A wide advertisement which will be shown on all devices. (700 x 100)

ކާމިޔާބު ކަމާއެކު ހަލޫލް 5-ކޭ ނިންމާލައިފި

ހަލޫލް 5-ކޭ ދުވުން ފެށުން ފުވައްމުލަކު ސްޓޭޑިއަމުން

އަޟުހާ އީދުގެ އުފަލާއެކު ފުވައްމުލައް ސިޓީގައި ބޭއްވި ހަލޫލް 5-ކޭ ފަން ރަން، ކާމިޔާބުކަމާއެކު އިއްޔެ ހަވީރު ނިންމާލައިފިއެވެ. އިއްޔެ ހަވީރު 4:45 ގައި ފެށި މިދުވުމުގައި 250 އެއްހާ ބައިވެރިން ދުވެފައިވާކަމަށް ހަލޫލް 5-ކޭގެ ސްޕޯކްސް ޕާސަން އަހުމަދު ނަސީމު (ބެއްޔާ) މިކަލްނޫހަށް މައުލޫމާތު ދެއްވިއެވެ.

ހަވީރު 4:45 ގައި ފެށި ދުވުމުގެ އެންމެ ފަހު ބައިވެރިޔާ ދުވުން ފުރިހަމަކޮށްފައި ވަނީ ގާތްގަޑަކަށް 5:45 ގައެވެ. މިދުވުމުގައި ކުޑަކުދިންނާއި ދުވަސްވީ މީހުން، އަންހެންނާއި ފިރިހެނުން ވެސް ބައިވެރިވެފައި ވެއެވެ. އަދި ޚާއްސަކޮށް އައްޑޫ ސިިޓީން 30 އެއްހާ ބައިވެރިން ފުވައްމުލައް ސިޓީއަށް ދަތުރުކޮށް އިއްޔެގެ ދުވުމުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމަތު ދެއްވިއެވެ.

ހަލޫލް 5-ކޭ ގެ ބައެއް ބައިވެރިއެއް

އައްޑޫ ސިޓީގެ އިތުރުން އެހެން ރަށްރަށުން އައި ބައިވެރިން ވެސް 5-ކޭ ފަންރަން ގައި ބައިވެރިވެފައި ވެއެވެ. އެގޮތުން ދ. ކުޑަހުވަދޫގެ ބައިވެރިންނާއި ހުވަދޫ އަތޮޅުގެ އެކި ރަށްރަށުގެ ބައިވެރިން ވެސް ހިމެނޭ ކަމަށެވެ.

ހަލޫލް 5-ކޭ ނިންމި ބައެއް ބައިވެރިން

ފުވައްމުލައް ސިޓީ ސްޓޭޑިއަމުން ފެށި މިދުވުން ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަށް ވެސް ހަލޫލް 5-ކޭ ފުރިހަމަ ކުރިކަމުގެ ހަނދާނީ މެޑެލް ދީފައި ވެއެވެ. މިއީ ފަން ރަން އެއް ކަމުން ރަސްމީކޮށް މިދުވުމުގެ ވަނަތައް ހޮވަފާއި ނުވިކަމުގައި ވިޔަސް، އިއްޔެގެ ދުވުން އެންމެ ފުރަތަމަ ނިންމާފައި ވަނީ 16 އަހަރުގެ ކުއްޖެއް ކަމަށްވާ ޖައުޝް ކަމުގައި ރެކޯޑު ކުރެވިފައި ވެއެވެ.

ހަލޫލް 5-ކޭ އެންމެ ފުރަތަމަ ނިންމި ބައިވެރިޔާ

ފާއިތުވި 2019 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވި ‘މޯލްޑިވްސް ފުވައްމުލައް މެރެތަން’ ގެ 5 ކިލޯމިޓަރުގެ ބައިން 1 ވަނަ ހާސިލުކުރި އައިހަމް މޫސާ (50085)ގެ ވަގުތަކީ 0:22:08 (22 މިނިޓް 8 ސިކުންތު)އެވެ. އަދި ކެޓަގަރީގެ އަންހެންކުދިންގެ ބައިން 1 ވަނަ ހޯދި މަރިޔަމް މަލާ (50100)ގެ ވަގުތަކީ 0:25:24 (22 މިނިޓް 24 ސިކުންތު) އެވެ.

ހަލޫލް 5-ކޭ ފުރިހަމަ ކުރި ބައެއް ބައިވެރިއެއް

އިއްޔެގެ ދުވުމުގައި ފާހަގަ ކުރެވުނު އެއްކަމެއްގެ ގޮތުގައި މުޅިން އަލަށް ދުވެ 5 ކިލޯމިޓަރު ފުރިހަމަ ކުރި +50 އަހަރު (ދުވަސްވީ މީހުން) މީހުން ހިމެނޭ ކަމަށް ބެއްޔާ މައުލޫމާތު ދެއްވިއެވެ. އަދި ވަރަށް ގިނަ ކުޑަކުދިން ވެސް މިދުވުން ފުރިހަމަކުރި ކަން ފާހަގަ ކުރިއެވެ.

ހަލޫލް 5-ކޭ ފެށުމަށް ތައްޔާރުވެފައި

އިއްޔެގެ މެންދުރުއްސުރެ ހަވީރު 4:30 ވަންދެން ވެސް ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން ފެށުމުގެ އިންތިޒާމަށް ރޭވިފައިވާ ބައެއް ހަރަކާތްތައް ވަނީ ކުރިޔަށް ނުގެންދެވިފައެވެ. އެގޮތުން މި ދުވުމުގެ ސޯޝަލް އެވެއާނެސް ކޮމްޕޯނެންޓެއްގެ ގޮތުން ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާ “ސެކްޝުއަލް ހެރެސްމެންޓް އާއި ދެކޮޅަށް އާއްމުންނަށް މެސެޖުތައް” ދިނުމުގެ ބައި ކުރިޔަށް ގެންދެވޭގޮތް ވަނީ ނުވެފައި ކަމަށް ބެއްޔާ މައުލޫމާތު ދެއްވިއެވެ. މި ދުވުމުގައި ބައިވެރިވުމަށް ތައްޔާރުވި، 300 ބައިވެރިން ޖޯޒީ ގަނެފައި ވީކަމުގައިވިޔަސް ވިއްސާރައިގެ ސަބަބުން ބައެއް ބައިވެރިންނަށް ދުވުމުގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ.

ހަލޫލް 5-ކޭ ފުރިހަމަ ކުރި ބައެއް ބައިވެރިއެއް

މުޅިން ހިލޭ، އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މިދުވުން އިންތިޒާމުކުރި ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުން ހާމަކުރައްވާ ގޮތުގައި، މިދުވުމަށް ތައްޔާރުކުރި ހުރިހާ ރަސްމީ ޓީޝާޓް ޓީޝާޓްްތަކެއް ވަނީ ހުސްވެފައެވެ.

ހަލޫލް 5-ކޭ ދުވުން ބައިވެރިން ފުވައމްުލަކު ސްޓޭޑިއަމްގައި. ފޮޓޯ ފުވައްމުލަކު ރަނާސް ކްލަބް

މި ދުވުމުގެ މެއިން ސްޕޮންސަރަކީ ރޯސް ލައިން އެވެ. މެޑިކަލް ޕާޓްނަރަކީ ހީލިން ޕޮއިންޓް އަދި މީޑިއާ ޕާޓްނަރަކީ މިކަލް ނޫހާއި އަފުން މީޑިއާގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުލަކު ހޮސްޕޓަލް، ފުވައްމުކު ޕޮލިސް، އިސްފަޙާން، އައިޑިިއަލް ސްކޫލް، ފިސްޑާގެ އިތުރުން ފުޓްބޯލް އެކަޑެމީ އޮފް ފުވައްމުލައް (ފާފް)ގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުން ކައިރި މުސްތަގުބަލެއްގައި ފުވައްމުލަކުގައި ފުލް މެރެތަން އެއް ބާއްވަން ވަނީ އަމާޒު ހިފާފައިވާ ކަމަށް މިދުވުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބައިވެރިއެއް ކަމަށްވާ ރައްޔިތު މުޖޭ މިކަލް ނޫހަށް ބުނެފައި ވެއެވެ.

ހަލޫލް 5-ކޭ ފެށުމަށް ތައްޔާރުވެފައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !