4 އޭޕްރީލް 2020 ( ހޮނިހިރު )

banner

މިހާރު ތުނދީގައި ކުރިޔަށްދާ ގުންބުއްރާސް ޗެލެންޖު 2019 ރާޅާ އެޅުމުގެ މުބާރާތް

“ގުންބުއްރާސް ސާރފިން ޗެލެންޖު 2019” ފވމ.ތުނޑީގައި ކުރިޔަށް ދަނީ

“ގުންބުއްރާސް ޗެލެންޖް 2019”ސާރފިން މުބާރާތެއް ފުވައްމުލައް ސިޓީ ތުނޑީގައި މިއަދު ހެނދުނު ފަށައިގެން ކުރިޔަށް އެބަދެއެވެ. ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މިމުބާރާތުގެ 16 ބައިވެރިން ވާދަކުރެއެވެ.

މިއަދާއި މާދަމާ ކުރިޔަށް ގެންދާ މި ސާރފިން ޗެލެންޖުގައި ބޮޑީބޯޑިން ގެ 12 ބައިވެރިންނާއި ޝޯރޓްް ބޯޑިން ގެ 4 ބައިވެރިން ވާދަކުރެއެވެ.

ފުވައްމުލައް ސިޓީގައި ސާރފިންގައި ހަރަކާތްރިވާ ޓީމް

މެއިން ސްޕޮންސަރ ސީސްޕޯރޓްސް އާއި އައިބޭ އަދި އެމްޓީސީސީ އިން ކޯ ސްޕޮންސަރ ކޮށްްފައިވާ މިމުބާރާތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދެވުނީ ރައުންޑް 1 ގެ ރާޅާ އެޅުމެވެ. އަދި މެންދުރުފަހު 2:00 ރައުންޑް 2 ގެ ބައި ފެށިގެންދާނެ ކަމަށް ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު ފައިޝަމު ހާމަކުރެއްވިއެވެ.

ސެމީފައިނަލުގެ ބައެއް ބައިވެރިން

މިހާތަނަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ:

.ޝިމާލް ޝަމީމު (ޝިމަލޭ) އާއި ރަވާއު (ރާވާނާ) އާއި ރިޒުވާން (ރިލޭ) އާއި ޝިނާޒު (ޝިއްނު) އެވެ.

ސެމީ ފައިނަލުގެ ބައެއް ބައިވެރިން

މިމުބާރާތް ކުރިޔަށް ގެންދިއުމުގައި ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ސާރފިން އެސޯސިއޭޝަނުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށް ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން ހާމަކުރެއެވެ.

މިއަދު ހެނދުނު ކުރިޔަށްދިޔަ ރާޅާ އެޅުން



ކިޔުންތެރިންގެ ޚިޔާލު