A wide advertisement which will be shown on all devices. (700 x 100)

ހޯމް ކަރަންޓީނަށް ފުރަތަމަ ގްރޫޕުގައި ރަށަށް އައީ 30 މީހުން

25 މެއި 2020 ފްލައިޓުން ކަރަންޓީނަށް ދިޔަ ބައެއް މީހުން- ހުޅުލޭ އެއަރޕޯރޓުގައި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި ބަންދުވެފައި ތިބި ފުވައްމުލައް ސިޓީގެ މީހުންގެތެރެއިން 30 މީހަކު މިއަދު ހޯމް ކަރަންޓީނަށް ފުވައްމުލަކަށް އަތުވެއްޖެއެވެ.

މި ތިރީސް މީހުން ހޯމް ކަރަންޓީނުގައި ތިބުމަށް ހަމަޖެހިފައިވަނީ ޖުމްލަ 14 ގެއެއްގައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ކަރަންޓީނުގައި މީހުން ތިބޭ 14 ގެ ވެސް ހުންނާނީ މޮނީޓަރިން ގެ ހާލަތުގައެވެ. ހޯމް ކަރަންޓީނުގެ 24 ދުވަސް ހަމަވަންދެން އެގޭގެއަށް މީހުން ވަންދެ ނިކުމެ ހެދުމަކީ މަނާކަމެއްކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މާލެ ސިޓީއިން ފުވައްމުލަކަށް އައުމަށް ނަން ނޯޓުކޮށްފައި ތިބި އިތުރު މީހުން ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެންއީއޯސީ ނިއުސް ކޮންފަރެންސްގައި އިއުލާން ކުރި ގޮތުގައި ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނަށް 50 މީހުން ފޮނުވުމަށް ހަމަޖެހިފައި ވެއެވެ.

9 ޖޫން 2020 ގައި ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައި ވަނީ:

ދިގުވާނޑު: މާޒީ، ފްލެޓް21-01-01، މަމްޝާޒު

ހޯދަޑު: ދޫލަ، ރޯޒާ، ހާސިލް،

މާދަޑު: ރިހިވިއު، ނުރަހި، ރޯޒްމީޑް

މިސްކިތްމަގު: ނިމާ، ޝަޔަން

ފުނާޑު: ފްރެޝް

މާލެގަން: އެލީޓް

ދޫނޑިގަން: ބްލޫމޫން

ހޯމް ކަރަންޓީނުގައި ތިބޭ މީހުން މޮނިޓަރ ކުރުމުގެ ޒިންމާ ހަވާލުވެފައިވަނީ ރަށުގައި ގާއިމުވެފައިވާ ކޮވިޑް ޓާސްކްފޯހާއި ރަށުގެ ބައެއް މުއައްސަސާތަކާއެވެ.

ސިޓީ ކައުންސިލުގެ އެދިފައިވަނީ  ހޯމް ކަރަންޓީނު ކުރެވޭ ހުރިހާ އެންމެން ވެސް ކަރަންޓީނުގެ މުއްދަތު ހަމަވަންދެން އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެއެއްގައި، ތިބުމަށެވެ.

ހޯމް ކަރަންޓީީނުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން 24 ދުވަސް ވުމުން އެމީހުން ކޮވިޑް-19އަށް އެންޓިބޮޑީ ޓެސްޓެއް ހަދާފައި ނަތީޖާ ނެގަޓިވް ވެ ދޫކޮށްލަންދެން ތިބެންޖެހެނީ ކަރަންޓީނު ކުރި ގެއެއްގައެވެ.

ހޯމް ކަރަންޓީނަށް އަންނާތީ ބައެއް މީހުންގެ ކަންބޮޑުވުން އޮތްކަން އެނގޭނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ޝުއޫރުތަކުންނެވެ. ނަމަވެސް ހޯމް ކަރަންޓީނަށް ފޮނުވާ މީހުންނައި ގުޅޭ ގޮތުން އެޗްޕީއޭއިން ނެރުނު އުސޫލުގެ ނަމްބަރު 2 ގައި ވަނީ “މާލެއިން ރަށްރަށަށް ގެންދާ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް ފަރާތެއް ކަމުގައި ވާންވާނެ” ކަމަށެވެ.

އެގޮތުން އެމީހުން ފޮނުވެނީ ޓެސްޓްކޮށް އެކަން ބެލުމަށްފަހު އެވެ. ނަމަވެސް ސިއްޙިދާއިރާގައި މަސައްކަތް ކުރާ މަދު މީހުނަށް ވެސް މިކަން މުޅިން ސާފުނުވެ އޮތްކަން ހާމަވެއެވެ. އެގޮތުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހަކު އޭނާގެ ފޭސްބުކް ސްޓޭޓަސް ގައި ލިޔެފައިވަނީ “ފުވައްމުލަކު މީހުން ކޮރޯނާގެ ފުރަތަމަ ވޭވް އަށް ތައްޔާރުވުމަށެވެ”.

ސިއްހީދާއިރާގައި ފުވައްމުލަކުގައި މަސައްކަތް ކުރާ މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ މެސެޖެއް! 9 ޖޫން 2020

ބެލެވޭ ގޮތުން އޭނާ މިހެން ލިޔެފައިވަނީ ހޯމް ކަރަންޓީނަށް މިއަދު މާލެއިން ފުވައްމުލަކު މީހުން އައުމާއި ގުޅިގެންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !