A wide advertisement which will be shown on all devices. (700 x 100)

މިއަހަރު (2021) ގައުމީ ދުވަހުގެ ދިދަ ނެގުން – ފުވައްމުލައް ސިޓީ

ގައުމީ ދުވަހުގެ ދިދަ ނެގމުގެ ރަސްމިއްތު 2021

މިއަހަރު، 2021 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ އާދަކާދައެއްގެ ގޮތުން ބާއްވަމުން އަންނަ ދިދަ ނެގުމުގެ ރަސްމިއްޔާތު، އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގެއި މިހާރު ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއަވަލް މަހު 1 ވަނަ ދުވަހެވެ. އެއީ ބޮޑު ތަކުރުފާނު ރާއްޖެ ސަލާމަތް ކުރެވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 2021 ގައި އަންހެނުންގެތރަައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 މެމްބަރުން

އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުން ފެނިގެން ގޮސްފައިވަނީ ސިޓީ ކައުންސިލްގެ އެންމެ މެމްބަރެކެވެ. މިރަސްމިއްޔާތުގައި ގައުމީ ދިދަ ނަގަވާ ދެއްވީ، ސަގާފީ ހެދުމެއްގައި ހުންނެވި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރެވެ. ސިޓީ ކައުންސިލްގެ ދިދަ ނަންގަވާ ދެއްވީ ޑިރެކްޓަރު އަރީފެވެއެވެ. މީގެ ިއތުރުން މިރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ފުލުހުންނާއި ސިފައިން އަދި ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފުވައްމުލައް ސިޓީ ސްކޫލަތަކުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރާކާތްކެއް ހިންގާފައި ވެއެވެ. އެގޮތުން އެމްޖޭއެސް ސްކޫލުން ވަނީ ދުވަހާއި ގުޅުވައިގެން ދަރިވަރުންގެ ޑްރާމާއި ތަފާތު ހަރާކާތްތައް އެސްކޫލުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެމްޖެއެސް އިން މިއހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތްތަކުގެ ތެރެއިން

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ ހިޖުރައިން 1365 ވަނަ އަހަރުން ފެށިގެންނެވެ. އަދި އޭގެ ފަހުން އެކިއެކި ނަންނަމުގައި މިދުވަސް ފާހަގަކުރަމުން އައިސްފައި ވެއެވެ. މި އަހަރު މިފާހަގަކުރީ ރާއްޖޭގެ 79 ވަނަ ގައުމީ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގައުމިއްޔަތު ދިރުވާ އާލާކުރުމެވެ.

ގައުމިދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ ބައެއް ބައިވެރިން 2021.

ގައުމީ ދުވަސް ގުޅެނީ ފުށެތިކާލުންގެ (ޕޯޗުގީޒުން) ދިވެހިރާއްޖޭގެ އަޅުވެތި ކޮށްގެންތިބި ތިބުން ނިންމުމަކަށް ގެނައުމުގެ ހަރަކާތާއެވެ. އުތީމު 3 ބެއިން (މުހައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނު) އާއި އެމީހުންގެ އެހީތެރިން ކަމުގައިވި 2 ހާޖީންނާއި ދަންޑަހެލު ގޮވައިގެން އިސްލާމް ދީނާއި ދިވެހިންގެ މިނިވަން ކަމަށްޓަކައި ހަނގުރާމަކޮށް ދިވެހިރާއްޖެ މިނިވަން ކުރި ކުރުމާއެވެ.

މިހާރު މިއީ އެ ހާދިސާއަށް 462 އަހަރު ފުރޭ އަހަރެވެ. ނަމަވެސް މިދުވަސް ފާހަގަ ކުރަން ފެށި ފަހުން އަދި މިވީ 76 އަހަރެވެ. ވުމާއެކު ގައުމީ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ އެހާދިސާ ހިގާ ދިޔަތާ 384 އަހަރު ފަހުންނެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ގާތްޑަކަށް 5 ޖީލު ފަހުންނެވެ.

ރާއްޖޭގެ ވެރިކަމާއި ރާއްޖޭގެ އެތެރެއިން ތޮޅެން ހަދައިގެން ރާއްޖޭގެ މިނިވަންކަމަށް އެތައް ފަހަރަކު ބުރޫއަރާ، ދެ ތިން ފަހަރަކު މިނިވަންކަން ގެއްލިފައި ވެއެވެ.

ރާއްޖޭގެ ތާރީޚު އެދުވަސްވަރު ލިޔެފައި ވަނީ ކަން ހިނގާދިޔަ ގޮތް ހާމަކުރުމަށްވުރެ ބޮޑަށް އެކަމެއްގައި ކާމިޔާބު ހޯދާ ފަރާތަކަށް ތައުރީފުކުރާ ގޮތަށާއި އެކަމެއްގައި ނާކާމިޔާބު ވާ ބަޔަކީ ޣައްދާރުން ކަމުގައި ދެއްކުމުގެ މޭރުމަކުން ކަން ހާމަވެއެވެ.

ގައުމީދުވަހާއި ގުޅޭ ރިޕޯޓެއް

އެގޮތުން ބޮޑު ތަކުރުފާނުގެ (މުހައްމަދު ތަކުރުފާނު) ވާހަކަ ކިޔާ ފޮތެއް ލިޔެފައި ވަނީ ވެސް މުހައްމަދު ތަކުރުފާނަކީ ވަލީވެރިއް ކަމަށް ދޭހަކޮށްދޭ ފަދަ އިބާރާތަކުންނެވެ. ވަލީވެރިންގެ ގޮތުގައި ބެލެވިފައި ވަނީ ކަލާނގެ ހަޒުރަތާއި ކުއްތަން ވެގެންވާ މީހާ ނުވަތަ އެހެން މީހުނަށް ވުރެ ހެއްދެވިފަރާތާއި ގާތް މީހުންނެވެ. ނުވަތަ ކަރާމާތް ތެރިންނެވެ. އެމަނިކުފާނުގެ ކުރެއްވި ހިތްވަރުގަދަ 5 އަހަރުގެ ބުރަ މަސައްކަތް އެހެން ގޮތަކަށް ދައްކުވާދޭ ފަދަ ގޮތަކަށެވެ. ބޮޑުތަކުރުފާނުގެ ނަން ބޭނުންކޮށް ޝިރުކަށް މަގު ހުޅުވޭފަދަ ގޮތަކަށެވެ.

ގައުމީ ދުވަސް ފާހަގަކުރުން – ފުވައްމްުލައް ސިޓީ ކައުންސިލް

ބޮޑުތަކުރުފާނުގެ ވާހަކަ ދޫދޫމަތިން ކިޔެމުން އައި އެންމެ ފަހުން އެވާހަކަ ލިޔެފައިަނީ ‘ބުރާރު މުހައްމަދު ފުޅު’ ކިޔާ މީހަކު ކިޔައި އުޅުނު ގޮތަށެވެ. އެވާހަކަ ދިރާސާކުރި ބައެއް ފާރާތަތކުން ހާމަކުރާ ގޮތުގައި އެއީ އެހެންޏާ ވެސް ހުން އެފަދަ ތާރީޚީ ފުލޯކް ވާހަކައެކެވެ. ވާހަކަ އަސްލު ހަގީގީ ކަމަކާއި ގުޅިފައި ވިޔަސް ވާހަކައަށް ބަދަލުތަކެއް ގެނެސް ތަފާތު ރަހަތައް ޖައްސުވައި ދީފައިވާކަަމަށް ބެލެވޭ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !