A wide advertisement which will be shown on all devices. (700 x 100)

ހޭންޑް ބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމާއި ހޭޒް ޓީމު

ކެންގަރޫ ކިޑްސް ބިލަބޮންގ ހައި މުބާރާތުގައި ކުޅުނު ހުރިހާ މަެޗަކުން މޮޅުވެ ސެމީ ފައިނަލަށް

މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ސެމީ ފައިނަލަށް ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމާއި ހޭޒް ޓީމު ހޮވިއްޖެއެވެ. މި ދެޓީމު ސެމީ ފައިނަލަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުން ވެސް މޮޅުވެ ގްރޫޕް 1 އަދި 2 ގެ 1 ވަނަ ޓީމުގެ ގޮތުގައެވެ.

އިއްޔެ ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން އެފްއެސް ސްޓަނާރސް އާއި ހޭޒް އާއި ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރ އާއި ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން އާއި ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމު ވަނީ މޮޅުވެފައެވެ.

ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނު އިރު ޕްލޭއޮފް ގެ ޖާގަ ލިބުނު 4 ޓީމަކީ ގްރޫޕް 3 ގެ 1 ވަނަ ޓީމު ގެ ގޮތުގައި އެމްޖޭއެސް އާއި ގްރޫޕް 1 ގެ 2 ވަނަ ޓީމުގެ ގޮތުގައި ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އާއި ގްރޫޕް 2 ގެ 2 ވަނަ ޓީމުގެ ގޮތުގައި ނެއިބަރހޫޑް ޕޮލިސް ޓީމާއި ގްރޫޕް 3 ގެ 2 ވަނަ ޓީމުގެ ގޮތުގައި އެފްއެސް ސްޓަނާރސް އެވެ.

ހޭޒް ޓީމު މުބާރާތުގައި ކުޅުނު ހުރިހާ މަެޗަކުން މޮޅުވެ ސެމީ ފައިނަލަށް

މުބާރާތުގެ 11 ވަނަ މެޗުގައި އެފްއެސް ސްޓަނާރސް އާއި ޏ.އޭއީސީ ބައްދަލުކުރި މެޗު ނިމުނީ 4-1 ން އެފްއެސް ސްޓަނަރސް މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްއެސް ސްޓަނާރސް ގެ ޖާޒީ ނަމްބަރު 1 ހައްވާ މޫސާއެވެ. މިނަތީޖައާއެކު ޏ.އޭއީސީ މުބާރާތުން ކަޓައި އެފްއެސް ސްޓަރނަސް އަށް ޕްލޭފް މެޗްގެ ޖާގަ ލިބެއެވެ.

މުބާރާތުގެ 12 މެޗުގައި އިއްޔެ ހަވީރު ބައްދަލު ކުރީ ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ޓީމް އާއި ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މިމެޗު 4-3 ން މޮޅުވީ ހޭޒް ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހޭޒް ޓީމުގެ ޖާޒީ ނަމްބަރު 10 އާއިޝަތު އިނާޝާ މުޙައްމަދު އެވެ. ހޭޒް އިން ކުޅުނު ތިން މެޗުން ވެސް މޮޅުވިއިރު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ އިނާޝާއެެވެ. އެއާއެކު ހޭޒް ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯޅަ މުބާރާތް 2019

މި އަދުގެ މެޗުން ބަލިވި ނަމަވެސް ޕޮލިސް ޓީމަށް ދެ މެޗުން މޮޅުވެފައިވާތީ ގްރޫޕްގެ ދެވަނަ ލިބެއެވެ. އެގޮތުން އެޓީމަށް މުބާރާތުގައި ކުރިޔަށް ދާން ޖާގަ ލިބެނީ ޕްލޭއޯފް މެޗް 2 ން ނެވެ. މި މެޗުގައި އެޓީމު ވާދަކުރަން ޖެހޭނީ އެފްއެސް ސްޓަނަރސް ޓީމާއެވެ.

މުބާރާތުގެ 13 މެޗުގައި ރޭ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ (އެފްސީއެސް) އާއި ބައްދަލުކުރީ ކްރޯވޭ މޯލްޑިވްސްގެ ޓީމެވެ. މިމެޗު 9-1 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެންޑް ޗިލްޑްރެން ސާރވިސްް ސެންޓަރ (އެފްސީއެސް)ގެ  ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީއެސްގެ ޖާޒީ ނަމްބަރު 4 އާމިނަތު ރާނީ ޝާހިދު އެވެ. މި މޮޅާއެކު އެޓީމަށް ގްރޫޕް 1 ގެ ދެވަނަ ލިބި ޕްލޭއޯފް މެޗް 1 ން ޖާގަ ލިބެއެވެ.

މުބާރާތުގެ 14 މެޗުގައި ރޭ ބައްދަލުކުރީ ޒީ-ކޮލެޖު ޓީމު ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން ޓީމެވެ. މިމެޗު 2-5 ން ކާމިޔާބުކުރީ ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން ޓީމުގެ ޖާރޒީ ނަމްބަރު 21 ފާތިމަތު މާހާ ނަސީރު އެވެ. ރޭގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

އެފްސީސީ ރިކްރިއޭޝަން އާއި ކްރޯވޭ ބައްދަލުކުރި މެޗު

ރޭގައި ކުޅެވުނު މުބާރާތުގެ 15 ވަނަ މެޗުގައި ވާދަކުރީ ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން (އެފްސީސީ ރިކްރިއޭޝަން) އާއި ކެންގަރޫ ކިޑްސް ބިލަބޮން ޓީމު ބައްދަލުކުރި މެޗުން 2-6 ން ކާމިޔާބުކުރީ ކެންގަރޫ ކިޑްސް ބިލަބޮން ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމުގެ ޖާޒީ ނަމްބަރު 2 މަރިޔަމް ސަމާ އެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.

މިއަދު ހަވީރު މުބާރާތުގެ ކުޅުމެއް ނޯންނާނެއެވެ. މިރޭ ކުޅެވޭނީ ޕްލޭއޮފް ދެމެޗެވެ. މެޗު ފަށާނީ ރޭގަނޑު 8:00 ގައެވެ.

ޕްލޭއޯފް 1: 20:00 ގައި  އެމްޖޭއެސް އާއި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރ

ޕްލޭއޮފް 2: 21:00 ގައި އެފްއެސް ސްޓަނަރސް އާއި ނެއިބަރހޫޑް ޕޮލިސް ޓީމް

މާދަމާ ރޭ ކުޅޭ ސެމީ ފައިނަލު މެޗުތައް

ސެމީ ފައިނަލް 1: 20:00 ގައި ކެންގަރޫ ކިޑްސް ބިލަބޮން އާއި ޕްލޭއޯފް 1 އިން މޮޅުވާ ޓީމް

ސެމީ ފައިނަލް 2: 21:00 ގައި ހޭޒް  އާއި ޕްލޭއޯފް 2 އިން މޮޅުވާ ޓީމް

މުބާރާތުގައި ވާދަކުރި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !