9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ހޭންޑް ބޯޅަ މުބާރާތް: ސެމީ ފައިނަލް އެމްޖޭއެސް 7-5 ކެންގަރޫ ކިޑްސް ބހ.

ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް އެމްޖޭއެސް އާއި ހޭޒް

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ސެމްިފައިނަލް ދެމެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް އެމްޖޭއެސް އާއި ހޭޒް ގެ ޓީީމު ދަތުރުކޮށްފިއެވެ. ރޭގެ ސެމީ ފައިނަލު މެޗު ބެލުމަށް ގިނަ އަދެއްގެ ސަޕޯރޓަރުން ކުޅޭތަނަށް ހާޒިރުވެފައިވެއެވެ.

ފުވައްމުލައް ސިޓީގެ ގިނަ އިދާރާތަކަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލަށް މިދިޔައީ ފުވައްުލަކުގެ ދެ ސްކޫލްގެ ޓީމެވެ. މިއީ ހޭންޑްބޯޅަ މުބާރާތެއް ފުވައްމުލައް ސިޓީގައި ބާއްވާ ފުރަތަމ ފަހަރެވެ.

ސެމީ ފައިނަލުގައި ރޭ އެމްޖޭއެސް އާއި ކެންގަރޫ ކިޑްސް ކިޑްސް ބިލަބޮން ހައި ޓީމު ބައްދަލުކުރި މެޗު 7-5 ން ކާމިޔާބުކުރީ އެމްޖޭއެސް ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސް ޓީމުގެ ޖާޒީ ނަމްބަރު 6 މާހާ މުހައްމަދު އެވެެ. މިދެ ޓީމުވެސް ސެމީ ފައިނަލަށް އައީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

އެމްޖޭއެސް ޓީމު – ފައިނަލުގައި

މުބާރާތުގެ ސެމީފައިނަލުގެ 2 ވަނަ މެޗުގައި ހޭޒް ޓީމާއި ނެއިބަރހޫޑް ޕޮލިސް ޓީމު ބައްދަލުކުރި މެޗުން ހޭޒް ޓީމު މޮޅުވީ 4-3 ން ނެވެ.  މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޭޒް ޓީމުގެ ޖާޒީ ނަމްބަރު 11 އާއިޝަތު ސުދާއެވެ. މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޭޒް ޓީމުވެސް މިވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ހޭޒް ހޭންޑް ބޯޅަ ޓީމު ފައިނަލަށް (ހޭޒް 4-3 ނެއިބަހޑް ޕޮލިސް)

މުބާރާތުގެ ފައިނަލު މެޗު މާދަމާ ހަވީރު 4:15 ކުޅެނެއެވެ. 

ފައިނަލް: އެމްޖޭއެސް އާއި ހޭޒް ޓީމު

މިމުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ދިނުން ވެސް މާދަމާ އޮންނާނެއެވެ.

މުމުބާރާތުގައި ހޮވުމަށް ހަމޖެހިފައިވާ ވަނަތައް:

ޗެމްޕިއަން ޓީމު

ރަނަރަޕް ޓީމު

ފެއަރ ޕްލޭ ޓީމު

މުބާރާތުގެ ޑްރީމް ޓީމު (އެންމެ މޮޅު 7 ކުޅުންތެރިން)

މުބާރާތުގެ އެންމެ މޮޅު ކޯޗު

ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ

ހޭންޑް ބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބަލަން ގިނަ އަދެއްގެ ސަޕޯރޓަރުން ދިޔަކިޔުންތެރިންގެ ޚިޔާލު