10 އޭޕްރީލް 2020 ( ހުކުރު )

banner

ލޯކަލް ކައުންސިލް އިންތިޚާބު2020 އެމްޑީޕީ ޕްރަމަރީގައި ފުވައްމުލައް ސިޓީން ވާދަކުރާ ކެންޑިޑޭޓުން

ކައުންސިލް އިންތިޚާބަށް ނުކުންނަ އިރު އެމްޑީޕީއަށް ބޮޑު ގޮންޖެހުންތަކެއް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނައިރު ވެރިކަން ކުރާ އެމްޑީޕީ އާއި މެދު ރައްޔިތުން އުއްމީދުކުރި ކަންތައްތައް ނުވާކަމަށް ބުނެ ކަންބޮޑު ވުން ފާޅުކުރުން އަނެއްކާވެސް އިތުރުވެއްޖެއެވެ. މި ކަންބޮޑު ވުންތައް ފާޅުކުރާ މީހުންގެ ތެރޭގައި އެމްޑީޕީގެ އިސް ހަރަކާތްތެރިންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ އާއްމު ރައްޔިތުން ވެސް ހިމެނެއެވެ.

އެމްޑީޕީގައި ގިނަ އިންތިޚާބުތަކުގައި ހަރަކާތްތެރިވެފައިވާ ބައެއް އިސް މީހުން ބުނާ ގޮތުގައި މިހާރު ކަންތައްދާ ގޮތަށް ކަންތައްތައް އޮވެގެން މިފަހަރުގެ އިންތިޚާބުގެ މަސައްކަތަށް އެމީހުން ނުކުތުން ދުރެވެ. އެގޮތުން އެމީހުން ފާހަގަ ކުރާ އެންމެ ބޮޑު އެއްމަސައްލައަކީ ބޭއިންސާފުން ރައީސް ޔާމީނު ވެރިކަމުގައި ރަށުގެ އެކި ވަޒީފާތަކަށް ލާފައިވާ ޕީޕީއެމްގެ އެކްޓިވިސްޓުން ވަޒީފާއިން ވަކިކުރަން އެމްޑީޕީއާއި މިސަރުކާރުން ފަސްޖެހިފައި ވާތީއެވެ. އެމީހުން ބުނާ ގޮތުން އެމްޑީޕީ ސަރުކާރެއް ގެނައުމަށް އެމީހުން މަސައްކަތް ކުރި އެންމެ ބޮޑު އެއްސަބަބަކީ ވެސް ނާއިންސާފުން ކޮށްފައިވާ ކަންތައްތައް ބަދަލުކުރުމެވެ.

ފުވައްމުލަކުގެ އެމްޕީއަކު ހާމަކުރި ގޮތުން ސަރުކާރުން އޮތީ އެމީހުން ވަޒީފާތަކުން ދުރުކުރާ ވިސްނުމަކު ނޫނެވެ. އޭނާ ހާމަކުރި ގޮތުގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. ވުމާއެކު ވަޒީފާގައި ތިބި މީހުން ދުރުކުމަކީ ދުރުކަމެއް ކަމުގައި ބެލެވެއެވެ.

ދެން އޮތީ އެމްޑީޕީގެ އެކި ކަންކަމުގައި ފާއިތުވި 8 އަހަރު ހަރަކާތްތެރިވި ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތު ދޭނީ އަލަށް ވަޒީފާ އުފައްދައިގެން ހެއްޔެވެ؟ ނޫނީ ވަޒީފާ ނުދީ އެމީހުންގެ ތާއިދު ޕާޓީއަށް އަދި ޕާޓީގެ ސިޔާސީ މަސައްކަތްތަކަށް ލިބޭނެ ހެއްޔެވެ؟ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާ އިތުރުކުމުގެ ގޮންޖެހުންތައް ބޮޑެވެ. ކުންފުނިތަކުން ނެރެވޭ އާމްދަނިއަސްވުރެ ޚަރަދު ބޮޑުތަނުން ބޮޑެވެ. ކުންފުނިތަކުން މިހާރު ދެމުންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށް ވެސް ވިސްނަން ޖެހެއެވެ. ގިނަ ރައްޔިތުން އެދޭނީ ކުންފުނިތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން ރަނގަޅު ޚިދުމަތްތަކެއް ލިބުމަށެވެ. އެކަން ހަރުދަނާ ކުރެވެމުންދާކަމަށް އެމްޕީއަކު ހާކުރިއެވެ.

އަލަށް ވަޒީފާތައް އުފައްދަން ބަލާއިރު ފުވައްމުލައް ސިޓީގައި މިހާރު ހުރި ސަރުކާރުގެ ކުންފުނި ތަކަކީ ވެސް ސަބްސިޑައިޒްކޮށްގެން ޚަރަދު ބަރަދު ހަމަޖައްސަމުންދާ ތަންތަނަށް ވާއިރު އިތުރު  ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ބާއެވެ؟ ކޮންޓްރެކްޓް އުސޫލުން ވާޒީފާތަކުގައި ތިބި ޕީޕީއެމްއަށް ނިސްބަތްވާ މީހުންގެ ކޮންޓްރެކްޓްތައް ވެސް 3 މަހުން 3 މަހުން އާކޮށް އެހެން ބަޔަކަށް ވަޒީފާގެ ފުރުސަތު ނުލިބިފައިވާ ކަމަށް ބުނެ ކަންބޮޑުވުންތައް ފާޅުކުރެއެވެ.

އެންމެ ގިނަަ މީހުންގެ ކަންބޮޑުވުން އޮތީ ވަޒީފާ ނުލިބޭ މައްސަލާގައެވެ. އަދި ޕީޕީއެމް ސަރުކާރުގައި އެޕާޓީއަށް މަސައްކަތް ކުރި ގިނަ ބަޔަކަށް އެކިފެންވަރުން “ނުހައްގުން” ދީފާއިވާ ވަޒީފާތަކުގައި މިއަދުވެސް އެމީހުން ދެމި ތިބުމުގެ މައްސަލައެއްވެ. އެއްބަޔަކު ބުނަނީ ރައްޔިތުންގެ މަސައްކަތްތަކުގެ ވަޒީފާއިން އެންމެންނަށް ވެސް ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. މީހުން ގިނަވެފައި ވަޒީފާ މަދު ނަމަ މުއްދަތު ކަނޑައަޅާފައި ވަޒީފާ ދޭންވީ ކަމަށެވެ. އެގޮތުން އެކިފަހަރު އެކި މީހުނަށް ވަޒީފާ އަދާކުރުމަށް ފުރުސަތު ދޭންވީ ކަމަށެވެ. ޓެކްނިކަލް މަސައްކަތްތައް ނޫން ވަޒީފާތަކުގައި މިކަހަލަ އުސޫލެއް ވެސް ގެންގުޅެވިދާނެ ކަމަށެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލައް ސިޓީ އެމްޑީޕީ ހަރަކާތްތެރިއަކު ބުނެފައި ވަނީ މިހާރުވެސް ޕީޕީއެމްގެ އެކްޓިވިސްޓުން އެެމީހުންނާއި ދިމާލަށް ބުނަމުން ދަނީ ކޮންމެ ސަރުކާރެއް އަޔަސް ވަޒީފާތަކުގައި ތިބޭނީ އެމީހުން ކަމަށާއި ވަޒީފާތަކުން ބޭރު ވެސް ނުކުރެވޭނެ ކަމަށް ބުނެ ދިމާކުރުމުން ދާ ކަމަށެވެ. އެފަދަ ހާލަތެއްގައި ތިބެ އެމީހުން ސިޔާސި މަސައްކަތަށް ނުކުތުމުގެ ބޭނުމެއް ނެތްކަމަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ސިޔާސި ކަންކަމުގައި އިސްކޮށް އުޅޭ ހަސަން ސައީދު ބުނެފައި ވަނީ “ފުވައްމުލައް ސިޓީގައި އެމްޑީޕީއަށް އޮތް ތާއިދު ގެއްލެމުންދާ މަންޒަރު މިސިޓީއަށް ނިސްބަތްވާ 3 އެމްޕީންނަށް ނުފެންނަ ކަމާއިމެދު ހިތާމަކުރަން” ކަމަށެވެ.

ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވާ އެމްޑީޕީގެ އެހެން ބައެއް ސިޔާސީ މީހުން ވެސް ދެކޭ ގޮތުގައި ކުރިޔަށް މިއޮތް އިންތިޚާބުގައި އެމްޑީޕީއަށް ތާއިދު ކުޑަވާނެކަމަށް ބެލެވެއެވެ. އަދި މަޖުލިސް އިންތިޚާބުގައި އެލިބުނު ވަރުގެ ކާމިޔާބީއާއި ކައިރިކުރާ ވަރުގެ ކާމިޔާބެއް ވެސް ނުލިބޭނެ ކަމަށާއި ކިރިޔާ ލިބުނަސް ލިބޭނީ މެޖޯރިޓީ ކަމަށެވެ.

އެކަމަކު ފުވައްމުލައް ސިޓީގެ އެމްޕީން މިކަމާއި އެއްބަސް ވާނެބާއެވެ؟ ބޭރުގެ އަޑުތަކަށްވުރެ އެމްޕީންނަށް “އަޑީ”ގެ އަސްލު ބޮޑަށް އެނގޭނެކަމަށް ބެލެވެއެވެ.ކިޔުންތެރިންގެ ޚިޔާލު


  1. ނުނެ 4 ޖެނުއަރީ 2020 03:01

    ކޮން ގޮންޖެހުމެއް؟ ވޯޓު ވަގަށް ނަގައިގެން އަބަދުވެސް އުޅޭ ބައެއް އެއީ.

  2. ޢަލީ 5 ޖެނުއަރީ 2020 12:01

    ހަގީގީ ގޮންޖެހުމަކީ ނާގާބިލް، ޝަރުބަތު ހިއްޕަވާ ޝައިތާނެއް ތިޔަ ކައުންސިލަށް ހޮވާ ބާރުވެރިކުރުވާފައި ގޭގައި ނިންދަވަން ރައްޔިތުން ޖެއްސިކަން. މިހާރު އަނެއްކާ އިންތިޚާބު ކައިރިވީމާ ހޭލެވިގެން ތެޅެންފަށައިފި. ތިކަލޭގެ އިތުރު ދައުރަކަށް ހޮވިއްޖެއްޔާ މުޅި ފުވައްމުލައް އެކޮޅުކޮޅުން ޖަހާލާނެ. ޢާއިލާތައް ރޫޅި ދަރިން ބިކަވާނެ. މުސްކުޅިން ހިތާމަ ކުރަންޖެހޭނެ. އެހެންނަމަވެސް ސްޕޯޓްސް ޕާކުން ބޮގަރު ސަޕްލައި ކުރާ ކުރުން ވަރުގަދަވެ ހަމައިގައި ނެތްމީހުން އިތުރުވާނެ. ސަފާރީއެއް އަންނައިރަށް ކުޑަކުޑަ ޑިންގީއެއްގައި ޖިޒީ ބަލާ ފޮނުވުން އިތުރުވެގެންދާނެ. ރައްޔިތުންނޭ ހޭލަން ވެއްޖެ. މާޒީން ޢިބުރަތް ޙާޞިލްކޮށްގެން މިފަހަރު ޝައިޠާނުންނަށް ނޫނެކޭ ބުންންވީ ވަގުތު މިއޮތީ ޖެހިފައި