް ގަބޫލުކޮށްގެން ނޫނީ ގައުމިއްޔަތެއް ބިނާއެއް ނުކުރެވެނެއެވެ.

ގައުމީ މަލާއި ގައުމީ ގަހުގެ އިތުރުން ގައުމީ އުޅަނދަކަށް – ދޯނި ކިހިނެތްވާނެ ބާ؟
ދިވެހި ދައުލަތުން ވަނީ ދިވެގައުމީ މަލަކީ ފިޔާތޮށި ފިނަފެންމާ ކަމަށާއި ދިވެހި ގައުމީ ގަހަކީ ދިވެހިރުއް ކަމުގައި ކަނޑައެޅުމުން ހުރިހާ ދިވެހިން ހެންވެސް ވަނި އެކަން ގަބުލުކޮށްފައެވެ. ހަމައެބީދައިން އެހެން ކަންކަމަން ވެސް ބަލައިގަނެގެން ނޫނީ އެންމެންނަކަށް އެއް މިސްރާބަކަށް ދަތުރެއް ނުކުރުވޭނެއެވެ.
5
4
3
2
1
- ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި މާދަމާ ދިދަ ނެގުމުގެ ރަސްމިއްޔާތެއް
- ގައުމީ ދުވަސް ފާހަގަ ކުރުން 2022
- މިފަހަރު ގައުމީދުވަަސް ފުވައްމުލައް ސިޓީގައި ފާހަގަ ކުރީ ދެކުމަކުން
- މިއަހަރުގެ ގައުމީ ދުވަހުގެ ދިދަނެގުން – ފުވައްމުލައް ސިޓީ
- މިއަހަރު (2021) ގައުމީ ދުވަހުގެ ދިދަ ނެގުން – ފުވައްމުލައް ސިޓީ