16 އޮކްޓޯބަރ 2019 ( ބުދަ )

banner

އެފްސީ ދަޑިމަގު ޓީމު ސެމީފައިނަލަށް

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2019: މިސްކިތްމަގު ޓީމާއި އެފްސީ ދަޑިމަގަށް މޮޅެއް

ފުވައްމުލައް ސިޓީ ކައުންސިލުގެ ފުޓްސަލް މުބާރާތް 2019 ގެ 3 ވަނަ ދުވަހުގެ މެޗުތަކުން މިސްކިތްމަގު ޓީމާއި އެފްސީ ދަޑިމަގު ޓީމު މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅެވުނު މުބާރާތުގެ 5 ވަނަ މެޗުގައި މިސްކިތްމަގު ޓީމާއި ދަޑިމަގު ޖޫނިއަރ ޓީމު ބައްދަލުކުރި މެޗު 4-0 ން ކާމިޔާބުކުރީ މިސްކިތްމަގު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިސްކިތްމަގު ޓީމުގެ ޖާރޒީ ނަމްބަރު 4 އިބްރާހިމް ނާމީ އެވެ.

މެޗް 5 ގެ މޮޅު ކުޅުންތެރިޔާ: މިސްކިތްމަގު ޓީމުގެ ޖާރޒީ ނަމްބަރު 4 އިބްރާހިމް ނާމީ

މުބާރާތުގެ 6 ވަނަ މެޗުގައި އިއްޔެ އެފްސީ ދަޑިމަގުއާއި އާއި ޝާކް ހެޑް (ހޯދަޑު) ބައްދަލުކުރި މެޗު 3-1 ން ކާމިޔާބުކުރީ އެފްސީ ދަޑިމަގު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދަޑިމަގު ޓީމުގެ ޖާރޒީ ނަމްބަރު 20 އަހުމަދު ސިނާޙު އެވެ.

މެޗް 6: މޮޅު ކުޅުންތެރިޔާ: އެފްސީ ދަޑިމަގު ޓީމުގެ ޖާޒީ ނަމްބަރު 20 އަހުމަދު ސިނާޙު

ދަޑިމަގު އެފްސީގެ މިމޮޅާއެކު ބީ ގްރޫޕުން އެޓީމު ވަނީ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. ބީ ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި ވަނީ ހޯދަޑު ސްޕޯރޓްސް އެވެ. އޭ ގްރޫޕް އިން ދެވަނަ ބުރަށް ދާ ޓީމުތައް ކަނޑައެޅޭނީ މާދަމާގެ މެޗުތަކުންނެވެ.

މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދޫނޑިގަލޯނާ ޖޫނިއަރސް ޓީމާއި މިސްކިތްމަގު ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދޫނޑިގަލޯނާ ޓީމާއި ދަޑިމަގު ޖޫނިއަރސް ގެ ޓީމެވެ. ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި 5 އޮކްޓޯބަރ ގައި ބައްދަލުކުރާނީ ދުނޑިގަމު ދެ ޓީމެވެ.

މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ހޯދަޑު ސްޕޯރޓްސްއެވެ.

ޝާކް ހެޑް ޓީމު



ކިޔުންތެރިންގެ ޚިޔާލު