A wide advertisement which will be shown on all devices. (700 x 100)

‘ހަލޫލް 5ކޭ’ ގެ ނަމުގައި ފުވައްމުލަކުގައި ދިގު ދުވުމެއް ބާއްވަނީ

ހަލޫން ރަން 5 ކޭ ގެ އިސްތިހާރެއް

‘ހަލޫލް 5ކޭ’ ގެ ނަމުގައި ފުވައްމުލަކުގައި ދިގު ދުވުމެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ. ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުން އިންތިޒާމު ކުރާ މެރަތަން އަކަށްވުރެ ކުރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ހަލޫލް އަކީ ފުވައްމުލަކު ބަހެއްކެވެ. މިބަހުގެ މާނައަކީ ހަލުއިވުމެވެ. ބަރުހެލި ނުވަތަ ބުރަހެލި ނުވުމެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަޟުޙާ އީދު ދުވަހާއި ދިމާކޮށެވެ. އެގޮތުން މި ޖުލައި މަހު 31 ވާ ހުރުކު ދުވަހު ހަވީރު 4:30 ގައެވެ. މި ދުވުމުގެ ދިގުމިނަކަށް ކަނޑައަޅާފައި ވަނީ 5 ކިލޯމީޓަރެވެ. ދުވުން ފެއްޓުމަށް އަދި ނިންމުމަށް އިޝްތިހާރު ކުރެވިފައި ވަނީ ފުވައްމުލަކު ސްޓޭޑިއަމުންނެވެ.

މިއީ ފުވައްމުލަކު ރަނާސް ކްލަބުން އެސިޓީގައި އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދެވޭ މިފަދަ ފުރަތަމަ ދުވުމެވެ. ހިލޭ ބައިވެރިވެވޭ މިދުވުމުގައި ބޭނުންކުރާ ޓީޝާޓް ގަންނަން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުުމަށް އޮންލައިން އެޕްލިކޭޝަނެއް ހުޅުވާލާފައި ވެއެވެ. ހަލޫލު 5ކޭ ރަން އެޕްލިކޭޝަން ފޯމް

މީގެ ކުރިން 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު 17 ގައި ޓްރެވެލް މެރެތަން އޮފް މޯލްޑިވްސްގެ ގެފަރާތުން ފުވައްމުލަކުގައި މެރެތަން ރޭހެއް ބާއްވާފައި ވެއެވެ. އެ ރޭހުގައި ފުލް މެރެތަން (42 ކިލޯމީޓާރު) އާއި ހާފު މެރެތަން (22 ކިލޯމިޓަރު)، 10 ކިލޯމީޓާރު އާއި 5 ކިލޯމީޓަރުގެ ބައެއްގެ އިތުރުން ކުޑަކުދިންގެ ބައެއް ވެސް ހިމަނާފައި ވެއެވެ.

ޓްރެވެލް މެރެތަން އޮފް މޯލްޑިވްސްގެ ފަރާތުން ފުވައްމުލަކުގައި ބޭއްވި މެރަތަން ނިންމާލުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !