20 ފެބުރުއަރީ 2020 ( ބުރާސްފަތި )

banner

ހޭޒް އިން ވަނީ 2 ބަޔަކުން 1 ވަނަ ހާސިލުކޮށް މުޅި މުބާރާތުގެ 2 ވަނަ ވެސް ހާސިލުކޮށްފައި

މިފަހަރުގެ އެތުލެޓިކްސް މުބާރާތުގައި އެންމެ ކާމިޔާބީ ގދ. އޭއީސީ

މިއަދު ގދ. ތިނަދޫގައި ނިމިގެންދިޔަ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މުޅި މުބާރާތުގެ 1 ވަނަ ގދ. އޭއީސީން ހޯދައިިފިއެވެ. މި މުބާރާތުގައި ވާދަކުރި 20 ސްކޫލްގެ ތެރެއިން ގދ. އޭއީސީ އަށް 1 ވަނަ ލިބެނީ 3 އުމުރުފުރާގައި 6 ޓީމުން ވާދަކޮށް މުޅި ޖުމްލަ 597 ޕޮއިންޓް ހޯދައިގެންނެވެ.

މުޅި މުބާރާތުގެ 2 ވަނަ ހާފިޒް އަހުމަދު ސްކޫލް( ހޭޒް) އަށް ލިބެނީ ވެސް 3 އުމުރުފުރާގައި 6 ޓީމުން ވާދަކޮށް ޖުމްލަ 592 ޕޮއިންޓް ހޯދައިގެންނެވެ. 19 އަހަރުން ދަށުގެ ބައިގައި ހޭޒް އިން ވާދަނުކުރާ އިރު ގދ.އޭއީސީން ވާދަނުކުރަނީ 13 އަހަރުން ދަށުގެ ބައިގައެވެ.

އެތުލެޓިސް މުބާރާތުަގައި މިފަހަރު ފުވައްމުލަކު އެންމެ ކާމިޔާބީ ހޭޒް.

ހޭޒްގެ ޓީމުން ވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބަޔާއި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ (184، 168 ޕޮއިންޓް)، އަދި އަންހެން ކުދިންގެ ބައިން 2 ވަނަ (134 ޕޮއިންޓް) ހޯދާފައެވެ.

މުބާރާތުގެ 3 ވަނަ ލިބެނީ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލަށެވެ. އެއީ 3 އުމުރުފުރާގައި 5 ޓީމު ވާދަކޮށްގެން ޖުމްލަ 459 ޕޮއިންޓާއެކުގައެވެ.

މުޅި މުބާރާތުގެ 4 ވަނަ ގއ.ގެމަނަފުށީ ސްކޫލަށް ލިބެނީ 5 ޓީމާއެކު 416 ޕޮއިންޓުނެވެ.

މުޅި މުބާރާތުން 5 ވަނަ ލިބެނީ ޏ.އޭއީސީއަށެވެ. އެއީ 386 ޕޮއިންޓުންނެވެ.

ކުރިން އެތުލެޓިކްސް ގައި ރަން ވަނަތަކެއް ހޯދާފައިވާ ޏ.އޭއީސީ އަށް މިފަހަރު ލިބުނީ މުޅި މުބާރާތުން 5 ވަނަ އެވެ. އެއީ 4 ޓީމު ވާދަކޮށްގެން ޖުމްލަ 386 ޕޮއިންޓުންނެވެ. ޏ.އޭއީސީ އަށް 1 ވަނަ ލިބިފައި ވަނީ (117 ޕޮއިންޓް) ހޯދައިގެން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެކަންޏެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބަޔާއި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ވަނީ (151، 95 ޕޮއިންޓް) 2 ވަނަ ހޯދާފައެވެ. ވުމާއެކު އެޓީމުގެ އެވްރެޖު ނަތީޖާ ދަށްކަމުގައި ބެލެވޭކަށް ނެތެވެ.

ހަވަނަ މުހައްދު ޖަމާލުއްދީން ސްކޫލް (ޏ.އެމްޖޭއެސް) އަށް ލިބެނީ 339.5 ޕޮއިންޓުންނެވެ. އެކި އުމުރުފުރައިން ގަދަ 3 ގައި އެސްކޫލް ހިމެނެނީ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިންނާއި 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން (3ވަނަ، 113.5، 101 ޕޮއިންޓް) ނެވެ. ދެން ލިބެނީ އެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން 4 ވަނައެވެ.  އެއީ 89 ޕޮއިންޓުން ނެވެ.

7 ވަނަ އައްޑޫ ހައިސްކޫލް – 304 ޕޮއިންޓް.

އެފްއެސް އަށް އެންމެ މަތިންވެސް ލިބިފައި ވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިންނާއި 15 އަހަރުން ދަށުގެ ފިރހެން ކުދިންގެ ބައިން 4 ވަނަ (72، 56 ޕޮއިންޓް) އެވެ.

ނަމަވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނަތައް ހޮވަނީ ކޮންމެ އުމުރުފުރައެއް، އަދި އަންހެން ފިރިހެން ވަކިންނެވެ.

އެތުލެޓިކްސް ގައި ޏ.އޭއީސީގެ ކާމިޔާބީތައް ގޯހެއް ނޫން. އެއް އުމުރު ފުރައީން 1 ވަނަ އަދު 2 ބަޔަކުން 2 ވަނަ.

13 އަހަރުން ދަށް ފިރިހެން

1 ވަނަ ހާފިޒް އަހުމަދު ސްކޫލް 168 ޕޮއިންޓް

2 ވަނަ ތިނަދޫ ސްކޫލް (ގދ) 116 ޕޮއިންޓް

3 ވަނަ އަބޫބަކުރު ސްކޫލް (ގދ) 103 ޕޮއިންޓް

4 ވަނަ އެމްޖޭއެސް (ޏ) 89 ޕޮއިންޓް

(މިބައިގައި ޏ. އޭއީސީ އަދި އެފް އެސް ބައިވެރިއެއް ނުވޭ)

އތުލެޓިސް މުބާރާތް 2019 ޖޫން

13 އަހަރުން ދަށް އަންހެން

1 ވަނަ ތިނަދޫ ސްކޫލް (ގދ) 151 ޕޮއިންޓް

2 ވަނަ ހާފިޒް އަހުމަދު ސްކޫލް 134 ޕޮއިންޓް

3 ވަނަ ވަނަ އެމްޖޭއެސް (ޏ) 113.5 ޕޮއިންޓް

… 6 ވަނަ ފުވައްމުލަކު ސްކޫލް (އެފްއެސް) 57 ޕޮއިންޓް

(މިބައިގައި ޏ. އޭއީސީ ބައިވެރިއެއް ނުވޭ)

ހޭޒް އިން ވަނީ 2 ބަޔަކުން 1 ވަނަ ހާސިލުކޮށްފައެވެ.

15 އަހަރުން ދަށް ފިރިހެން

1 ވަނަ ޏ. އޭއީސީ  117 ޕޮއިންޓް

2 ވަނަ ގދ. އޭއީސީ  107 ޕޮއިންޓް

3 ވަނަ އެމްޖޭއެސް  101 ޕޮއިންޓް

4 ވަނަ އެފްއެސް (ޏ.) 56 ޕޮއިންޓް

… 14 ވަނަ ހޭޒް (ޏ.) 14 ޕޮއިންޓް

މިބައިގެ އެންމެ މޮޅު އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު (189) އެވެ.

15 އަހަރުން ދަށް އަންހެން

1 ވަނަ ޝަރަފުއްދީން (އައްޑޫ) 137 ޕޮއިންޓް

2 ވަނަ ޏ. އޭއީސީ  95 ޕޮއިންޓް

3 ވަނަ ގދ. އޭއީސީ  91 ޕޮއިންޓް

… 5 ވަނަ އެމްޖޭއެސް (ޏ.) 52 ޕޮއިންޓް

… 6 ވަނަ ހޭޒް (ޏ.) 50 ޕޮއިންޓް

… 9 ވަނަ އެފްއެސް (ޏ.) 26 ޕޮއިންޓް

މިބައިގެ އެންމެ މޮޅު އެތުލީޓަކީ މަރަދޫ ސްކޫލުގެ އަބްދުﷲ އަލި ރަޝީދު (537) އެވެ.

މުބާރާތުގެ އެމްމެ މޮޅު ޓީމަކީ ގދ. އެއީސީގެ

17 އަހަރުން ދަށް ފިރިހެން

1 ވަނަ ގދ. އޭއީސީ 164 ޕޮއިންޓް

2 ވަނަ ޏ. އޭއީސީ  151 ޕޮއިންޓް

3 ވަނަ ޝަރަފުއްދީން ސްކޫލް (އައްޑޫ.) 76 ޕޮއިންޓް

… 8 ވަނަ ހޭޒް (ޏ.) 42 ޕޮއިންޓް

… 9 ވަނަ އެފްއެސް (ޏ.) 35 ޕޮއިންޓް

(މިބައިގައި އެމްޖޭއެސް ބައިވެރިއެއް ނުވޭ)

މިބައިގެ އެންމެ މޮޅު އެތުލީޓަކީ ގެމަނަފުށީ ސްކޫލުގެ ސަފުހާން އަލީ (326) އެވެ.

އެތުލެޓިކްސް މުބާރާތް މެޑެލް ސެރެމަނީ – 2019 ޖޫން ގދ.ތިނަދޫ

17 އަހަރުން ދަށް އަންހެން

1 ވަނަ ހާފިޒް އަހުމަދު ސްކޫލް، ހޭޒް (ޏ.) 184 ޕޮއިންޓް

2 ވަނަ ޝަރަފުއްދީން ސްކޫލް (އައްޑޫ) 152 ޕޮއިންޓް

3 ވަނަ ގދ. އޭއީސީ  93 ޕޮއިންޓް

4 ވަނަ އެފްއެސް (ޏ.) 72 ޕޮއިންޓް

(މިބައިގައި އެމްޖޭއެސް އަދި ޏ.އޭއީސީ ބައިވެރިއެއް ނުވޭ)

މިބައިގެ އެންމެ މޮޅު އެތުލީޓަކީ ހޭޒްގެ ފާތިމަތު އިޝްނާ އަބްދުﷲ (428) އެވެ.

 

19 އަހަރުން ދަށް ފިރިހެން (މިބައިގައި ފުވައްމުލައް ސިިޓީގެ ޏ.އޭއީސީ ފިޔަވައި އެއްވެސް ސްކޫލަކުން ބައިވެރިއެއް ނުވެއެވެ)

1 ވަނަ އައްޑޫ ހައި ސްކޫލް  172 ޕޮއިންޓް

2 ވަނަ  ގދ. އޭއީސީ  112 ޕޮއިންޓް

3 ވަނަ ގެމަނަފުށީ ސްކޫލް  100 ޕޮއިންޓް

7 ވަނަ ޏ.އޭއީސީ (ފަހަތުން 2 ވަނަ) 23 ޕޮއިންޓް

މިބައިގެ އެންމެ މޮޅު އެތުލީޓަކީ އައްޑޫ ހައި ސްކޫލުގެ އާއިޝަތު ހިމާނާ ހަސަން (133) އެވެ.

މުބާރާތުގެ 17 އ ދަށުގެ އަންހެން ބައިގެ އެންމެ މޮޅު އެތުލިޓަކީ ހޭޒްގެ އިޝަން (428).

19 އަހަރުން ދަށް އަންހެން (މިބައިގައި ފުވައްމުލައް ސިިޓީގެ އެއްވެސް ސްކޫލަކުން ބައިވެރިއެއް ނުވެއެވެ)

1 ވަނަ  ގެމަނަފުށީ ސްކޫލް  130 ޕޮއިންޓް

2 ވަނަ  އައްޑު ހައި ސްކޫލް  117 ޕޮއިންޓް

3 ވަނަ ގދ. އޭއީސީ  30 ޕޮއިންޓް

މިބައިގެ އެންމެ މޮޅު އެތުލީޓަކީ ދ.އަތޮޅު މަދަރުސާގެ ނާމީ ޖަމްޝިދު (163) އެވެ.

(މިބައިގައި ބައިވެރިވެފައި ވަނީ މުޅިއެކު 3 ޓީމެވެ.)

އެތުލެޓިކްސް މުބާރާތް މެޑެލް ސެރެމަނީ – 2019 ޖޫން ގދ.ތިނަދޫކިޔުންތެރިންގެ ޚިޔާލު