A wide advertisement which will be shown on all devices. (700 x 100)

2017 ވަނައަހަރު އަޒްލީނާ މަރަދޫ ސްކޫލްގައި ނުބަހައްޓާނެ ކަމުގެ ޔަގީންކަމެއް ނުދެން – މަރަދޫ ސްކޫލްގެ ޕްރިންސިޕަލް

މަރަދޫ ސްކޫލް

2017 ވަނަ އަޒްލީނާ މަރަދޫ ސްކޫލްގައި ނުބަހައްޓާނެ ކަމުގެ ޔަގީންކަމެއް ނުދެއްވާކަމަށް މަރަދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީ ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލް މިހެން ވިދާޅުވީ މިކަލް ނުހަށް ފޮނުވި ސިޓީއެއްގައި އެވެ. ” މި ސްކޫލްގެ ސްޓާފަކު (އަޒްލީނާ ) 2017 ވަނައަހަރު ސްކޫލްގައި ނުބަހައްޓާނެ ކަމުގެ ޔަގީންކަން ޕްރިންސިޕަލް ދެއްވިކަމަށް މިކަލް ނޫހުގައި ލިޔެފައިވާ ލިޔުމަކީ ކަނޑައެޅިގެން ތެދުނޫން މައުލޫމާތެކެވެ” މަރަދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީ ވިދާޅުވިއެވެ.

އަދި މަރަދޫ ސްކޫލްގެ އެއްވެސް ސްޓާފަކާއި ބޭހޭގޮތުން އެއްވެސް ފަރާތްތަކަށް މިބާވަތުގެ އެއްވެސް މައުލޫމާތެއް ދީފައި ނުވާނެކަމަށް ޕްރިންސިޕަލް ހާމަކުރެއްވިއެވެ.

މަރަދޫ ސްކޫލުން މި ހަބަރު ދޮގުކޮށްފައި ވާއިރު، މިކަލް ނޫހުން މިމަހުގެ 26 ވަނަ ދުވަހު ގެނެސްދިން ހަބަރުގައި، އައްޑޫ ސިޓީގެ، މަރޫދޫ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާތަކާއި ގުޅިގެން، ކުރިއަށް އޮތް 2017 ވަނަ އަހަރު، އެ ސްކޫލްގައި އެނާ ނުބަހައްޓާނެކަމުގެ ޔަގީންކަން އެ ސްކޫލްގެ ބެލެނިވެރިންނަށް، ސްކޫލްގެ ޕްރިންސިޕަލް ދެއްވާފައިވާކަމަށް، ހަބަރު ގެނެސްދީފައިވަނީ އައްޑޫސިޓީގެ ވަރަށް އިތުބާރު ހުރި މަސްދަރަކުންނެވެ.

ގުޅުންހުރި ލިޔުންތަށް : ފުވައްމުލަކު ހުރި ހަމައެކަނި ސެކްންޑަރީ ސްކޫލް، ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަކަށް ޕްރައިމަރީ ޓީޗަރަކު ހަމައްޖައްސައި

+

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !