A wide advertisement which will be shown on all devices. (700 x 100)

ވެޓަރަންސް ފުޓްސަލް މުބާރާތް ފޯރިއާއެކު ކުރިޔަށް

މިސްކިތމްގު އގ އާއި ހަވިއްތަ ސްޕޯޓްސްގެ މެޗު 3-3. ފޮޓޯ: މިސްކިތްމަގު އ.ގ

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެމެޗުތައް އިއްޔެގެ ވިއްސާރައާއި ހެދި މެދުކެނޑުމަށްފަހު މިރޭ އަލުން ފޭށޭނެކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ރޭ 3-2 އިން ދަޑިމަގު އެފްސީ ބަލިކޮށް ހޯދަޑު ސްޕޯޓްސް ވިންޓޭޖް ވަނީ ގްރޫޕް 1 ގެ ކުރިހޯދާފައެވެ. އެޓީމަށް ވަނީ 3 މެޗު ކުޅެ ދެ މެޗުން މޮޅުވެ 1 މެޗުން ބަލިވެ ޖުމްލަ 6 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ދަޑިމަގު އެފްސީ އާއި 3 ވަނާގައި އޮތް ދޫނޑިގަލޯނާ އަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ނަމަވެސް ދޫޑިގަލޯނާ ޓީމުން ކުޅެފައި ވަނީ އަދި ދެމެޗެވެ. މި ގްރޫޕްގައި ދެން ހިމެނޭ މިސްކިތްމަގު މާނޭރެ އެފްސީ އާއި މާދަޑު ފިސްޑާގެ މެޗު 4-4 އިން އެވަރުވެ، އެ ދެ ޓީމު ވެސް ކުރިން ކުޅުނު މެޗުން ބަލިވެފައި ވުމުން ލިބިފައި ވަނީ ޖުމްލަ 1 ޕޮއިންޓެވެ.

ބައެއް މެޗުތަކުގެ މޮޅު ކުރުންތެރިން

ގްރޫޕް 2 ގައި އިއްޔެ ރޭ ފުނާޑު އެފްސީ އާއި މާލެގަން ސްޕޯޓްސް ކްލަބް ބަައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، އެ ދެ ޓީމަށް ވަނީ ގްރޫޕްގެ ކުރި ލިބިފައެވެ. އެއީ ފުނާޑު އެފްސީ 2 މެޗު ކުޅެ އެއް މޮޅު އެއްމެޗުން އެއްވަރުވެ 4 ޕޮއިންޓާއި ފައިދާ 4 ގޯލާއެކުއެވެ. މާލެގަން  ދެވަނާގައި އޮތީ 3 މެޗް ކުޅެ 1 މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ 4 ޕޮއިންޓާއި ފައިދާ 1 ގޯލާއެކުއެވެ. މިގްރޫޕްގެ 3 ވަނާގައި ދިގުވާޑު އެފްސީ އޮތީ އެއްމެޗުން މޮޅުވެ އެއްމެޗުން ބަލިވެ 3 ޕޮއިންޓާއެކުއެވެ. މިގްރޫޕުގައި ދެން ހިމެނޭ މިސްކިތްމަގު އެންމެންގެ ގުޅުން 1 މެޗުކުޅެ އެއްވަރުވެ، އެއް ޕޮއިންޓް ލިބިފައިވާއިރު ހޯދަޑު ހަވިއްތަ ސްޕޯޓްސް، 2 މެޗުކުޅެ އެއް މެޗުން ބަލިވެ އެއްމެޗުން އެއްވަރުވެ 1 ޕޮއިންޓާއެކު އޮތީ ގްރޫޕުގެ ފުލުގައެވެ.

ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ޕޮއިންޓް ޓޭބަލް

ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕްގެ 1 ވަނަ އަދި 2 ވަނަ ޓީމެވެ.

މިރޭގެ މެޗުތައް:

8:00 ގައި ގްރޫޕް 2، މިސްކިތްމަގު އެންމެންގެ ގުޅުން އާއި ދިގުވާޑު އެފްސީ

9:00 ގައި ގްރޫޕް 1، މާނޭރެ އެފްސީ އާއި އެފްސީ ދޯނޑިގަލޯނާ

10:00 ގައި ގްރޫޕް 2، އެފްސީ ފުނާދު އާއި ހަވިއްތަ ސްޕޯޓްސް

އެފްސީ ދަޑިމަގު

މާލެގަމު ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގައި 10 ޓީމަކުން ވާދަކުރެއެވެ. މިރޭ ވެސް މި މުބާރާތުގެ 3 މެޗު ކުޅޭނެއެވެ. ފުވައްމުލަކު ރެކްރިއޭޝަން ސޮސައިޓީ އިން އިންތިޒާމުކުރާ މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓީމުތައް ދެ ގްރޫޕަށް ބަލައިގެން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު ގުރޫޕުން އެންމެ މޮޅުވާ ދެ ޓީމެއް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލުގައި ކްރޮސްކޮށް ކުޅެ މޮޅުވާ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސްކޯ ޗާޓް، 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ާަަހހގޗ

    Mi mubaaraah masha sifa venee raiyyithunna mask edanna dhaskoadhey mubaaraathegge gothei